Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މާލޭގެ މަގުތައް ތަރައްގީ ކުރަން މޭޔަރު ކަމުގައި ވެސް މަސައްކަތް ކުރިން، ނަމަވެސް އޭރުގެ ސަރުކާރުން ވަނީ ހުރަސްއަޅާފަ: ރައީސް

މާލޭގެ މަގުތައް ތަރައްގީ ކުރަން މޭޔަރު ކަމުގައި ވެސް މަސައްކަތް ކުރިން، ނަމަވެސް އޭރުގެ ސަރުކާރުން ވަނީ ހުރަސްއަޅާފަ: ރައީސް

އައިޝަތު ރުވާ ރިފްޢަތު
49 ދުވަސް ކުރިން - 30 ޖުލައި 2026 09:10
ނޭޝަން ޗެޓް ޕްރޮގްރާމުގައި ރައީސް ވާހަކަފުޅުދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ނޭޝަން ޗެޓް ޕްރޮގްރާމުގައި ރައީސް ވާހަކަފުޅުދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މާލޭގެ މަގުތައް ހެދުމުގެ މަޝްރޫއު ސިޓީ ކައުންސިލަށް ކުރިއަށް ގެންދެވޭނެ އެއްވެސް މަގެއް އޭރުގެ ސަރުކާރުން ދައްކާފައިނުވާ ކަމަށް ރައީސް ވިދާޅުވި. ނިމިދިޔަ ރޯދަ މަހާ ދިމާކޮށް މާރުކޭޓް ސަރަހައްދުގެ ބޭރު މަގު ހެދުމާއެކު އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިފައިވާ ކަމަށް ރައީސް ވިދާޅުވި.

މާލޭގެ މަގުތައް ތަރައްގީ ކުރުމަށް އެމަނިކުފާނު މާލޭ ސިޓީގެ މޭޔަރުކަމުގައި ހުންނެވި ދުވަސްވަރު ގިނަ މަސައްކަތްތަކެއް ކުރެއްވި ނަމަވެސް، އޭރު އޮތް އެމްޑީޕީގެ ސަރުކާރުން އެކަމަށް ހުރަސްއަޅާފައިވާ ކަމަށް ރއީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ސަރުކާރުން ކުރިއަށްގެންދާ "ނޭޝަން ޗެޓް" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ފާހަގަކުރެއްވި ގޮތުގައި މާލޭގެ ރިންގް ރޯޑްގެ ފުރަތަމަ މަރުހަލާ ކުރިއަށް ގެންދިޔައީ ރައީސް ޔާމީނުގެ ސަރުކާރުގައި އެމަނިކުފާނު ހައުސިންގ މިނިސްޓަރަކަށް ހުންނެވި އިރުގައެވެ. ނަމަވެސް، ޖެހިގެން އައި އެމްޑީޕީ ސަރުކާރުން އެ މަޝްރޫއު ކުރިއަށް ނުގެންގޮސް ބާއްވާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މޭޔަރުކަމުގައި ހުންނަވައިގެން ކުރެއްވި މަސައްކަތްތަކާ ގުޅޭގޮތުން ރައީސް ވިދާޅުވީ، މާލޭ ސިޓީ ކައުންސިލާއެކު އާރުޑީސީން މަގުތައް ހެދުމަށް އެގްރީމަންޓެއްގައި ސޮއި ކުރެވުނު ކަމަށެވެ. އެހެންނަމަވެސް، ސިޓީ ކައުންސިލަށް އެންގުމަކާ ނުލާ އެ މަސައްކަތް ކުރިއަށް ނުގެންދެވޭ ގޮތަށް އޭރުގެ ސަރުކާރުން ހުއްޓާލީ ކަމަށާއި، އެ މަޝްރޫއު ސިޓީ ކައުންސިލަށް ކުރިއަށް ގެންދެވޭނެ އެއްވެސް މަގެއް އޭރުގެ ސަރުކާރުން ދައްކާފައިނުވާ ކަމަށް ރައީސް ވިދާޅުވިއެވެ. އަދި ނިމިގެންދިޔަ ސަރުކާރުން އަމީނީ މަގު ހެދުމުގެ މަސައްކަތް ކޮންމެވެސް ވަރަކަށް ކުރިއަށް ގެންދިޔަ ނަމަވެސް، މަޝްރޫއު ނުނިމެނީސް ސަރުކާރު ބަދަލުވެގެންދިޔައީ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

Advertisement

Advertisement 1

މި ސަރުކާރުން މަގުތައް ތަރައްގީ ކުރުމަށް ކުރަމުންދާ މަސައްކަތްތަކަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، ނިމިދިޔަ ރޯދަ މަހާ ދިމާކޮށް މާރުކޭޓް ސަރަހައްދުގެ ބޭރު މަގު ހެދުމާއެކު އެ ސަރަހައްދު ބޭނުންކުރާ ފަރާތްތަކަށް ބޮޑެތި ފަސޭހަތަކެއް ލިބިފައިވާ ކަމަށެވެ. އަދި ދާދި ފަހުން ނަސަންދުރާ ހަމައިން ގޮސް އިއްޒުއްދީން ފާލަމާ ހިސާބަށް އޮތް ބައި ނިމުމާއެކު، އެ ސަރަހައްދުގައި ހުރި އޮފީސްތަކާއި ބޭންކުތަކަށް ދާ ފަރާތްތަކަށްވެސް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެން ގޮސްފައިވާ ކަމަށް ރައީސް ވިދާޅުވިއެވެ.

"މި ތަރައްގީ ކުރެވުނު ބަޔާއެކު މާލޭގެ އެތެރޭގެ މަގުތަކަށް ބާރު ކުޑަވެ ލުއި ވެގެންދާނެ. ބޭރު މަގު ވަށައިގެން ފަސޭހަކަމާއެކު ދަތުރުކުރެވެންޏާ އެތެރޭގެ މަގުތައް ބޭނުން ކުރާ މިންވަރު މަދުވެގެންދާނެ. އެ ފަސޭހަ ރައްޔިތުން މިހާރު އިހުސާސް ކުރައްވަމުން އެބަގެންދަވާ،"
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު

ރައީސްގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، މި ސަރުކާރުގެ އަމާޒަކީ މާލޭގެ މަގުތަކަކީ ހިނގާބިނގާވެ އުޅުމަށާއި ދަތުރުފަތުރު ކުރުމަށް އަމާން އަދި ފަސޭހަ މަގުތަކަކަށް ހެދުން ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުމަގު ތަރައްގީ ކުރުންބޮޑުތަކުރުފާނު މަގުމާލެ ސިޓީ ކައުންސިލްއެމްޑީޕީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

2028 ގައި ވާދަކުރައްވަން ރައީސް މުއިއްޒުގެ އަރިހުން ރަސްމީކޮށް ރައްޔިތުން އެދިއްޖެ

2028ގެ އިންތިހާބުގައި ވާދަކުރައްވަން ރައީސް ޑރ.މުއިއްޒުގެ އަރިހުން ރަސްމީކޮށް ރައްޔިތުން އެދިއްޖެ

19 ގަޑިއިރު ކުރިން - 12:27

ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން ވަރލްޑް ބޭންކުން ދީފި

ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދިނުމުގައި ދެމިތިބޭނެ ކަމުގެ ޔަގީންކަން ވަރލްޑް ބޭންކުން ދީފި

1 ދުވަސް ކުރިން - 14:10

ވިޔަފާރީގެ އާ ފުރުސަތުތަކެއް ހުޅުވާލައި، ރާއްޖެއާއި މެލޭޝިއާއިން ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަކަށް މަޝްވަރާކުރަނީ

ރާއްޖެއާއި މެލޭޝިއާއިން ޕްރިފަރެންޝަލް ޓްރޭޑް އެގްރީމެންޓަކަށް މަޝްވަރާކުރަނީ

2 ދުވަސް ކުރިން - 14:12

މެލޭޝިއާގެ ބޮޑުވަޒީރު އަންވަރު އިބްރާހީމަށް ރާއްޖެއިން ރަސްމީ އިއްޒަތުގައި މަރުހަބާ ދަންނަވައިފި

މެލޭޝިއާގެ ބޮޑުވަޒީރަށް ރަސްމީ އިއްޒަތުގައި މަރުހަބާ ދަންނަވައިފި

2 ދުވަސް ކުރިން - 11:34

ދުލުން ދޭ ނަސޭހަތާއި އަމަލު އެއްގޮތްކުރުމަށް ޒުވާން ހަތީބުންނަށް ރައީސް އިލްތިމާސްކުރައްވައިފި

ދުލުން ދޭ ނަސޭހަތާއި އަމަލު އެއްގޮތްކުރުމަށް ޒުވާން ހަތީބުންނަށް ރައީސް އިލްތިމާސްކުރައްވައިފި

3 ދުވަސް ކުރިން - 23:46

ވަގުފުތަކާއި މިސްކިތްތައް ބެލެހެއްޓުމަށް "މޯލްޑިވްސް އައުގާފް އިންވެސްޓްމަންޓްސް" ގެ ނަމުގައި ރައީސް ކުންފުންޏެއް އުފައްދަވައިފި

"މޯލްޑިވްސް އައުޤާފް އިންވެސްޓްމަންޓްސް" ގެ ނަމުގައި ކުންފުންޏެއް އުފައްދައިފި

4 ދުވަސް ކުރިން - 12:23