Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޗާލު ނަލަނަލަ ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްގީކުރި ސަރަހައްދު އާންމުންނަށް ހުޅުވާލައިފި

ޗާލު ނަލަނަލަ ބޮޑުތަކުރުފާނު މަގުގެ އަލަށް ތަރައްގީކުރި ސަރަހައްދު އާންމުންނަށް ހުޅުވާލައިފި

އައިޝަތު ރުވާ ރިފްޢަތު
9 ގަޑިއިރު ކުރިން - 24 ޖުލައި 2026 16:00
ބޮޑު ތަކުރުފާނު މަގުގެ އަލަށް ތަރައްގީކުރި ސަރަހައްދުގައި ރުއް އިންދާފައި. / ފޮޓޯ: އެމްޓީސީސީ
ބޮޑު ތަކުރުފާނު މަގުގެ އަލަށް ތަރައްގީކުރި ސަރަހައްދުގައި ރުއް އިންދާފައި. / ފޮޓޯ: އެމްޓީސީސީ
ޚުލާސާ

ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް ހަތަރު ލޭނަށް ފުޅާކޮށް ތަރައްޤީކޮށްފައިވާ މި ސަރަހައްދަކީ ގާތްގަނޑަކަށް 700 މީޓަރު ދިގު ސަރަހައްދެއް. އެއްގަމު ތޮށީގައި ހުރި ސިޑިތަކުގައި ރެއިލިންގ ހަރުކުރުމުގެ މަސައްކަތް ފަދަ ކުދިކުދި މަސައްކަތްތައް އަދިވެސް ދަނީ ކުރަމުން.

މާލޭގެ ބޮޑުތަކުރުފާނު މަގުން އަލަށް ތަރައްޤީކުރި ސަރަހައްދު ރަސްމީކޮށް އާންމުންނަށް މިއަދު ހުޅުވާލައިފިއެވެ.

މި މަޝްރޫޢުގެ ކޮންޓްރެކްޓަރ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފައިވާ ގޮތުގައި، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން އިއްޒުއްދީން ފާލަމާ ހަމައަށް ހަތަރު ލޭނަށް ފުޅާކޮށް ތަރައްގީކޮށްފައިވާ މި ސަރަހައްދު މިއަދު ހަވީރުން ފެށިގެން އާންމު ދަތުރުފަތުރަށް ވަނީ ހުޅުވާލާފައެވެ. މިއީ ގާތްގަނޑަކަށް 700 މީޓަރުގެ ދިގު ސަރަހައްދެކެވެ.

މަގު ހުޅުވާލި ނަމަވެސް، ބައެއް ކުދިކުދި މަސައްކަތްތައް އަދިވެސް ކުރިއަށްދާނެ ކަމަށް އެމްޓީސީސީން ބުނެއެވެ. އެގޮތުން އެއްގަމު ތޮށީގައި ހުރި ސިޑިތަކުގައި ރެއިލިންގ ހަރުކުރުމުގެ މަސައްކަތާއި، މި ސިޑިތައް ފާހަގަކުރުމުގެ ގޮތުން ރަތްކުލައިގެ ދަވާދުލާފައިވާ ކާބް ސްޓޯން ސިޑިކައިރީގައި ބެހެއްޓުމުގެ މަސައްކަތް މިހާރުވެސް ދަނީ ކުރަމުންނެވެ.

Advertisement

Advertisement 1

މި މަޝްރޫއުގެ އެންމެ ފާހަގަކޮށްލެވޭ އެއް ކަމަކީ މަގު ފެހިކުރުމަށް ދީފައިވާ ހާއްސަ އިސްކަމެވެ. ބައެއް ވުޒާރާތަކާއި ދައުލަތުގެ ކުންފުނިތައް ގުޅިގެން އެ ސަރަހައްދުގައި ގަސް އިންދުމުގެ ހަރަކާތްތަކެއް ކުރިއަށްގެންގޮސްފައިވާއިރު، އެއްގަމު ތޮށި ކައިރީގައި ދިވެހި ރުށް އިންދާފައިވުމުން ގިނަ ބައެއްގެ ތައުރީފު ވަނީ ލިބިފައެވެ. ވަކިން ހާއްސަކޮށް ރައީސް އޮފީސް ކުރިމަތިން އޮތް ސަރަހައްދުގައި ދިވެހި ރުށް އިންދާފައިވުމަކީ މަގުގެ ރީތިކަން އިތުރުވެގެންދިޔަ ކަމެކެވެ.

އެމްޓީސީސީން ވިދާޅުވި ގޮތުގައި، ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން މާލެ ނޯތު ހާބަރާ ހަމައަށް މިހާތަނަށް މުޅިއެކު 3,100 އަށްވުރެ ގިނަ ގަސް ވަނީ އިންދައިފައެވެ. ރުކުގެ އިތުރުން ހޭޅިފަށުގައި ހެދޭ ޒާތުގެ ގަސްތަކާއި ރީތި ބަގީޗާ މާގަސްތަކުން މަގުގެ އެއްގަމު ތޮށި ސަރަހައްދު ވަނީ ޒީނަތްތެރިކޮށްފައެވެ.

މީގެ ތިން މަހެއްހާ ދުވަސް ކުރިން މަސައްކަތް ފެށި މި މަޝްރޫއަކީ ފަޅުތެރެއިން ބައެއް ހިއްކައިގެން މަގު ފުޅާކުރުމަށްފަހު ތާރު އަޅައިގެން ކުރިއަށްގެންދިޔަ މަޝްރޫއެކެވެ. މަގުގެ މި ސަރަހައްދުގައި ޕާކްކުރުން މަނާކޮށްފައިވާއިރު، ބޭންކް އޮފް މޯލްޑިވްސް ކުރިމަތީގައި 500 ސައިކަލުގެ ޖާގައިގެ ޕާކިންގ ޒޯނެއް ގާއިމުކޮށް މިހާރު ވަނީ ބޭނުންކުރަން ފަށާފައެވެ.

އެމްޓީސީސީބޮޑުތަކުރުފާނު މަގުމަގު ތަރައްގީ ކުރުން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމަކާ ގާތަށް

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމަކާ ގާތަށް

1 ދުވަސް ކުރިން - 08:54

ބުނި ތާރީހަށްވުރެ ކުރިން ނައިފަރު ބިން ހިއްކައި ނިންމާލައިފި

ބުނި ތާރީހަށްވުރެ ކުރިން ނައިފަރު ބިން ހިއްކައި ނިންމާލައިފި

2 ދުވަސް ކުރިން - 11:30

މާލޭ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމަކާ ގާތަށް

ބޮޑުތަކުރުފާނު މަގު ހެދުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމަކާ ގާތަށް

6 ދުވަސް ކުރިން - 16:30

ކުރިން ކޮށްފައިވާ ދަތުރުތަކާ ގުޅޭ ޕޭމަންޓް ނޮޓިފިކޭޝަންތަކެއް ލިބުމަކީ އެކަށީގެންވާ ކަމެއް: އެމްޓީސީސީ

ކުރީގެ ދަތުރުތަކާ ގުޅޭ ޕޭމަންޓް ނޮޓިފިކޭޝަންތަކެއް ލިބުމަކީ އެކަށީގެންވާ ކަމެއް: އެމްޓީސީސީ

7 ދުވަސް ކުރިން - 21:11

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއު 2027 ގެ ކުރީކޮޅު ފެށޭނެ: ރައީސް

"މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއު 2027ގައި ފެށޭނެ"

7 ދުވަސް ކުރިން - 16:01

ތ. ބުރުނީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ 96 އިންސައްތަ މަސައްކަތް ނިމިއްޖެ

ބުރުނީ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއުގެ 96 އިންސައްތަ މަސައްކަތް ނިމިއްޖެ

9 ދުވަސް ކުރިން - 10:20