Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

ޚަބަރު

ޒަކާތު ހައުސްގެ މަތީ ތައުލީމުގެ ސްކޮލަޝިޕަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

ޒަކާތު ހައުސްގެ މަތީ ތައުލީމުގެ ސްކޮލަޝިޕަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކޮށްފި

މި މުއްދަތު އިތުރުކުރުމުގެ މައިގަނޑު މަގުސަދަކީ، ޝަރުތު ހަމަވާ ފަރާތްތަކުގެ ތެރެއިން މިހާތަނަށް ފޯމު ހުށަނާޅާ ތިބި ފަރާތްތަކަށް އެ ފުރުސަތުގެ ބޭނުން ހިފުމަށް އިތުރު ފުރުސަތެއް ދިނުމަށްކަމަށް ޒަކާރު ހައުސްއިން ހާމަކުރި،

91 ދުވަސް ކުރިން - 19:48

ގިރިފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

ގިރިފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

މި މަޝްރޫއަކީ ދިވެހި އަސްކަރިއްޔާގެ ގާބިލްކަން އިތުރުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ އިސްތިރާޖީ ތަސައްވުރުގެ ދަށުން، ސިފައިންނަށް ބޭނުންވާ ތަމްރީނު ވަސީލަތްތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ފަށާފައިވާ މުހިންމު މަޝްރޫއެއްކަން ފާހަގަކޮށްލެވޭ.

91 ދުވަސް ކުރިން - 19:39

“ބީއެމްއެލްއާ ގުޅޭގޮތުން ދޮގު މައުލޫމާތު ފެތުރުމުން މުޅިގައުމަށް އޭގެ ގެއްލުން ލިބޭ”

“ބީއެމްއެލްއާ ގުޅޭގޮތުން ދޮގު މައުލޫމާތު ފެތުރުމުން މުޅިގައުމަށް އޭގެ ގެއްލުން ލިބޭ”

ބީއެމްއެލް އަކީ ދިވެހިރާއްޖޭގެ އިގުތިސާދާ ނުހަނު ބޮޑަށް ލާމެހިފައިވާ ބޭންކެއް ކަމުން، ބޭންކާ މެދު ނުރަނގަޅު ތަސައްވުރެއް އުފެއްދުމުން ދިވެހި އިގުތިސާދަށް ފޫނުބެދޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށް ވެސް ޝަރީފް ފާހަގަކުރެއްވި.

92 ދުވަސް ކުރިން - 20:12

ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު 66 ބޭފުޅަކަށް

ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު 66 ބޭފުޅަކަށް

މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޖަލްސާގައި، މި ބޭފުޅުންނަށް އިނާމު ހަވާލުކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ. ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ ޝަރަފުގެ ބެޖަކާއި، އައްޑަނައަކާއި، އަދި ހަނދާނީ ލިޔުމެއް.

92 ދުވަސް ކުރިން - 14:33

ދެ މަސްތެރޭ މާލެއިން މަސްތުވާތަކެތީގެ 5 "އައްޑާ" ބަންދު ކޮށްފި

ދެ މަސްތެރޭ މާލެއިން މަސްތުވާތަކެތީގެ 5 "އައްޑާ" ބަންދު ކޮށްފި

ހ. ގުންޒަރު، މ. ތަރިވިލާގެ، މ. އަމީރާމަންޒިލް، މއ. ސެވަން އެންޑް ހައުސް، އަދި ހ.ކަނޑުފިނިގޭގައި ހިންގަމުން ގެންދިޔަ މަސްތުވާތަކެތީގެ އައްޑާތައް ކޯޓު އަމުރުގެ ދަށުން ފުލުހުން ވަނީ ބަންދުކޮށްފަ.

92 ދުވަސް ކުރިން - 14:14

ބޭންކް އޮފް މޯލްޑިވްސްގެ އިތުރު 7 ބުރާންޗެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

ބޭންކް އޮފް މޯލްޑިވްސްގެ އިތުރު 7 ބުރާންޗެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

އަލަށް ބްރާންޗުތައް ހުޅުވި ރަށްތަކަކީ: ހއ. ހޯރަފުށި, ށ. ކަނޑިތީމު, ރ. އަލިފުށި, ޅ. ހިންނަވަރު, އދ. މާމިގިލި, ގއ. ގެމަނަފުށި އަދި ލ. މާވަށް. ރައީސް ވިދާޅުވީ މިއީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށާއި، ވަކިން ހާއްސަކޮށް ޒުވާން ވިޔަފާރިވެރިންނަށް ފުރުސަތުތައް ފަހިކޮށްދިނުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށް.

92 ދުވަސް ކުރިން - 11:20

އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެން "ވިލުންތެރި ދިރިއުޅުން" ނަމުގައި ސެޝަނެއް ބާއްވައިފި

އިސްރަށްވެހިންގެ ނާދީގެ މެންބަރުންނަށް އަމާޒުކޮށްގެން "ވިލުންތެރި ދިރިއުޅުން" ނަމުގައި ސެޝަނެއް ބާއްވައިފި

މި ސެޝަންގައި ދިރިއުޅުމުގެ ގޮންޖެހުންތަކުން އަރައިގަނެ، އުންމީދާއެކު ކުރިއަށްދާނެ ގޮތްތަކާއި، ޖިސްމާނީ އަދި ނަފްސާނީ ދުޅަހެޔޮކަން ވަރުގަދަކުރުމާ ގުޅޭގޮތުން މައުލޫމާތު ދީފައިވޭ. އަދި އިޖުތިމާޢީ ގުޅުންތައް ދެމެހެއްޓުމާއި، އެހީތެރިކަން ހޯދުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލައި، އަމިއްލަ އިހްތިޔާރުގައިވާ ކަންކަމަށް ސަމާލުކަންދީގެން ދިރިއުޅުން ބައްޓަންކުރާނެ ގޮތްތައް ބައިވެރިންނަށް ކިޔައިދީފައިވޭ.

92 ދުވަސް ކުރިން - 10:28

ބުރުނީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ 96 އިންސައްތަ މަސައްކަތް ނިމިއްޖެ

ބުރުނީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ 96 އިންސައްތަ މަސައްކަތް ނިމިއްޖެ

މި މަޝްރޫއުގެ ދަށުން 719 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި ގޮނޑުދޮށް ފުންކުރުން ހިމެނޭ. 2021 ވަނަ އަހަރު ފެށި މި މަޝްރޫއު ނިމުމުން، ރަށްގިރުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބި، ރަށުގެ ގޮނޑުދޮށް ރައްކާތެރިކުރެވޭނެ. އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، މިވަގުތު މި މަސައްކަތް އޮތީ މެދުކަނޑާލެވިފައި.

92 ދުވަސް ކުރިން - 10:20

ހޯރަފުށި މީހަކު ރަހީނުކޮށް އަނިޔާކުރުމުން ރަށުތެރެ ނުތަނަވަސްވެ އިހުތިޖާޖު ކުރަން ފަށައިފި

ހޯރަފުށި މީހަކު ރަހީނުކޮށް އަނިޔާކުރުމުން ރަށުތެރެ ނުތަނަވަސްވެ އިހުތިޖާޖު ކުރަން ފަށައިފި

ރައްޔިތުން ބުނަމުންދަނީ މިފަދަ ކަންކަމުގެ ސަބަބުން ރަށުގެ އަމާންކަން ގެއްލި، އާންމުންގެ ފުރާނައަށް ނުރައްކާވަމުންދާ ކަމަށް. އެހެންކަމުން، މަރުކަޒުގެ ސަލާމަތީ ކަންކަން ވަރުގަދަކޮށް، ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ދަނީ ގޮވާލަމުން. ފުލުހުން މިހާރު ދަނީ މި މައްސަލަ ތަހުގީގު ކުރަމުން.

93 ދުވަސް ކުރިން - 00:36

މިނިވަންދުވަހުގެ ހާއްސަ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "މިނިވަން ރަން" އިފްތިތާހްކޮށްފި

މިނިވަންދުވަހުގެ ހާއްސަ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "މިނިވަން ރަން" އިފްތިތާހްކޮށްފި

މި ދުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 27 ވާ ހޮނިހިރު ދުވަހު. މި ދުވުން އިންތިޒާމުކޮށް ކުރިއަށްގެންދިއުމަށްޓަކައި، މި ހަފުލާގައި ވަނީ "ވީރަން މޯލްޑިވްސް" އާއެކު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައި.

93 ދުވަސް ކުރިން - 22:41

ސައުދީ އަރަބިއްޔާއަށް ދިން މިސައިލް ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ސައުދީ އަރަބިއްޔާއަށް ދިން މިސައިލް ހަމަލާތައް ދިވެހި ސަރުކާރުން ކުށްވެރިކޮށްފި

ސައުދީގެ އާންމު ރައްޔިތުންނަށް ނުރައްކާވާގޮތަށް ދިން މި ހަމަލާތަކަކީ އެ ގައުމުގެ އިސްތިގުލާލާއި ސަރަހައްދީ ނިންމުންތަކާ ކަނޑައެޅިގެން ހިލާފަށް ދީފައިވާ ހަމަލާތަކެއް ކަމަށާއި އަދި މިއީ މުޅި ސަރަހައްދުގެ ސަލާމަތާއި ހަމަޖެހުމަށް އޮތް ބޮޑު ނުރައްކަލެއްގެ ގޮތުގައި ދިވެހިރާއްޖެއިން ދެކޭ ކަމަށް ހާރިޖީ ވުޒާރާއިން ފާހަގަކުރި.

93 ދުވަސް ކުރިން - 20:25

ނިމެނީ ނިމެނީ، މާދަމާ ބޮޑުތަކުރުފާނު މަގުގައި ތާރު އަޅާ ނިންމާލަނީ

ނިމެނީ ނިމެނީ، މާދަމާ ބޮޑުތަކުރުފާނު މަގުގައި ތާރު އަޅާ ނިންމާލަނީ

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ކުރިއަށްދާ ސަބް-ބޭސް މަސައްކަތްތަކާއި އެގްރެގޭޓް ބޭސް ކޯސް (އޭބީސީ) ގެ މަސައްކަތްތައް މިހާރު 100 އިންސައްތަ ނިމިފައިވާ ކަމަށް އެމްޓީސީސީން ހާމަކުރި.

93 ދުވަސް ކުރިން - 20:07

Previous12345Next