Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމަކާ ގާތަށް

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތް ނިމުމަކާ ގާތަށް

އައިޝަތު ރުވާ ރިފްޢަތު
48 ދުވަސް ކުރިން - 23 ޖުލައި 2026 08:54
މަގު ނިންމުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަނީ. / ފޮޓޯ: އެމްޓީސީސީ
މަގު ނިންމުމުގެ އެންމެ ފަހުގެ މަސައްކަތްތައް ކުރަނީ. / ފޮޓޯ: އެމްޓީސީސީ
ޚުލާސާ

މަގު މާކްކުރުމުގެ މަސައްކަތް 100 އިންސައްތަ ނިމިފައިވާއިރު، ސެގްމަންޓް 2 އަދި 3 ގެ ދުވާރާއި ޕާކިންގ ޒޯންތައް ވަނީ ހަދާ ނިމިފައެވެ. މިހާރު ކުރިއަށްދާ ޕާކިންގ ޒޯން ވަނީ ހަދާ ނިމިފައެވެ. މިހާރު ކުރިއަށްދާ ޕާކިންގ ޒޯން މާކްކުރުމާއި ބައްތި ހަރުކުރުމުގެ މަސައްކަތް މި ހަފުތާގައި ނިމޭނެ.

މާލޭގެ އުތުރު ފަރާތު ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމަށް އެމް.ޓީ.ސީ.ސީ އާ ހަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫއުގެ ފުރަތަމަ ފިޔަވަހީގެ މަސައްކަތްތައް ނިމުމަކާ ގާތްވެފައިވާކަން އެ ކުންފުނިން ހާމަކޮށްފިއެވެ.

މި މަޝްރޫއުގެ ތެރެއިން މިހާރު އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވަނީ މަގުގައި ކުރަހަންޖެހޭ ޓްރެފިކް ނިޝާންތަކުގެ މަސައްކަތަށެވެ. އެމް.ޓީ.ސީ.ސީ އިން މައުލޫމާތު ދޭ ގޮތުގައި، މަގު މާކް ކުރުމުގެ ހުރިހާ މަސައްކަތެއް މިހާރު ވަނީ 100 އިންސައްތަ ފުރިހަމަކޮށްފައެވެ.

މީގެ އިތުރުން، މި މަޝްރޫއުގެ ދެވަނަ އަދި ތިންވަނަ ސެގްމަންޓްގެ ޕާކިންގ ޒޯންތަކާއި ދުވާރު ހެދުމުގެ މަސައްކަތްވެސް ވަނީ ކާމިޔާބުކަމާއެކު ނިންމާލާފައެވެ. އަދި އެ ސަރަހައްދުތަކުގައި ކުރަންޖެހޭ އެންމެ ފަހުގެ ފިނިޝިންގ މަސައްކަތްތައް މިއަދުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް އެ ކުންފުނިން ލަފާކުރެއެވެ.

Advertisement

Advertisement 1

މިހާރު ކުރިއަށްދާ މަސައްކަތްތަކަށް ބަލާއިރު، ޕާކިންގ ޒޯންތަކުގައި ރޮނގު ދެމުމާއި، މަގުބައްތި ހަރުކުރުމުގެ މަސައްކަތްތައް ހަލުވިކަމާއެކު ކުރިއަށްދެއެވެ. އެމް.ޓީ.ސީ.ސީ އިން ހާމަކުރި ގޮތުގައި މި މަސައްކަތްތައް މި ހަފުތާގެ ތެރޭގައި އެއްކޮށް ނިންމާލެވޭނެއެވެ.

މިއީ މާލޭގެ އުތުރު ފަރާތުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އިސްކަންދީގެން ކުރިއަށްގެންދާ މުހިންމު މަޝްރޫއެކެވެ. މި މަޝްރޫއު ނިމުމުން ބޮޑުތަކުރުފާނު މަގުގެ އުތުރު ފަރާތް ބޭނުންކުރާ ފަރާތްތަކަށް ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެއެވެ.

ބޮޑުތަކުރުފާނު މަގުއެމްޓީސީސީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އަމީނީ މަގުގެ ސެގްމެންޓް 1 ގައި ތާރުއެޅުމުގެ އަމަލީ މަސައްކަތް މި ހަފުތާގައި ފަށަނީ

އަމީނީ މަގުގެ ސެގްމެންޓް 1 ގައި ތާރުއެޅުމް މިހަފްތާގައި ފަށަނީ

1 ދުވަސް ކުރިން - 12:00

އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް: އޭބީސީ ފަށަލަ އަޅަން ފަށައިފި

އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތުގެ ދަށުން އޭބީސީ ފަށަލަ އަޅަން ފަށައިފި

9 ދުވަސް ކުރިން - 18:45

އަމީނީމަގު މަރާމާތުކުރުމުގެ މަސައްކަތުގެ ތެރެއިން ފުރަތަމަ ސެގްމެންޓް ނޮވެމްބަރަށް ނިންމަނީ

އަމީނީމަގު ތަރައްގީ ކުރުން: ފުރަތަމަ ސެގްމަންޓުގައި ތާރު އަޅަން ތައްޔާރުވަނީ

13 ދުވަސް ކުރިން - 14:03

އެމްޓީސީސީގެ "ހުނަވަރު އެޕްރެންޓިސްޝިޕް ޕްރޮގްރާމް 2026": 86 ޒުވާނުންނަށް 8,000ރ. ގެ އެލަވަންސާއެކު ތަމްރީނުގެ ފުރުސަތު!

އެމްޓީސީސީ އިން 86 ޒުވާނުންނަށް 8,000ރ. ގެ އެލަވަންސާއެކު ތަމްރީނުގެ ފުރުސަތު!

14 ދުވަސް ކުރިން - 16:19

އެމްޓީސީސީއަށް 2025 ވަނަ އަހަރު ބޮޑު ކުރިއެރުމެއް: ޓެކުހަށް ކެނޑުމަށްފަހު ސާފު ފައިދާ %88 އިތުރުވެ 84.83 މިލިއަން ރުފިޔާއަށް އަރައިފި

މިދިޔަ އަހަރު އެމްޓީސީސީއަށް ސާފު ފައިދާ 84 މިލިއަން ރުފިޔާއަށް އަރައިފި

16 ދުވަސް ކުރިން - 14:09

މާފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 83 އިންސައްތަ މަސައްކަތް ނިމިއްޖެ

މާފުށީ ބަނދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ 83 އިންސައްތަ މަސައްކަތް ނިމިއްޖެ

17 ދުވަސް ކުރިން - 18:22