Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ސީއެމްޑީއޭގެ ސީއީއޯގެ މަޤާމަށް، މާލީ ދާއިރާގެ ތަޖުރިބާކާރު މުޙައްމަދު އަޙްމަދު އައްޔަންކުރައްވައިފި

ސީއެމްޑީއޭގެ ސީއީއޯގެ މަޤާމަށް، މާލީ ދާއިރާގެ ތަޖުރިބާކާރު މުޙައްމަދު އަޙްމަދު އައްޔަންކުރައްވައިފި

ހުސައިން އިސްމާއިލް
12 ގަޑިއިރު ކުރިން - 17 ޖުލައި 2026 12:30
ސީއެމްޑީއޭގެ ސީއީއޯ މުޙައްމަދު އަޙްމަދު---
ސީއެމްޑީއޭގެ ސީއީއޯ މުޙައްމަދު އަޙްމަދު---
ޚުލާސާ

މުޙައްމަދު އަޙްމަދަކީ ފައިނޭންސް، ބޭންކިން، ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި ކޯޕަރޭޓް ގަވަރނަންސްގެ ދާއިރާއިން 40 އަހަރަށްވުރެ ދިގު މުއްދަތެއްގެ މުއްސަނދި ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެއް. އޭނާ ވަނީ އިނގިރޭސިވިލާތުގެ ޑަރަމް ޔުނިވަރސިޓީ ބިޒްނަސް ސްކޫލުން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (MBA) ހާސިލްކުރައްވާފަ.

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ) ގެ ޗީފް އެގްޒެކެޓިވް އޮފިސަރު (ސީއީއޯ) ގެ މަޤާމަށް މުޙައްމަދު އަޙްމަދު އައްޔަންކުރައްވައިފިއެވެ.

ދިވެހިރާއްޖޭގެ މާލީ ސެކިއުރިޓީޒްއާބެހޭ ޤާނޫނުގައިވާ ގޮތުގެ މަތިން، ސީއެމްޑީއޭގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނާއި ސީއީއޯ އައްޔަންކުރައްވަނީ ވަޒީރުންގެ މަޖިލީހުގެ މަޝްވަރާގެ މަތިން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒުއެވެ. މި އައްޔަންކުރެއްވުމާ ގުޅިގެން ސީއެމްޑީއޭއިން ވަނީ އެ މުއައްސަސާގެ ހިންގުމުގެ އެންމެ އިސްވެރިޔަކަށް މުޙައްމަދު އަޙްމަދު ހަމަޖެހިފައިވާކަން ރަސްމީކޮށް ކަށަވަރުކޮށްދީފައެވެ.

މުޙައްމަދު އަޙްމަދަކީ ފައިނޭންސް، ބޭންކިން، ޕަބްލިކް އެޑްމިނިސްޓްރޭޝަން އަދި ކޯޕަރޭޓް ގަވަރނަންސްގެ ދާއިރާއިން 40 އަހަރަށްވުރެ ދިގު މުއްދަތެއްގެ މުއްސަނދި ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެކެވެ. އޭނާގެ މި ތަޖުރިބާގެ ސަބަބުން ސީއެމްޑީއޭގެ ހިންގުން އިތުރަށް ހަރުދަނާވެ، ކުރިއެރުން ލިބިގެންދާނެ ކަމަށް އެ އޮތޯރިޓީން ދެކެއެވެ.

Advertisement

Advertisement 1

އޭނާގެ ދިގު ޚިދުމަތުގެ ދައުރުގައި ދައުލަތުގެ އަދި އަމިއްލަ ސެކްޓަރުގެ މުހިންމު މަޤާމުތަކެއް ވަނީ ފުރުއްވާފައެވެ. އޭގެ ތެރޭގައި މިނިސްޓްރީ އޮފް ފައިނޭންސް، ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އަދި ސޮލަރެލް އިންޝުއަރެންސް ފަދަ މުއައްސަސާތައް ހިމެނެއެވެ. މުޙައްމަދު އަޙްމަދަކީ އިޤްތިޞާދީ ތަރައްޤީއާއި، ދައުލަތުގެ މާލިއްޔަތު އަދި މުއައްސަސާތަކުގެ ލީޑަޝިޕްގެ ދާއިރާއިން ފާހަގަކޮށްލެވޭ ފަންނީ ބޭފުޅެކެވެ.

ތަޢުލީމީ ގޮތުން ބަލާއިރު، މުޙައްމަދު އަޙްމަދު ވަނީ އިނގިރޭސިވިލާތުގެ ޑަރަމް ޔުނިވަރސިޓީ ބިޒްނަސް ސްކޫލުން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (MBA) ހާސިލްކުރައްވާފައެވެ. އަދި އެމެރިކަން ޔުނިވަރސިޓީ އޮފް ބެއިރޫތުން ބެޗްލަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން ފުރިހަމަކުރައްވާފައެވެ.

ސީއެމްޑީއޭގެ ސީއީއޯގެ މަޤާމުގައި އެންމެ ފަހުން ހުންނެވި މުޙައްމަދު ޙުސައިން މަނިކު، އެ މަޤާމުން ރިޓަޔަރ ކުރައްވާފައިވަނީ މިދިޔަ އެޕްރީލް މަހުގެ 30 ވަނަ ދުވަހުއެވެ.

ދިވެހިރާއްޖޭގެ ކެޕިޓަލް މާކެޓް ރެގިއުލޭޓްކޮށް، ތަރައްޤީކުރުމުގެ މަޤްޞަދުގައި 2006 ވަނަ އަހަރު އުފެއްދި ސީއެމްޑީއޭއަކީ މިނިވަން މުއައްސަސާއެކެވެ. އެ އޮތޯރިޓީގެ މައިގަނޑު މަސްއޫލިއްޔަތުތަކުގެ ތެރޭގައި ސެކިއުރިޓީޒް ބާޒާރާ ގުޅުންހުރި ކުންފުނިތަކަށް ލައިސަންސް ދިނުމާއި، އިންވެސްޓަރުންގެ ޙައްޤުތައް ރައްކާތެރިކުރުން ހިމެނެއެވެ.

ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީ (ސީއެމްޑީއޭ)ސީއެމްޑީއޭގެ ސީއީއޯ މުހައްމަދު އަހްމަދު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް