ރާއްޖެއަށް ބޭރުފައިސާ ވައްދާ މައިގަނޑު އެއް ސިނާއަތްކަމަށްވާ މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ދައުލަތުގެ މަސްކުންފުނި ހަރުދަނާކުރުމަށް ގެންގުޅުއްވާ ތަސައްވުރު ހާމަކުރައްވަމުން އަނަސް ވިދާޅުވީ، ސަރުކާރަށް ބަރޯސާނުވެ ކުންފުނި އަމިއްލަ ފައިމައްޗަށް ތެދުވެ ހިންގުމުގެ ޤާބިލްކަން ގާއިމްކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް.
93 ދުވަސް ކުރިން - 13:41
ބަލިން ރައްކާތެރިވުމުގެ ގޮތުން، ހިމަބިހީގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ ފަރާތްތަކުން ލަސްނުކޮށް ވެކްސިން ފުރިހަމަކުރުމަށާއި ބަލިޖެހިފައިވާ މީހަކާއި ގާތުން އެއްތާވި (ކޮންޓެކްޓްވި) ފަރާތްތަކަށް ހުޅުމާލޭ ހޮސްޕިޓަލް ނުވަތަ އާބަން ޕްރައިމަރީ ހެލްތް ކެއާ ސެންޓަރުން ކަނޑައެޅިފައިވާ ގަޑިތަކުގައި ވެކްސިން ޖެހޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައިވާކަމަށް އެޗްޕީއޭއިން ހާމަކުރި.
93 ދުވަސް ކުރިން - 13:22
ކުރިން ބިލުގައި އޮތް ޤިސާސް ހިފުމާއި ދިޔަ ދިނުމުގެ ބައި އުނިކޮށް، ރުހުމާ ނުލައި ގުނަވަން ނެގުމާއި ގާނޫނާ ހިލާފަށް ޓްރާންސްޕްލާންޓް ކުކުށެއް ކުރާ މީހަކު 150,000 އާއި 250,000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާކުރުމާއެކު، 12 މަހާއި 18 މަހާ ދެމެދުގެ މުއްދަތަކަށް ޖަލަށްލުމަށް ވަނީ ކަނޑައަޅާފައި.
93 ދުވަސް ކުރިން - 13:08
މަސްވެރިކަމުގެ ދާއިރާއަށް ހެޔޮ ބަދަލުތަކެއް ފެންނަން ފަށާފައިވަނީ ސަރުކާރުން މި ސިނާޢަތަށް ގެންނަވަމުންދާ އިޞްލާޙީ ބަދަލުތަކުގެ ސަބަބުން ކަމަށް ޝިޔާމް ވިދާޅުވި. ވޭތުވެދިޔަ ސަރުކާރުތަކުން ރާއްޖޭގެ މަސް ޕްރޮސެސްކުރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވާ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވި.
93 ދުވަސް ކުރިން - 11:05
މި ދަތުރުފުޅަކީ، ގަތަރުގެ ކުރީގެ އަމީރު، ހިޒް ހައިނަސް ޝައިހް ހަމަދު ބިން ހަލީފާ އާލް ޘާނީ، އަވަހާރަވުމާ ގުޅިގެން ކުރެއްވި ދަތުރުފުޅެއް. ރައީސް ވަނީ، ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެވަޑައިގެން، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ތައުޒިޔާ ވިދާޅުވެފަ.
93 ދުވަސް ކުރިން - 10:54
ލުސައިލް ގަޑުވަރުގައި ބޭއްވި މި ބައްދަލުވުމުގައި ގަތަރުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. މި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް އަހުވަންތަ ގުޅުން ހާމަކޮށްދޭ ދަތުރުފުޅެއް. ޝައިހް ހަމަދު ބިން ހަލީފާ އާލް ސާނީ އަވަހާރަވުމުގެ ހިތާމައިގައި، ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ވަނީ ތިރިކުރައްވާފަ.
94 ދުވަސް ކުރިން - 22:50
މިއީ މި ސަރުކާރު ހަވާލުވިފަހުން އެ ސިޓީއަށް ގެންދިޔަ 5 ވަނަ ޖެންސެޓު. މިއަދު ގެންދެވުނު ޖެންސެޓު އިންސްޓޯލްކޮށް ނިމުމުން އެ ރަށުގެ ކަރަންޓުގެ މައްސަލައަށް ބޮޑު ހައްލެއް ލިބިގެންދާނެ. އާ ޖެންސެޓު އިންސްޓޯލް ކުރުމުގެ މަސައްކަތް ލަސްނުވެ ނިމިގެންދާނެ.
94 ދުވަސް ކުރިން - 22:01
އެންމެ ފުރަތަމަ ބައްދަލުވުމުގައި ފުރުސަތު ހުޅުވާލަނީ، ހުޅުމާލެ އުތުރު ދާއިރާ، ހުޅުދޫ ދާއިރާ، ހޯރަފުށި ދާއިރާ، އަދި ހުޅުމާލެ މެދު ދާއިރާއަށް ނިސްބަތްވާ ރައްޔިތުންނަށް. މި ބައްދަލުވުންތަކުގެ މަގުސަދަކީ މިހާރަށްވުރެވެސް ބޮޑަށް ސީދާ ރައްޔިތުންނާ ބައްދަލުކުރައްވައި، ރައްޔިތުންގެ ކަންބޮޑުވުންތަކާއި ޝުއޫރުތައް އަޑުއެއްސެވުމުގެ ފުރުސަތު ދިނުން.
94 ދުވަސް ކުރިން - 17:13
ޝާޒް ވަލީދު ސޯޝަލް މީޑިއާގައި އަމީރަށް ޓެގްކުރައްވައި ކުރެއްވި ޕޯސްޓުގައި، "ރާއްޖޭގެ މާލީ ނިޒާމު ފުނޑާލުމުގެ ތިޔައީ އެކެކެވެ،" ކަމަށް ބުނެ ސީދާ ރައްދު ދެއްވާފައިވޭ. އޭނާ ފާހަގަކުރެއްވި ގޮތުގައި ކުރީގެ ސަރުކާރުގެ މާލީ ސިޔާސަތުތަކުގެ ސަބަބުން ދިވެހި ރުފިޔާގެ އަގު ދަށްވެ، އިގްތިސާދަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވޭ.
94 ދުވަސް ކުރިން - 16:13
މިނިސްޓަރު ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރުގެ މެދުތެރެއަށް ދާއިރު، މިހާރު ހިނގަމުންދާ ހުރިހާ މަސައްކަތްތަކެއް ނިންމައި ރައްޔިތުންނަށް އޭގެ ފުރިހަމަ ހިދުމަތް ފޯރުކޮށްދިނުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވި.
94 ދުވަސް ކުރިން - 14:14
މިދިޔަ މަހުގެ 15 ވަނަ ދުވަހުން ފެށިގެން މާފުށީ ޖަލުގައި ބެގޭޖް ސްކޭނަރު ބޭނުންކުރަން ފަށާފައިވާއިރު، މިއަހަރުގެ ފެބުރުވަރީ މަހު ވަނީ ޖަލަށް ވަންނަ މީހުން ސްކޭން ކުރުމަށް ބޮޑީ ސްކޭނަރުތައްވެސް ބަހައްޓާފައި.
94 ދުވަސް ކުރިން - 13:45
މިއީ ރާއްޖެއާއި ގަތަރާދެމެދު ޒަމާނުއްސުރެ އުފެދިފައިވާ ގާތް ރަހުމަތްތެރިކަމުގެ ގުޅުމާއި، ޝައިހް ހަމަދު ގަތަރުގެ އަމީރު ކަމުގެ މަގާމުގައި ހުންނެވިއިރު ރާއްޖެއާމެދު ބެހެއްޓެވި ގާތްކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ނިންމެވި ނިންމެވުމެއް ކަމަށް ރައިސް އޮފީހުން ހާމަކުރި.
94 ދުވަސް ކުރިން - 13:31