Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ބޮޑުތަކުރުފާނު މަގުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ބާރުުސްޕީޑުގައި: ތާރު އެޅުމުގެ ތައްޔާރީތައް ފަށަނީ

ބޮޑުތަކުރުފާނު މަގުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ބާރުުސްޕީޑުގައި: ތާރު އެޅުމުގެ ތައްޔާރީތައް ފަށަނީ

ހުސައިން އިސްމާއިލް
57 ދުވަސް ކުރިން - 1 ޖުލައި 2026 21:38
ބޮޑުތަކުރުފާނު މަގުގެ މަސައްކަތް މިހާރު ކުރިއަށްދާ ސެގްމަންޓް.  /ފޮޓޯ: އެމްޓީސީސީ
ބޮޑުތަކުރުފާނު މަގުގެ މަސައްކަތް މިހާރު ކުރިއަށްދާ ސެގްމަންޓް. /ފޮޓޯ: އެމްޓީސީސީ
ޚުލާސާ

144.5 މިލިއަން ރުފިޔާގެ މި މަޝްރޫޢުގެ ސަބް-ބޭސް މަސައްކަތް މާދަމާ ފަށާއިރު، އަންނަ ހަފުތާގައި ތާރު އަޅަން ފަށާނެ. މަގު ހަތަރު ލޭނަށް ފުޅާކޮށް، ފެންހިންދާ ނިޒާމާއި ސައިޑްވޯކްތައް ހެދުމުން ބަނދަރު ސަރަޙައްދުގެ ތޮއްޖެހުމަށް ބޮޑު ލުޔެއް ލިބި، ދަތުރުފަތުރުގެ ރައްކާތެރިކަން އިތުރުވާނެ.

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ބާރު ދުވެލީގައި ކުރިއަށްދާކަމަށާއި، ތާރު އެޅުމުގެ މަސައްކަތަށް ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް ވަމުންދާކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމް.ޓީ.ސީ.ސީ) އިން ހާމަކޮށްފިއެވެ.

މާލޭގެ އުމްރާނީ ތަރައްޤީގެ މި މުހިންމު މަޝްރޫޢުގެ ތާރު އެޅުމަށް ބޭނުންވާ މެޝިނަރީޒް މިހާރު ވަނީ ސައިޓަށް ގެންގޮސްފައެވެ. އެމް.ޓީ.ސީ.ސީ އިން މަޢުލޫމާތު ދޭ ގޮތުގައި، މަގުގެ ސެގްމެންޓް 4 އަދި 5 ގެ ސަބް-ބޭސްގެ މަސައްކަތް މާދަމާ ފެށުމަށް ވަނީ ހަމަޖެހިފައެވެ. އަދި އަންނަ ހަފުތާގެ ތެރޭގައި އެގްރިގޭޓް ބޭސް ކޯސް (ABC) އެޅުމާއި ތާރު އެޅުމުގެ އަމަލީ މަސައްކަތް ފެށޭނެއެވެ.

މީގެ އިތުރުން، މަޝްރޫޢުގެ ތެރޭގައި ހިމެނޭ ޝީޓް ޕައިލް ޖެހުމުގެ ބާކީ ހުރި މަސައްކަތްތައް އަންނަ ހަފުތާގެ ކުރީކޮޅަށް ނިންމާލެވޭނެ ކަމަށް ބެލެވެއެވެ. ހަމައެއާއެކު، ހިނގާ މީހުންނަށް ޚާއްޞަ ސައިޑްވޯކް ހެދުމާއި، ޕާކިންގ ޒޯންތަކުގައި ކާބްސްޓޯން ހަރުކުރުމުގެ މަސައްކަތްވެސް ތާވަލާ އެއްގޮތަށް ދަނީ ކުރިއަށެވެ. އަދި އެއްގަމު ތޮށީގެ ކެޕިންގ ކޮންކްރީޓް މަސައްކަތުގެ އެންމެ ފަހު މަރުޙަލާވެސް އަންނަ ހަފުތާގައި ފެށުމަށް ވަނީ ތައްޔާރުވެފައެވެ.

Advertisement

Advertisement 1

2025 ވަނަ އަހަރު 144.5 މިލިއަން ރުފިޔާއަށް ހަވާލުކުރެވުނު މި މަޝްރޫޢަކީ މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގުގެ 1،088 މީޓަރުގެ ސަރަޙައްދެއް ތަރައްޤީކުރުމުގެ ބޮޑު މަޝްރޫޢެކެވެ. މީގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް މަގު ފުޅާކޮށް، ހަތަރު ލޭނަށް ބަދަލުކުރެވޭނެއެވެ. އަދި ޒަމާނީ ފެންވަރުގެ ސައިޑްވޯކްތަކާއި، ވަރުގަދަ އެއްގަމު ތޮއްޓެއްގެ އިތުރުން، ފެންބޮޑުވުމުގެ މައްސަލައަށް ހައްލެއް ހޯދުމަށްޓަކައި ޒަމާނީ ފެންހިންދާ ނިޒާމެއްވެސް ގާއިމުކުރެވޭނެއެވެ.

މި މަޝްރޫޢުގެ ބައެއް ސަރަޙައްދުތައް މިހާރު ނިމި އާންމުންނަށް ހުޅުވާލާފައިވާއިރު، އޭގެ ސަބަބުން މާލޭގެ މާރުކޭޓު ސަރަޙައްދާއި ބަނދަރު ސަރަޙައްދުގެ ޓްރެފިކް ތޮއްޖެހުމަށް ބޮޑު ލުޔެއް ވަނީ ލިބިފައެވެ. މި މަޝްރޫޢު އެއްކޮށް ނިމުމުން، މާލޭގެ އިޤްތިޞާދީ މަރުކަޒީ ސަރަޙައްދުގައި ދަތުރުފަތުރުކުރުމާއި މުދާ އުފުލުމަށް ބޮޑެތި ފަސޭހަތަކެއް ލިބި، ރައްޔިތުންނަށް ރައްކާތެރި އަދި ފުރިހަމަ އުމްރާނީ ވަސީލަތްތަކެއް ކަށަވަރުވެގެންދާނެއެވެ.

ބޮޑުތަކުރުފާނު މަގުއެމްޓީސީސީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަމީނީމަގު މަރާމާތުކުރުމުގެ މަސައްކަތުގެ ތެރެއިން ފުރަތަމަ ސެގްމެންޓް ނޮވެމްބަރަށް ނިންމަނީ

އަމީނީމަގު ތަރައްގީ ކުރުން: ފުރަތަމަ ސެގްމަންޓުގައި ތާރު އަޅަން ތައްޔާރުވަނީ

1 ދުވަސް ކުރިން - 14:03

އެމްޓީސީސީގެ "ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2026": 86 ޒުވާނުންނަށް 8,000ރ. ގެ އެލަވަންސާއެކު ތަމްރީނުގެ ފުރުސަތު!

އެމްޓީސީސީ އިން 86 ޒުވާނުންނަށް 8,000ރ. ގެ އެލަވަންސާއެކު ތަމްރީނުގެ ފުރުސަތު!

1 ދުވަސް ކުރިން - 16:19

އެމްޓީސީސީއަށް 2025 ވަނަ އަހަރު ބޮޑު ކުރިއެރުމެއް: ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާ %88 އިތުރުވެ 84.83 މިލިއަން ރުފިޔާއަށް އަރައިފި

މިދިޔަ އަހަރު އެމްޓީސީސީއަށް ސާފު ފައިދާ 84 މިލިއަން ރުފިޔާއަށް އަރައިފި

4 ދުވަސް ކުރިން - 14:09

މާފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 83 އިންސައްތަ މަސައްކަތް ނިމިއްޖެ

މާފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 83 އިންސައްތަ މަސައްކަތް ނިމިއްޖެ

4 ދުވަސް ކުރިން - 18:22

އެމްޓީސީސީން 800 މަޝްރޫއު އެބަ ހިންގާ، މިވަގުތު ތިބީ ދާއިމީ އެންމެ 2500 މުވައްޒަފުން

އެމްޓީސީސީން 800 މަޝްރޫއު، އަދި ތިބީ 2500 ދާއިމީ މުވައްޒަފުން: އެމްޓީސީސީ

8 ދުވަސް ކުރިން - 11:11

ރ. މާކުރަތު ބަނދަރު ތަރައްގީކުރުމުގެ މަސައްކަތުގެ 60 އިންސައްތަ ނިންމާލައިފި

ރ. މާކުރަތު ބަނދަރުގެ 60 އިންސައްތަ މަސައްކަތް ނިންމާލައިފި

10 ދުވަސް ކުރިން - 10:53