Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމަކާ ގާތަށް

މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމަކާ ގާތަށް

އައިޝަތު ރުވާ ރިފްޢަތު
53 ދުވަސް ކުރިން - 18 ޖުލައި 2026 16:30
ބޮޑު ތަކުރުފާނު މަގުގައި މިހާރު ތަރައްގީކުރަމުން އަންނަ ސަރަހައްދު ތާރު އަޅާ ނިންމާލާފައި. / ފޮޓޯ: އެމްޓީސީސީ
ބޮޑު ތަކުރުފާނު މަގުގައި މިހާރު ތަރައްގީކުރަމުން އަންނަ ސަރަހައްދު ތާރު އަޅާ ނިންމާލާފައި. / ފޮޓޯ: އެމްޓީސީސީ
ޚުލާސާ

މި މަޝްރޫއުގެ މުހިންމު ބައިތަކުގެ ތެރޭގައި 500 ސައިކަލުގެ ޕާކިންގް ފެސިލިޓީއަކާއި، މަގު ފުޅާކުރުމަށް ބިން ހިއްކުމުގެ މަސައްކަތް ހިމެނޭ. ރައީސް ފާހަގަކުރެއްވި ގޮތުގައި މި މަގު ނިމުމުން ބޮޑުތަކުރުފާނު މަގުގެ އިތުރުން މާލޭގެ އެހެން މަގުތަކުގެ ތޮއްޖެހުމަށް ބޮޑު ލުޔެއް ލިބޭނެ.

މާލޭގެ އެންމެ ކާރުބާރޫ ބޮޑު އެއް މަގު ކަމަށްވާ ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމަށް ކުރިއަށްގެންދާ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ނިމުމަކާ ގާތްވެއްޖެއެވެ.

ޖުލައި 26 ވަނަ ދުވަހު ހުޅުވުމަށް ތާވަލުކުރެވިފައިވާ މި މަޝްރޫއުގެ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، މަގުގެ ދަށުން އަޅަންޖެހޭ ކޭބަލް ޓްރެންޗްތައް އެޅުމުގެ މަސައްކަތް މިހާރު ވަނީ އެއްކޮށް ނިންމާލެވިފައެވެ. އަދި މަޝްރޫއުގެ ސެގްމަންޓް 2 އާއި 3 ގައި ހިމެނޭ ޕާކިންގް ޒޯންތަކުގެ މަސައްކަތާއި، ދުވާރުގައި ގާ އެތުރުމުގެ މަސައްކަތް ވެސް ބާރުމިނެއްގައި ކުރިއަށްދާ ކަމަށް ކަމާބެހޭ އިދާރާތަކުން ބުނެއެވެ.

މީގެ އިތުރުން، މި ދެ ސެގްމަންޓުގައި މަގުމަތީގެ ނިޝާންތައް ކުރެހުމާއި، ޖަންކްޝަންތަކުގެ ޔުޓިލިޓީ ވަސީލަތްތައް އުސްކުރުމުގެ މަސައްކަތް މިހާރު ދަނީ ކުރަމުންނެވެ. މި މަސައްކަތްތައް ކުރިއަށް އޮތް ހަފުތާއެއްހާ ދުވަހުގެ ތެރޭގައި ނިންމާލެވޭނެ ކަމަށް ލަފާކުރެވެއެވެ. މި މަސައްކަތްތައް ނިމުމާއެކު، ފުރަތަމަ ފިޔަވަހީގެ މަސައްކަތް އެއްކޮށް ނިމި، އާންމު ދަތުރުފަތުރަށް މަގު ހުޅުވާލުމާ ގާތަށް ދާނެއެވެ.

Advertisement

Advertisement 1

މި މަޝްރޫއަކީ މާލޭގެ އުތުރު ފަރާތުގެ ޓްރެފިކް ފްލޯ ރަނގަޅުކުރުމަށާއި، ހިނގާބިނގާވެ އުޅޭ މީހުންނަށް ރައްކާތެރި މާހައުލެއް ގާއިމުކުރުމަށްޓަކައި ހިންގޭ މުހިންމު މަޝްރޫއެކެވެ. މި މަސައްކަތުގެ ދަށުން ތަރުތީބު ކުރެވިފައިވާ ޕާކިންގް ސަރަހައްދުތަކާއި، ޒަމާނީ ފެންވަރުގެ ދުވާރުތަކާއި، އަދި މަގުމަތީގެ ސާފު ނިޝާންތައް ގާއިމުކުރެވިގެންދާނެއެވެ.

މި ސަރުކާރުން މާލޭގެ މަގުތަކުގެ ފެންވަރު ރަނގަޅުކޮށް، ތޮއްޖެހުން ކުޑަކުރުމަށް ގެންގުޅުއްވާ ސިޔާސަތުގެ ދަށުން ކުރިއަށްގެންދާ މި މަސައްކަތް ނިމުމުން، މާލޭގެ އުތުރު ފަރާތުގެ މަލަމައްޗަށް ބޮޑު ބަދަލެއް އަންނާނެއެވެ.

މި މަޝްރޫއުގެ ދަށުން މާލޭގެ މަގުތަކުގެ ޓްރެފިކަށް ބޮޑު ބަދަލެއް އަންނާނެއެވެ. އެގޮތުން 500 ސައިކަލަށް ޕާކު ކުރެވޭނެ ޚާއްޞަ ޕާކިންގ ފެސިލިޓީއެއް ގާއިމުކުރެވޭނެއެވެ. ރައީސް ފާހަގަކުރެއްވި ގޮތުގައި، ހަދާފައިވާ އެސެސްމަންޓްތަކުން ދައްކާ ގޮތުގައި މި މަގު ނިމުމުން ބޮޑުތަކުރުފާނު މަގުގެ އިތުރުން، ވަށައިގެންވާ އެހެން މަގުތަކުގެ ތޮއްޖެހުމަށް ވެސް ބޮޑު ލުޔެއް ލިބޭނެއެވެ.

މި ފޭސް ނިމުމާއެކު، ދެން ފެށިގެންދާނީ އެމް.ޕީ.އެލް އިން ފެށިގެން ރަސްފަންނާ ހަމައަށް އޮތް ބޮޑުތަކުރުފާނު މަގުގެ ބައި ހެދުމުގެ މަސައްކަތެވެ. މިއީ މާލޭގެ އެންމެ ބޮޑަށް ހަލާކުވެފައިވާ ސަރަހައްދުކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ މި މަސައްކަތާއެކު މާރުކޭޓް ސަރަހައްދާއި ވިޔަފާރި ބަނދަރާ ދެމެދު ދަތުރުފަތުރު ކުރުމަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ ކަމަށެވެ.

މަގު ފުޅާކުރުމަށްޓަކައި ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދިޔަ ނަމަވެސް، އެކަމުގެ ސަބަބުން ބަނދަރު ބޭނުންކުރާ ފަރާތްތަކަށް އުނދަގުލެއް ނުވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. އަދި ހިއްކާ ސަރަހައްދުގައި ތޮށިލުމުން، އުޅަނދުފަހަރު ކައިރިކުރަން އިތުރު ޖާގަ ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މާލޭގެ ޓްރެފިކް މައްސަލައަށް ދާއިމީ ހައްލެއް ހޯދުމަށް ސަރުކާރުން ގެންގުޅޭ ދިގު ރާސްތާގެ ސްޓްރެޓެޖީއަކީ ބޯހިޔާވަހިކަމާއި އިގްސާދީ ފުރުސަތުތައް ލާމަރުކަޒީކޮށް، މާލެއަށް ބާރުބޮޑުވުން ކުޑަކުރުން ކަމަށް ރައީސް ވިދާޅުވިއެވެ. ރާއްޖޭގެ އާބާދީގެ 40 އިންސައްތަ މީހުން ދިރިއުޅޭ މާލޭގެ މަގުތަކާއި ބޯހިޔާވަހިކަމުގެ ބޭނުންތައް ފުއްދުމަކީ މުޅި ރާއްޖެއަށް ހަމަހަމަ ތަރައްގީ ގެނައުމަށް ގެންގުޅޭ ތަސައްވުރުގެ މުހިންމު ބައެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ބޮޑުތަކުރުފާނު މަގުއެމްޓީސީސީމަގު ތަރައްގީ ކުރުން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މާލެ ތޮއްޖެހި ބާރުވަނީ! ކެރީން ކެޕޭސިޓީއަށްވުރެ 30000 އުޅަނދު އިތުރު!

މާލެ ތޮއްޖެހި ބާރުވަނީ! ކެރީން ކެޕޭސިޓީއަށްވުރެ 30000 އުޅަނދު އިތުރު!

6 ގަޑިއިރު ކުރިން - 15:57

އައު ގާނޫނުގެ ދަށުން 20 އަހަރުވީ އުޅަނދުތައް ނަގާނީ އެކަށީގެންވާ ބަދަލެއް ދިނުމަށްފަހު: މިނިސްޓަރު ސައީދު

މުސްކުޅި ވެހިކަލްތައް ނައްތާލާނީ ބަދަލު ދީފަ: މިނިސްޓަރު ސައީދު

7 ގަޑިއިރު ކުރިން - 15:38

މާލޭގެ ޓްރެފިކް މައްސަލަތައް ހައްލުކުރުމަށްޓަކައި ޓްރެފިކް މޮނިޓަރިން ސެންޓަރެއް ޤާއިމުކުރުމަށް ނިންމައިފި

މާލޭގެ ޓްރެފިކް މައްސަލަ ހައްލުކުރުމަށް ޓްރެފިކް މޮނިޓަރިން ސެންޓަރެއް ހަދަނީ

11 ގަޑިއިރު ކުރިން - 11:45

އަމީނީ މަގުގެ ސެގްމެންޓް 1 ގައި ތާރުއެޅުމުގެ އަމަލީ މަސައްކަތް މި ހަފުތާގައި ފަށަނީ

އަމީނީ މަގުގެ ސެގްމެންޓް 1 ގައި ތާރުއެޅުމް މިހަފްތާގައި ފަށަނީ

1 ދުވަސް ކުރިން - 12:00

މާލޭގެ ކަންކަންމަތީގައި ޕާކުކުރުން ހުއްޓުވުމަށް ރީނދޫ ރޮނގު ދަމަން ފަށައިފި

މާލޭގެ ކަންކަންމަތީގައި ޕާކުކުރުން ހުއްޓުވަން ރީނދޫ ރޮނގު ދަމަން ފަށައިފި

5 ދުވަސް ކުރިން - 10:18

އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް: އޭބީސީ ފަށަލަ އަޅަން ފަށައިފި

އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތުގެ ދަށުން އޭބީސީ ފަށަލަ އަޅަން ފަށައިފި

9 ދުވަސް ކުރިން - 18:45