Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމައިފި

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމައިފި

އައިޝަތު ރުވާ ރިފްޢަތު
15 ގަޑިއިރު ކުރިން - 13 ޖުލައި 2026 13:31
ދިވެހި ދިދަ/ ފޮޓޯ:ޚުލާސާ
ދިވެހި ދިދަ/ ފޮޓޯ:ޚުލާސާ
ޚުލާސާ

މިއީ ރާއްޖެއާއި ގަތަރާދެމެދު ޒަމާނުއްސުރެ އުފެދިފައިވާ ގާތް ރަހުމަތްތެރިކަމުގެ ގުޅުމާއި، ޝައިހް ހަމަދު ގަތަރުގެ އަމީރު ކަމުގެ މަގާމުގައި ހުންނެވިއިރު ރާއްޖެއާމެދު ބެހެއްޓެވި ގާތްކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ނިންމެވި ނިންމެވުމެއް ކަމަށް ރައިސް އޮފީހުން ހާމަކުރި.

ގަތަރުގެ ކުރީގެ އަމީރު، ޝައިހް ހަމަދު ބިން ހަލީފާ އާލް ސާނީ އަވަހާރަވުމުގެ ހިތާމައިގައި، ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

މުޅި ގަތަރަށް ޒަމާނީ ބޮޑެތި ބަދަލުތަކެއް ގެންނެވުމުގައި އިސްކޮށް ހުންނެވި ޝެއިހް ހަމަދު އަވަހަރާވިއިރު، އުމުރުފުޅަކީ 74 އަހަރެވެ. ގަތަރުގެ އެންމެ އިސްވެރިޔާ އަމީރުގެ ރަސްމީ އޮފީސް، އަމީރީ ދިވާން ނެރުއްވި ބަޔާނެއްގައި ބުނީ، އެމަނިކުފާނު އަވަހަރާވެފައި ވަނީ އިއްޔެގެ ހެނދުނުގެ ވަގުތެއްގައި ކަމަށެވެ. އެމަނިކުފާނުގެ ހަށިކޮޅު އިއްޔެ މައްރިބު ނަމާދަށް ފަހު ވަނީ ރަސްމީ އިއްޒަތުގައި ފަސްނާދާލައިފަ އެވެ.

ރައިސް އޮފީހުން ބުނިގޮތުގައި، އެމަނިކުފާނު އަވަހާރަވުމުގެ ހިތާމައިގައި މިއަދު މެންދުރު 12:00 އިން ފެށިގެން މާދަމާ މެންދުރު 12:00 އަށް ދިވެހި ދިދަ ބައިދަނޑިއަށް ތިރިކުރަން ރައީސް ވަނީ ނިންމަވާފަ އެވެ.

Advertisement

Advertisement 1

މިގޮތަށް ހަމަޖެއްސެވި ސަބަބާ ގުޅޭގޮތުން ރައީސް އޮފީހުން ބުނީ، މިއީ ރާއްޖެއާއި ގަތަރާދެމެދު ޒަމާނުއްސުރެ އުފެދިފައިވާ ގާތް ރަހުމަތްތެރިކަމުގެ ގުޅުމާއި، ޝައިހް ހަމަދު ގަތަރުގެ އަމީރު ކަމުގެ މަގާމުގައި ހުންނެވިއިރު ރާއްޖެއާމެދު ބެހެއްޓެވި ގާތްކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ނިންމެވި ނިންމެވުމެއް ކަމަށެވެ. ވަކިން ހާއްސަކޮށް ރާއްޖޭގެ ތަރައްގީއަށާއި ކުރިއެރުމަށް އެމަނިކުފާނު ވެދެއްވި ދީލަތި އެހީތެރިކަމާއި ބެހެއްޓެވި އެއްބާރުލެއްވުން ރައީސް ވަނީ ފާހަގަކޮށްފައި އެވެ.

މީގެ އިތުރުން، ޝައިހް ހަމަދު އަވަހާރަވުމާ ގުޅިގެން ގަތަރުގައި ބާއްވާ ރަސްމީ ހިތާމަފާޅުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަންނަވުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ހެނދުނުގެ ވަގުތެއްގައި ވަނީ ގަތަރަށް ފުރާވަޑައިގަންނަވައިފަ އެވެ.

ގަތަރުރައީސް ޑރ. މުހައްމަދު މުއިއްޒު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

6 ގަޑިއިރު ކުރިން - 22:50

"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުއްވާލައްވައިފި

"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުއްވާލައްވައިފި

11 ގަޑިއިރު ކުރިން - 17:13

ރަސްމީ ދަތުރުފުޅެއްގައި ރައީސް ގަތަރަށް ފުރާވަޑައިގެންފި

ރަސްމީ ދަތުރުފުޅެއްގައި ރައީސް ގަތަރަށް ފުރާވަޑައިގެންފި

15 ގަޑިއިރު ކުރިން - 13:22

ވަޢުދާއި އެއްގޮތަށް ބްލޮކް ގްރާންޓް ދީފި

ވަޢުދާއި އެއްގޮތަށް ބްލޮކް ގްރާންޓް ދީފި

18 ގަޑިއިރު ކުރިން - 09:53

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުލައި 12 ގައި ހުޅުވާލަނީ

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަނީ

3 ދުވަސް ކުރިން - 17:02

ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވައިފި

ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވައިފި

4 ދުވަސް ކުރިން - 11:14