Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ސިފައިންގެ ދެބެޗެއްގެ އަސާސީ ތަމްރީން ކޯސް ނިންމި 255 ދަރިވަރުން ހުވާކޮށްފި

ސިފައިންގެ ދެބެޗެއްގެ އަސާސީ ތަމްރީން ކޯސް ނިންމި 255 ދަރިވަރުން ހުވާކޮށްފި

އައިޝަތު ރުވާ ރިފްޢަތު
4 ގަޑިއިރު ކުރިން - 16 ޖުލައި 2026 20:18
ސިފައިންގެ ދެބެޗެއްގެ އަސާސީ ތަމްރީން ކޯސް ނިންމި 255 ދަރިވަރުން ހުވާކުރުމުގެ ރަސްމީޔާތުގެ ތެރެއިން / ފޮޓޯ:އެމްއެންޑީއެފް
ސިފައިންގެ ދެބެޗެއްގެ އަސާސީ ތަމްރީން ކޯސް ނިންމި 255 ދަރިވަރުން ހުވާކުރުމުގެ ރަސްމީޔާތުގެ ތެރެއިން / ފޮޓޯ:އެމްއެންޑީއެފް
ޚުލާސާ

މި ދެ ބެޗުން ޖުމްލަ 255 ދަރިވަރުން ވަނީ ހުވާކޮށްފައިވާއިރު، އެއީ 72 ވަނަ އަސާސީ ތަމްރީން ކޯހުގެ 138 ދަރިވަރުންނާއި، 73 ވަނަ އަސާސީ ތަމްރީން ކޯހުގެ 117 ދަރިވަރުންނެންކަން ފާހަގަކޮށްލެވޭ.

ދިވެހި ސިފައިންގެ ހިދުމަތާ އަލަށް ގުޅުނު 72 ވަނަ އަދި 73 ވަނަ އަސާސީ ތަމްރީން ކޯހުގެ ދަރިވަރުން ތަމްރީނު ފުރިހަމަކޮށް، ހުވާކުރުމުގެ ރަސްމިއްޔާތު މިއަދު ބާއްވައިފި އެވެ.

ކ. ގިރިފުށީ ޓްރެއިނިންގް ސެންޓަރުގެ ހެވިކަމުގެ މައިދާނުގައި ބޭއްވި މި ރަސްމިއްޔާތު އިއްޒަތްތެރިކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީ ވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ. މި ރަސްމިއްޔާތުގައި ޑިފެންސް މިނިސްޓަރު ހަސަން ރަޝީދުގެ އިތުރުން ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީގެ އިތުރުން ސިފައިންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި އެވެ.

މި ދެ ބެޗުން ޖުމްލަ 255 ދަރިވަރުން ވަނީ ހުވާކޮށްފަ އެވެ. އެއީ 72 ވަނަ އަސާސީ ތަމްރީން ކޯހުގެ 138 ދަރިވަރުންނާއި، 73 ވަނަ އަސާސީ ތަމްރީން ކޯހުގެ 117 ދަރިވަރުންނެވެ. ރަސްމިއްޔާތުގައި ދަރިވަރުންނަށް ހުވާލައިދެއްވީ ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޛް ހުސައިން މަޒީދެވެ. އަދި ތަމްރީން ނިންމި ދަރިވަރުންނާ ބަޑި ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އެވެ.

Advertisement

Advertisement 1

އެމްއެންޑީއެފް ކޮލެޖް އޮފް ޑިފެންސް އެންޑް ސެކިއުރިޓީ ސްޓަޑީސްއިން ކުރިއަށްގެންދިޔަ މި ދެ ކޯހަކީވެސް މާރިޗު 7، 2024 އިން ފެށިގެން ހަތަރު މަސްދުވަހުގެ މުއްދަތަށް ކުރިއަށްގެންދިޔަ ކޯސްތަކެކެވެ. މީގެ ތެރެއިން 72 ވަނަ ބެޗުގެ ތަމްރީނުތައް އައްޑޫ ސިޓީގައި ހުންނަ އެމްއެންޑީއެފް ސަދަން އޭރިއާ ކޮމާންޑް ޓްރެއިނިންގް ސެންޓަރުގައި ކުރިއަށްގެންދިޔައިރު، 73 ވަނަ ބެޗުގެ ތަމްރީނުތައް ކުރިއަށްގެންގޮސްފައިވަނީ ކ. ގިރިފުށީގަ އެވެ.

ސިފައިންގެ އަސާސީ ތަމްރީނު ކޯހަކީ އަލަށް ސިފައިންގެ ހިދުމަތާ ގުޅޭ މީހުންނަށް، ސިފައިންގެ އެކި ދާއިރާތަކުގައި މަސައްކަތްކުރެވޭ ފެންވަރަށް ބޭނުންވާ އިލްމާއި ހުނަރު އުނގަންނައިދިނުމަށް ހިންގޭ މުހިންމު ކޯހެކެވެ. މި ކޯހުގެ މައިގަނޑު މަގްސަދަކީ ގައުމިއްޔަތަށް ލޯބިކުރާ، އަޚްލާޤު ރަނގަޅު، އަމުރަށް ކިޔަމަންތެރިވާ އަދި ހަށިހެޔޮ ސިފަވަންތަ ސިފައިންގެ ބަޔަކު ބިނާކުރުމެވެ.

މިއަދުގެ ރަސްމިއްޔާތާއެކު، މި 255 ސިފައިން މިހާރު ވަނީ ރަސްމީކޮށް ދިވެހި ޤައުމީ ދިފާއީ ބާރުގެ ހިދުމަތާ ގުޅިފަ އެވެ.

އެމްއެންޑީއެފް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގިރިފުށީގެ ބިން ހިއްކުމާއި ބަނދަރު އަޕްގްރޭޑްކުރުމުގެ ބޮޑު މަޝްރޫއު ރަސްމީކޮށް އިފުތިތާހުކޮށްފި

ގިރިފުށީގެ ބިން ހިއްކުމާއި ބަނދަރު އަޕްގްރޭޑްކުރުމުގެ ބޮޑު މަޝްރޫއު ރަސްމީކޮށް އިފުތިތާހުކޮށްފި

26 ދުވަސް ކުރިން - 20:14

ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމްގެ ދެވަނަ ކޯސް މިއަދު ފަށައިފި

ދިވެހި ވަތަނީ ހިދުމަތުގެ ފަންނީ ތަމްރީނު ޕްރޮގްރާމްގެ ދެވަނަ ކޯސް ފަށައިފި

27 ދުވަސް ކުރިން - 15:11

ނޭޝަނަލް ސަރވިސް ޓްރޭނިންގ ގެ 3 ވަނަ ބެޗުގެ ތަމްރީނަށް 352 ޒުވާނުން ފުރައިފި

ނޭޝަނަލް ސަރވިސް ޓްރޭނިންގ ތަމްރީނަށް 352 ޒުވާނުން ފުރައިފި

38 ދުވަސް ކުރިން - 17:31

އެމްއެންޑީއެފްގެ އާ އުޅަނދު އިމާދުއްދީން ރާއްޖެ އަށް އައުމަށް މިސްރާބު ޖަހައިފި

އެމްއެންޑީއެފްގެ އާ އުޅަނދު އިމާދުއްދީން ރާއްޖެ އަށް އައުމަށް މިސްރާބު ޖަހައިފި

41 ދުވަސް ކުރިން - 18:46

ސަރުކާރުގެ ފަންނީ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް 77 ޒުވާނަކު ބ. ކިހާދޫއަށް ފުރައިފި

ސަރުކާރުގެ ފަންނީ ތަމްރީނު ޕްރޮގްރާމުގައި ބައިވެރިވުމަށް 77 ޒުވާނަކު ބ. ކިހާދޫއަށް

43 ދުވަސް ކުރިން - 15:33

އަޟުހާ އީދުގެ އުފަލުގައި މިރޭ ވިލިމާލޭ ސަރަހައްދުގައި ކުލަގަދަ ހަވާއެރުވުމެއް!

އަޟުހާ އީދުގެ އުފަލުގައި މިރޭ ވިލިމާލޭ ސަރަހައްދުގައި ކުލަގަދަ ހަވާއެރުވުމެއް!

47 ދުވަސް ކުރިން - 17:51