Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

އައިޝަތު ރުވާ ރިފްޢަތު
13 ގަޑިއިރު ކުރިން - 14 ޖުލައި 2026 10:54
ރައީސް ޑރ. މުއިއްޒު މީގެ ކުރިން ގަތަރަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން. / ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުއިއްޒު މީގެ ކުރިން ގަތަރަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މި ދަތުރުފުޅަކީ، ގަތަރުގެ ކުރީގެ އަމީރު، ހިޒް ހައިނަސް ޝައިހް ހަމަދު ބިން ހަލީފާ އާލް ޘާނީ، އަވަހާރަވުމާ ގުޅިގެން ކުރެއްވި ދަތުރުފުޅެއް. ރައީސް ވަނީ، ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެވަޑައިގެން، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ތައުޒިޔާ ވިދާޅުވެފަ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު މިއަދު މާލެ ވަޑައިގެންފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ، ގަތަރުގެ ކުރީގެ އަމީރު، ހިޒް ހައިނަސް ޝައިހް ހަމަދު ބިން ހަލީފާ އާލް ޘާނީ، އަވަހާރަވުމާ ގުޅިގެން، އެގައުމުގެ މިހާރުގެ އަމީރު ހިޒް ހައިނަސް ޝައިހް ތަމީމް ބިން ހަމަދު އާލް ޘާނީ އާއި ޝާހީ އާއިލާއަށް އިހުތިރާމު އަދާކުރައްވައި، ތައުޒިޔާ ދެންނެވުމަށް ކުރެއްވި ދަތުރުފުޅެކެވެ.

މި ދަތުރުފުޅުގެ ތެރެއިން ގަތަރުގެ އަމީރު ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި ރައީސް ވަނީ، ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެވަޑައިގެން، ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި ތައުޒިޔާ ވިދާޅުވެފައެވެ. މީގެ އިތުރުން، ދެ ގައުމުގެ ދެމެދުގައި އޮތް ޒަމާންވީ އުހުއްވަތްތެރި ގުޅުމާ މެދު ދެ ބޭފުޅުން މަޝްވަރާކުރައްވައި، އެ ގުޅުން އިތުރަށް ބަދަހިކުރެއްވުމުގެ އަޒުމް އާކުރެއްވިއެވެ.

Advertisement

Advertisement 1

ގަތަރުގެ ކުރީގެ އަމީރު، ޝައިހް ހަމަދު ބިން ގަލީފާ އާލް ޘާނީއަކީ ރާއްޖޭގެ ތަރައްގީއަށް ފާހަގަކޮށްލެވޭ ފަދަ އެހީތެރިކަމެއް ފޯރުކޮށްދެއްވާފައިވާ ބޭފުޅެކެވެ. އެގޮތުން ގަތަރު އެއަރވޭޒްގެ ދަތުރުތައް ރާއްޖެއަށް ފެށުމާއި، ލ. އަތޮޅުގައި ހަމަދު ބިން ހަލީފާ އަލް ޘާނީ ސްކޫލު ބިނާކުރުމުގެ އިތުރުން، ހުޅުމާލޭގައި މަސްޖިދުއްޝައިހް ގާސިމް ބިން އަލް ޘާނީ ބިނާކުރުން ހިމެނެއެވެ. އެމަނިކުފާނު ވަނީ 2005 ވަނަ އަހަރު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްވެސް ކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުން ރަމްޒުކޮށްދެނީ، 1984 ވަނަ އަހަރުގެ މެއި މަހުގެ 26 ވަނަ ދުވަހު ސިޔާސީ ގުޅުން ޤާއިމުކުރި ފަހުން، ދިވެހިރާއްޖެއާއި ގަތަރާ ދެމެދު އޮތް ގާތް ގުޅުމަށް ރާއްޖެއިން ދޭ ހާއްސަ އަހަންމިއްޔަތުކަމެވެ. ގަތަރަކީ އަބަދުވެސް ރާއްޖޭގެ ތަރައްގީއާއި ރައްޔިތުންގެ ލާބަޔަށް މުހިންމު މަސައްކަތްތަކެއް ކޮށްދެމުން އަންނަ ބައިވެރިއެކެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގަތަރުގެ އަމީރު ހިޒް ހައިނަސް ޝައިހް ތަމީމް ބިން ހަމަދު އަލްޘާނީއާގަތަރު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

1 ދުވަސް ކުރިން - 22:50

"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުއްވާލައްވައިފި

"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުއްވާލައްވައިފި

1 ދުވަސް ކުރިން - 17:13

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމައިފި

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަނީ

1 ދުވަސް ކުރިން - 13:31

ރަސްމީ ދަތުރުފުޅެއްގައި ރައީސް ގަތަރަށް ފުރާވަޑައިގެންފި

ރަސްމީ ދަތުރުފުޅެއްގައި ރައީސް ގަތަރަށް ފުރާވަޑައިގެންފި

1 ދުވަސް ކުރިން - 13:22

ވަޢުދާއި އެއްގޮތަށް ބްލޮކް ގްރާންޓް ދީފި

ވަޢުދާއި އެއްގޮތަށް ބްލޮކް ގްރާންޓް ދީފި

1 ދުވަސް ކުރިން - 09:53

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުލައި 12 ގައި ހުޅުވާލަނީ

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަނީ

4 ދުވަސް ކުރިން - 17:02