Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޑޮލަރުގެ އަގު ރެކޯޑު މިންވަރަށް ބޮޑުކޮށްލީ ދަނޑިވަޅުގައި ބޮޑު ފައިދާ ނަގަން ވެގެން

ޑޮލަރުގެ އަގު ރެކޯޑު މިންވަރަށް ބޮޑުކޮށްލީ ދަނޑިވަޅުގައި ބޮޑު ފައިދާ ނަގަން ވެގެން

ހުސައިން އިސްމާއިލް
65 ދުވަސް ކުރިން - 18 ޖުލައި 2026 10:21
މީހަކު ޑޮލަރުތަކެއް ގުނަނީ: ޑޮލަރުގެ ކަޅުބާޒާރެއް އުފައްދައިގެން އުޅެނީ ވިޔަފާރިވެރިންގެ ތެރެއިން ބަޔަކު.
މީހަކު ޑޮލަރުތަކެއް ގުނަނީ: ޑޮލަރުގެ ކަޅުބާޒާރެއް އުފައްދައިގެން އުޅެނީ ވިޔަފާރިވެރިންގެ ތެރެއިން ބަޔަކު.
ޚުލާސާ

ޑޮލަރުގެ އަގު ތާރީހުގައި ފުރަތަމަ ފަހަރަށް 22 ރ. އަށް އަރުވައިފި. މިކަން މި ކުރީ ޑޮލަރު ނެރިގެނެއް ނޫން. އާންމު ރައްޔިތުން ފެލައިލުމަށްފަހު އަމިއްލަ ޖީބު ބޮޑުކުރަން ކަޅު ބާޒާރުގެ ނުފޫޒުގަދަ ވިޔަފާރިވެރިން ގަސްތުގައި ހިންގާ ޖަރީމާއެ.

ދިވެހިރާއްޖޭގެ ކަޅު ބާޒާރުގައި އެމެރިކާ ޑޮލަރުގެ އަގު ފުރަތަމަ ފަހަރަށް 22 ދިވެހި ރުފިޔާއަށް ހަދައި، ބާޒާރު ކޮންޓްރޯލްކުރާ ބަޔަކު ގައުމު ސުންނާފަތިކުރަން ފަށައިފިއެވެ. މިއީ މަރުކަޒީ ބޭންކު (އެމްއެމްއޭ) ގެ ރަސްމީ ރޭޓު ކަމަށްވާ 15.42 ރުފިޔާއަށްވުރެ މާ ބޮޑު އަގެކެވެ.

އިގްތިސާދީ މާހިރުން ހާމަކުރާ ގޮތުގައި، މި ބަދަލަކީ ގައުމުގައި ޑޮލަރު ނެތިގެން ދިމާވި ކަމެއް ނޫނެވެ. މިއީ ރާއްޖެއަށް ފަތުރުވެރިން އަންނަ ނިސްބަތް ދަށްވާ ދުވަސްވަރުގެ ނާޖާއިޒު ފައިދާ ނަގައި، އާންމު ރައްޔިތުން ފެލައިލުމަށްފަހު އަމިއްލަ ޖީބު ބޮޑުކުރަން ކަޅު ބާޒާރުގެ ނުފޫޒުގަދަ ވިޔަފާރިވެރިން ގަސްތުގައި ހިންގާ ޖަރީމާއެކެވެ.

މި ރޭވުންތެރި އަމަލުގެ އެންމެ ބޮޑު ހެއްކަކީ، ރާއްޖޭގެ ބޭންކިން ނިޒާމަށް ވަންނަ ބޭރު ފައިސާގެ ނިސްބަތް ދަށަށް ނުދާކަން އެމްއެމްއޭގެ ތަފާސްހިސާބުތަކުން ފެންނަން އޮތުމެވެ. ސަރުކާރުން އެކުލަވާލި އާ ބޭރު ފައިސާގެ ގަވާއިދުގެ ދަށުން، ރިސޯޓުތަކުންނާއި ބޮޑެތި ވިޔަފާރިތަކުން ބޭންކުތަކަށް ޑޮލަރު މާރުކުރަންޖެހޭ މިންވަރު ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ނަމަވެސް، ކަޅު ބާޒާރުގައި ނުފޫޒު ގަދަކޮށްގެން ތިބި ބަޔަކު ދަނީ ޑޮލަރު ބާޒާރަށް ނެރުމުގެ ބަދަލުގައި، އެ ފައިސާ ފޮރުވައި ހިފަހައްޓަމުންނެވެ. އަދި ބާޒާރުގައި ޑޮލަރު ލިބެން ނެތް ކަމަށް ދައްކައި، ދޮގު އަޑުތައް ފަތުރައިގެން އަގު މައްޗަށް ޖައްސަމުންދަނީ ހަމައެކަނި އެ މީހުންގެ އަމިއްލަ ފައިދާ އިތުރުކުރުމުގެ ދަހިވެތިކަމުގައެވެ.

Advertisement

Advertisement 1

މި ދަނޑިވަޅަކީ ފަތުރުވެރިކަމުގެ އޮފް-ސީޒަން ކަމަށްވުމުން، ކަޅު ބާޒާރުގެ ވިޔަފާރިވެރިން މި ހާލަތުގެ ބޭނުން ހިފަނީ ރައްޔިތުން ރަހީނުކުރުމުގެ ހަތިޔާރެއްގެ ގޮތުގައެވެ.

މުދާ އިމްޕޯޓު ކުރަންޖެހޭ ކުދި އަދި މެދުފަންތީގެ ވިޔަފާރިވެރިންނަށް މަޖުބޫރުވެގެން ކަޅު ބާޒާރުން ޑޮލަރު ގަންނަން ޖެހޭ ހާލަތު ދެނެގަނެ، މި ބޮޑުން ދަނީ އެއްވެސް ރަހުމެއް ނެތް ބޮޑު ފައިދާއެއް ނަގަމުންނެވެ.

ބޭންކުތަކުން މުހިންމު ބޭނުންތަކަށް ޑޮލަރު ދޫކުރަމުންދާއިރު ވެސް، ބާޒާރުގެ އަގު 22 ރުފިޔާއަށް މައްޗަށް ޖެއްސުމަކީ ގައުމުގެ އިގްތިސާދަށް ދޭ ވަރަށް ބޮޑު ހިޔާނާތެކެވެ.

މި ނާއިންސާފު އަމަލުގެ ސަބަބުން މުޅި ގައުމާއި އާންމު ރައްޔިތުން މިވަނީ ބޮޑު ތަކުލީފެއްގެ ތެރެއަށް ވައްދާލާފައެވެ.

ރާއްޖެއަކީ ކާބޯތަކެއްޗާއި ބޭހަށް ދަންދެން ބޭރުން އެތެރެކުރާ ގައުމަކަށް ވުމުން، ނުބައި ވިޔަފާރިވެރިންގެ ކަޅު ބާޒާރުގެ މި ބޮޑު އަގާއެކު ބާޒާރުގައި ހުރިހާ ތަކެއްޗެއްގެ އަގު އިންތިހާއަށް އުފުލި، އާންމު ރައްޔިތުމީހާގެ ދިރިއުޅުން މިވަނީ ބުރައަކަށް ވެފައެވެ. މިއީ ހަގީގީ މާލީ ދަތިކަމެއްގެ ސަބަބުން ދިމާވި ކަމެއް ނޫންކަމާއި، މިއީ ހަމައެކަނި ރައްޔިތުންގެ ލެއިން ބޮޑު ފައިދާ ނަގަން ބަޔަކު ހިންގާ ޖަރީމާއެއްކަން މިއަދު އާންމުންނަށް ވަނީ ސާފުވެފައެވެ.

ޑޮލަރުވިޔަފާރި
Advertisement
Advertisement

0 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

އަލީ އާލިމް

65 ދުވަސް ކުރިން - 19:38

ރާއްޖޭގެ އެތެރޭގައި ޑޮލަރުން ވިޔަފާރި ނުކުރެވޭނެގޮތް ހަދަން ވީ ވަގުތުންވަގުތައް

ގުޅޭ ޚަބަރުތައް

ގަވާއިދަށް ހުރުމަތްތެރިކޮށް ހިތާ ފަރާތްތަކަށް އަވަސް ހިދުމަތް ދިނުމަށް 'ވައިޓްލިސްޓެޑް އެމްޕްލޯޔާސް ޕްރޮގްރާމް' ތައާރަފްކުރަނީ

އަވަސް ހިދުމަތް ދިނުމަށް 'ވައިޓްލިސްޓެޑް އެމްޕްލޯޔާސް ޕްރޮގްރާމް' ތައާރަފްކުރަނީ

8 ގަޑިއިރު ކުރިން - 15:02

ސަރުކާރުގެ ފިޔަވަޅުތަކުން ކަޅުބާޒާރުގެ ޑޮލަރުރޭޓް ތިރިވެއްޖެ!

ސަރުކާރުގެ ފިޔަވަޅުތަކުން ކަޅުބާޒާރުގެ ޑޮލަރުރޭޓް ތިރިވެއްޖެ!

7 ދުވަސް ކުރިން - 19:05

“ލޮޖިސްޓިކްސް ކުންފުނިތަކުގެ ނަމުގައި ރާއްޖޭގައި ސިއްރުން އޯޓީއޭ އެބަ ހިންގާ!”

“ލޮޖިސްޓިކްސް ކުންފުނިތަކުގެ ނަމުގައި ރާއްޖޭގައި ސިއްރުން އޯޓީއޭ އެބަ ހިންގާ!”

16 ދުވަސް ކުރިން - 12:32

ރާއްޖޭގެ މިނިވަންކަމަށާއި އިގްތިސާދަށް އޮތް އެންމެ ބޮޑު ބިރަކީ ގަވާއިދާ ހިލާފަށް އުޅޭ އެއްލައްކައެއްހާ ބިދޭސީން! - ޝާޒް ވަލީދު

އިގްތިސާދަށް އޮތް އެންމެ ބޮޑު ބިރަކީ ބިދޭސީން : ޝާޒް ވަލީދު

16 ދުވަސް ކުރިން - 10:08

ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރާ ފަރާތްތަކުގެ މައުލޫމާތު ޓާސްކްފޯސްއަށް ހިއްސާކުރުމަށް ފުލުހުން އިލްތިމާސްކޮށްފި

ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރާ ފަރާތްތަކުގެ މައުލޫމާތު ހިއްސާކުރުމަށް އިލްތިމާސްކޮށްފި

19 ދުވަސް ކުރިން - 12:44

ރިސޯޓުތަކުން 40 ޕަސެންޓު މާރުކުރިޔަސް މުވައްޒަފުންނަށް ޑޮލަރުން މުސާރަ ދިނުން ހުއްޓާލައިގެން ނުވާނެ: ރައީސް

ރިސޯޓުތަކުގެ އާމްދަނީގެ 40 އިންސައްތަ މާރުކުރަން ޖެހުނަސް، މުވައްޒަފުންނަށް ޑޮލަރުން މުސާރަ

21 ދުވަސް ކުރިން - 14:46