މި މަޝްރޫއުގެ މުހިންމު ބައިތަކުގެ ތެރޭގައި 500 ސައިކަލުގެ ޕާކިންގް ފެސިލިޓީއަކާއި، މަގު ފުޅާކުރުމަށް ބިން ހިއްކުމުގެ މަސައްކަތް ހިމެނޭ. ރައީސް ފާހަގަކުރެއްވި ގޮތުގައި މި މަގު ނިމުމުން ބޮޑުތަކުރުފާނު މަގުގެ އިތުރުން މާލޭގެ އެހެން މަގުތަކުގެ ތޮއްޖެހުމަށް ބޮޑު ލުޔެއް ލިބޭނެ.
89 ދުވަސް ކުރިން - 16:30
ޑޮލަރުގެ އަގު ތާރީހުގައި ފުރަތަމަ ފަހަރަށް 22 ރ. އަށް އަރުވައިފި. މިކަން މި ކުރީ ޑޮލަރު ނެރިގެނެއް ނޫން. އާންމު ރައްޔިތުން ފެލައިލުމަށްފަހު އަމިއްލަ ޖީބު ބޮޑުކުރަން ކަޅު ބާޒާރުގެ ނުފޫޒުގަދަ ވިޔަފާރިވެރިން ގަސްތުގައި ހިންގާ ޖަރީމާއެ.
89 ދުވަސް ކުރިން - 10:21
އެމްޓީސީސީން ހާމަކުރި ގޮތުގައި މިގޮތަށް ދިމާވާން މެދުވެރިވީ އާރްޓީއެލްގެ ޕޭމަންޓް ކަލެކްޝަންއަށް ބޭނުންކުރާ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ސަރވަރގެ މެއިންޓަނަންސް މަސައްކަތެއް ކުރިއަށް ގެންގޮސްފައިވާތީ ކަމަށް. އިތުރު މައުލޫމާތު ސާފުކުރެއްވުމަށް ބޭނުންފުޅުވާ ނަމަ، އެ ކުންފުނީގެ ހޮޓްލައިން ނަންބަރު 1650 އަށް ގުޅުއްވުމަށް އެމްޓީސީސީން އެދޭ.
90 ދުވަސް ކުރިން - 21:11
ޗައިނާގެ އެހީގައި ހިންގާ މި މަޝްރޫއުގައި ފެން ހިންދާ ނިޒާމާއި ފަޔަރު ހައިޑްރަންޓް ގާއިމުކުރާނެ. މީގެ އިތުރުން، ބޮޑުތަކުރުފާނު މަގުގެ ދެވަނަ ފޭސް ނިމި އަންނަ ހަފުތާގައި ހުޅުވާލާނެ ކަމަށާއި، ތޮއްޖެހުން ހައްލުކުރުމަށް ރާއްޖޭގެ އެކި ސަރަހައްދުތައް ތަރައްގީކޮށް މާލެއަށް ބާރުބޮޑުވުން ކުޑަކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ވިދާޅުވި.
90 ދުވަސް ކުރިން - 16:01
ނިޔާވެފައިވަނީ މާލެ، ސްޓަރ، މުޙައްމަދު ރަޒީން (50އ) އެވެ. އޭނާ ހުޅުމާލޭ ހޮސްޕިޓަލަށް ގެންދިޔަ އިރުވެސް ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މަޢުލޫމާތު ދީފައިވޭ. މިހާތަނަށް މި މަރުގައި އެއްވެސް ޝައްކުކުރެވޭ ކަންތައްތަކެއް ހުރިކަން ނުވަތަ ނޫންކަން ފުލުހުން ހާމަކޮށްފައެއް ނުވޭ.
90 ދުވަސް ކުރިން - 15:54
މުޙައްމަދު އަޙްމަދަކީ ފައިނޭންސް، ބޭންކިން، ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި ކޯޕަރޭޓް ގަވަރނަންސްގެ ދާއިރާއިން 40 އަހަރަށްވުރެ ދިގު މުއްދަތެއްގެ މުއްސަނދި ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެއް. އޭނާ ވަނީ އިނގިރޭސިވިލާތުގެ ޑަރަމް ޔުނިވަރސިޓީ ބިޒްނަސް ސްކޫލުން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (MBA) ހާސިލްކުރައްވާފަ.
90 ދުވަސް ކުރިން - 12:30
އަލްވަދާއު ކިޔާފައިވަނީ އެ ކުންފުނީގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތްކުރި "ޑީއެޗްސީ-8-300" (8Q-IAS) މަރުކާގެ ބޯޓަށް. މި ބޯޓަކީ ވޭތުވެދިޔަ 14 އަހަރަށްވުރެ ދިގު މުއްދަތެއްގައި ރާއްޖޭގެ އެކި ކޮޅުތަކަށް ދަތުރުވެރިން އުފުލައިދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައިވާ ބޯޓެއް.
91 ދުވަސް ކުރިން - 00:07
މި މަޝްރޫޢަކީ ޕަބްލިކް-ޕްރައިވެޓް ޕާޓްނާޝިޕް އުސޫލުން ކުރިއަށްގެންދާ މަޝްރޫޢެއް. މި މަޝްރޫޢުގައި ސޮއިކުރި ފަސް ފަރާތަކީ: މި މަޝްރޫޢުގެ ދަށުން ތަރައްޤީކުރާ ހައުސިންގ ޔުނިޓުތަކަކީ މެދު ފަންތީގެ އާމްދަނީ ލިބޭ ފަރާތްތަކަށް އަމާޒުކޮށްގެން ބިނާކުރެވޭ ތަންތަން.
91 ދުވަސް ކުރިން - 23:50
މި ބަދަލާއެކު އަތޮޅުތަކުގެ ރައްޔިތުން ބޭސްފަރުވާއާ ގުޅޭ އިދާރީ ކަންކަމުގައި ރަށުން ބޭރަށް ނުވަތަ މާލެއަށް ކުރަންޖެހޭ ދަތުރުތަކަށް ބޮޑު ހައްލެއް ލިބިގެންދާނެކަމަށާއި މިއީ ސަރުކާރުން، ރައްޔިތުންނާ ގާތުން ހިދުމަތް ދިނުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން އެޅުނު މުހިންމު ފިޔަވަޅެއްކަމަށް އެ ކުންފުނިން ފާހަގަކުރި.
91 ދުވަސް ކުރިން - 20:49
ބޭންކް އޮފް މޯލްޑިވްސްއާ ގުޅިގެން ތައާރަފުކޮށްފައިވާ 'ޔޫތު އެންޓްރަޕްރިނިއަރޝިޕް ފައިނޭންސިންގ' ޕްރޮގްރާމަކީ 18 އަހަރާއި 30 އަހަރާ ދެމެދުގެ ދިވެހި ޒުވާނުންނަށް 150,000 ރުފިޔާއާ ހަމައަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ޕްރޮގްރާމެއްކަން ފާހަގަކޮށްލެވޭ.
91 ދުވަސް ކުރިން - 20:34
މި ދެ ބެޗުން ޖުމްލަ 255 ދަރިވަރުން ވަނީ ހުވާކޮށްފައިވާއިރު، އެއީ 72 ވަނަ އަސާސީ ތަމްރީން ކޯހުގެ 138 ދަރިވަރުންނާއި، 73 ވަނަ އަސާސީ ތަމްރީން ކޯހުގެ 117 ދަރިވަރުންނެންކަން ފާހަގަކޮށްލެވޭ.
91 ދުވަސް ކުރިން - 20:18
މި ކުންފުނި އުފެއްދުމުގެ އެންމެ ބޮޑު ބޭނުމަކީ އައްޑޫ އަތޮޅުގައި ފަތުރުވެރިކަމުގެ ސިނާއަތް މިހާރަށްވުރެ ފުޅާކޮށް، އޭގެ މަންފާ މުޅި އަތޮޅުގެ ރައްޔިތުންނަށް ހަމަހަމަކަމާއެކު ފޯރުކޮށްދިނުންކަމަށް ރައީސް އޮފީހުން ހާމަކުރި.
91 ދުވަސް ކުރިން - 19:57