ސެގްމަންޓް 2 ގައި ރަސްފަންނާ ހަމައަށް ޕޭވްމަންޓް ގައުތައް ނެގުމާއި، ސެގްމަންޓް 1 ގައި ހޮޅިއެޅުމާއި ކޭބަލް ޓްރެންޗްގެ މަސައްކަތް ދަނީ ކުރެވެމުން. އަންނަ ހަފުތާގައި ކޮންކްރީޓް މަސައްކަތް ފެށޭނެ. ޓްރެފިކް ކުޑަކޮށް، ފެންހިންދުމުގެ ނިޒާމު ހަރުދަނާކުރުމަށް ހިންގާ މި މަޝްރޫޢު ނިމުމުން ދަތުރުފަތުރަށް ބޮޑު ލުޔެއް ލިބޭނެ.
23 ދުވަސް ކުރިން - 14:42
ދިވެހި ސަގާފަތާއި ތަރިކަ ދައްކުވައިދޭ ގޮތަށް ބައެއް ގަސްތަކުގެ ބަދަލުގައި ރުއް އިންދި މި މަސައްކަތުގެ މަގްސަދަކީ، އެންމެހައި ރައްޔިތުންނަށް ހިތްފަސޭހަ، ފެހި އަދި ދެމެހެއްޓެނިވި ރީތި މާހައުލެއް ޝަހަރުގެ ތެރޭގައި ގާއިމުކުރުން.
91 ދުވަސް ކުރިން - 18:49
މި ނިޒާމުގެ ސަބަބުން ވިއްސާރަ ދުވަސްވަރު އެ މަގުގައި ފެންބޮޑުވާ މައްސަލައަށް ދާއިމީ ހައްލެއް ލިބި، ދަތުރުފަތުރާއި ވިޔަފާރިތަކަށް ކުރިމަތިވާ ހުރަސްތައް ނެތިގެންދާނެ. މިއީ މާލޭގެ އިންފްރާސްޓްރަކްޗާ ޒަމާނީކޮށް، މޫސުމީ ހާދިސާތަކަށް ތައްޔާރުވުމަށް ކުރެވޭ މުހިންމު މަސައްކަތެއް.
93 ދުވަސް ކުރިން - 16:30
ބޮޑުތަކުރުފާނު މަގުގައި ފެންބޮޑުވާ މައްސަލަ ޙައްލުކުރުމަށް ބަހައްޓާ 3 ޕަމްޕު ސްޓޭޝަންގެ އޯގަސްޓު މަހުގެ 15 ވަނަ ދުވަހުގެ ކުރިން ބަހައްޓައި، ޓެސްޓުކޮށް، ކޮމިޝަންކޮށް ނިންމާނެ. އޭގެކުރިން ވެސް މޫސުން ގޯސްވެ މަގުގައި ފެންބޮޑުވާނަމަ އެމްޓީސީސީން ނުކުމެ ފެން ހިންދުމުގެ ވަގުތީ މަސައްކަތްތައް މެދުކެނޑުމެއްނެތި ކުރާނެ.
108 ދުވަސް ކުރިން - 18:20
މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއު ސިޓީ ކައުންސިލަށް ކުރިއަށް ގެންދެވޭނެ އެއްވެސް މަގެއް އޭރުގެ ސަރުކާރުން ދައްކާފައިނުވާ ކަމަށް ރައީސް ވިދާޅުވި. ނިމިދިޔަ ރޯދަ މަހާ ދިމާކޮށް މާރުކޭޓް ސަރަހައްދުގެ ބޭރު މަގު ހެދުމާއެކު އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިފައިވާ ކަމަށް ރައީސް ވިދާޅުވި.
108 ދުވަސް ކުރިން - 09:10
ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ޒަމާނީ ފެންވަރަށް ތަރައްގީކޮށް ހުޅުވާލުމަކީ މާލޭގެ ތޮއްޖެހުމަށް ލިބުނު ބޮޑު ހައްލެއް. ނަމަވެސް، ކުރީގެ ސަރުކާރުތަކަށް ނުކުރެވުނު މި ބޮޑު މަޝްރޫއު ކުރު މުއްދަތެއްގައި ނިމުމުން، އިދިކޮޅު އެމް.ޑީ.ޕީ އާއި ޔާމީންގެ ސަޕޯޓަރުންނަށް ވަނީ ސިޔާސީ ގޮތުން ބޮޑު މާޔޫސީއަކާ ކުރިމަތިވެފަ.
112 ދުވަސް ކުރިން - 06:23
ރައީސް ވިދާޅުވީ، މާލޭގެ އުތުރު ފަރާތުގެ ބޮޑުތަކުރުފާނުމަގާއި ބަނދަރު ސަރަހައްދު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ދެން އެންމެ އަވަހަށް ފެށިގެންދާނީ އެމްޕީއެލް ސަރަހައްދުން ފެށިގެން ސުނާމީ ބިނާ މައިޒާނާ ހަމައަށް އޮންނަ، ރިންގް ރޯޑުގެ ބާކީ ބައި ތަރައްޤީކުރުމުގެ އަމަލީ މަސައްކަތް ކަމަށް.
113 ދުވަސް ކުރިން - 20:04
ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް ހަތަރު ލޭނަށް ފުޅާކޮށް ތަރައްޤީކޮށްފައިވާ މި ސަރަހައްދަކީ ގާތްގަނޑަކަށް 700 މީޓަރު ދިގު ސަރަހައްދެއް. އެއްގަމު ތޮށީގައި ހުރި ސިޑިތަކުގައި ރެއިލިންގ ހަރުކުރުމުގެ މަސައްކަތް ފަދަ ކުދިކުދި މަސައްކަތްތައް އަދިވެސް ދަނީ ކުރަމުން.
114 ދުވަސް ކުރިން - 16:00
މަގު މާކްކުރުމުގެ މަސައްކަތް 100 އިންސައްތަ ނިމިފައިވާއިރު، ސެގްމަންޓް 2 އަދި 3 ގެ ދުވާރާއި ޕާކިންގ ޒޯންތައް ވަނީ ހަދާ ނިމިފައެވެ. މިހާރު ކުރިއަށްދާ ޕާކިންގ ޒޯން ވަނީ ހަދާ ނިމިފައެވެ. މިހާރު ކުރިއަށްދާ ޕާކިންގ ޒޯން މާކްކުރުމާއި ބައްތި ހަރުކުރުމުގެ މަސައްކަތް މި ހަފުތާގައި ނިމޭނެ.
115 ދުވަސް ކުރިން - 08:54
މި މަޝްރޫއުގެ މުހިންމު ބައިތަކުގެ ތެރޭގައި 500 ސައިކަލުގެ ޕާކިންގް ފެސިލިޓީއަކާއި، މަގު ފުޅާކުރުމަށް ބިން ހިއްކުމުގެ މަސައްކަތް ހިމެނޭ. ރައީސް ފާހަގަކުރެއްވި ގޮތުގައި މި މަގު ނިމުމުން ބޮޑުތަކުރުފާނު މަގުގެ އިތުރުން މާލޭގެ އެހެން މަގުތަކުގެ ތޮއްޖެހުމަށް ބޮޑު ލުޔެއް ލިބޭނެ.
120 ދުވަސް ކުރިން - 16:30
މި މަޝްރޫއުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ފޮރިން މިނިސްޓްރީއާ ހަމައަށް މިހާރު ވަނީ ތާރު އަޅާފަ. އެމްޓީސީސީން ބުނީ މި މަހުގެ 26 ގެ ކުރިން މަސައްކަތް ނިންމައި މަގު ހުޅުވާލާނެ ކަމަށް. މިއީ 144 މިލިއިން ރުފިޔާގެ ބޮޑު މަޝްރޫއެއް.
129 ދުވަސް ކުރިން - 11:14
144.5 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ސަބް-ބޭސް މަސައްކަތް މާދަމާ ފަށާއިރު، އަންނަ ހަފުތާގައި ތާރު އަޅަން ފަށާނެ. މަގު ހަތަރު ލޭނަށް ފުޅާކޮށް، ފެންހިންދާ ނިޒާމާއި ސައިޑްވޯކްތައް ހެދުމުން ބަނދަރު ސަރަޙައްދުގެ ތޮއްޖެހުމަށް ބޮޑު ލުޔެއް ލިބި، ދަތުރުފަތުރުގެ ރައްކާތެރިކަން އިތުރުވާނެ.
137 ދުވަސް ކުރިން - 21:38
ފެނާއި ނަރުދަމާގެ ކަނެކްޝަންތައް ގުޅައި 100 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، މަގުގައި މައި ފެން ހޮޅި އެޅުމުގެ 90 އިންސައްތަ މަސައްކަތް މިހާރު ވަނީ. ނިމިފައި. ދައުލަތުގެ ބަޖެޓުން 144 މިލިއަން ރުފިޔާ ހަރަދުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއެއް.
151 ދުވަސް ކުރިން - 23:11