Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

އަމީނީ މަގު މަރާމާތުކުރުމުގެ މަޝަރޫއުގެ ދަށުން ސެގްމެންޓް 3 ގެ މަސައްކަތް ނިމުމަކާ ގާތަށް

އައިޝަތު އިމްސާ
އައިޝަތު އިމްސާ
4 ގަޑިއިރު ކުރިން - 26 އޮކްޓޫބަރު 2026 09:29
އަމީނީ މަގު ސެގްމެންޓު 3----
އަމީނީ މަގު ސެގްމެންޓު 3----
ޚުލާސާ

ސެގްމެންޓް 3 ހުލުވުމުގެ ކުރިން މަގުމަތީ ނިޝާންތައް ކުރަހާ، ގުޅިފައިވާ ކަންމަތިތަކުގައި (ޖަންކްޝަންތަކުގައި) ކޮންކްރީޓް ކުރުމުގެ މަސައްކަތް ކުރަނީ. ސެގްމެންޓު 3 ނިމުމުން ސެގްމެންޓް 4ގެ މަސައްކަތް ފަށާނެ ކަމަށް ހާމަކުރި. މި މަޝްރޫއަކީ މާލޭގެ މަގުތަކުގެ ފެންވަރު ރަނގަޅުކުރުމަށް ހިންގޭ މުހިންމު މަޝްރޫއެއް.

އަމީނީ މަގު މަރާމާތު ކުރުމަށް ކުރިއަށްގެންދާ ބޮޑު މަޝްރޫޢުގެ ދަށުން، ތިންވަނަ ސެގްމަންޓުގެ މަސައްކަތްތައް ނިމުމަކާ ގާތްވެފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ. އަމީނީ މަގުގައި ހަލާކުވެފައިވާ ސަރަހައްދުތައް ޒަމާނީ ފެންވަރަށް ރަނގަޅުކުރުމަށްޓަކައި ކުރިއަށްގެންދާ މި މަޝްރޫއުގެ ސެގްމަންޓް 3 ގެ މަސައްކަތްތައް އެމްޓީސީސީން ފަށާފައިވަނީ މި އޮކްޓޫބަރު މަހުގެ 4 ވަނަ ދުވަހުއެވެ. މި ސެގްމަންޓުގައި ހިމެނެނީ އިއްޒުއްދީން މަގާ ހަމައިން ފެށިގެން ކޯރުކެނޑި ހިނގުމާ ހަމައަށް އޮންނަ ސަރަހައްދެވެ.

މި ސެގްމަންޓުގެ މަސައްކަތްތަކުގެ ތަފްސީލު ދެއްވަމުން އެމްޓީސީސީން ބުނީ، ކުރިން އަޅާފައިވާ ތާރުގެ ތެރެއިން 1924.77 އަކަމީޓަރުގެ ސަރަހައްދެއްގެ ތާރު ނެގުމަށްފަހު، އަލުން އޭބީސީ ފަށަލަ އަޅައި، ތާރު އެޅުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށް ގެންދެވުނު ކަމުގައިއެވެ. އަދި މިހާރު ކުރިއަށްދަނީ މަގުމަތީގެ ނިޝާންތައް ކުރެހުމުގެ މަސައްކަތުގެ އެންމެ ފަހުގެ މަރުހަލާގެ މަސައްކަތްތަކެވެ. މީގެއިތުރުން، މަގުގެ ޖަންކްޝަންތަކުގައި ކޮންކްރީޓް އެޅުމުގެ މަސައްކަތްތައްވެސް ނިމުމަކާ ގާތްވެފައިވާއިރު، ސެގްމަންޓް 3 އާންމުންނަށް ހުޅުވާލުމުގެ އެންމެ ފަހުގެ ތައްޔާރީތައް އަންނަނީ ވަމުންނެވެ.

މި މަޝްރޫއުގެ ދަށުން ކުރިން ކުރެވުނު މަސައްކަތްތަކަށް ބަލާއިރު، ސެގްމަންޓް 1 އަދި ސެގްމަންޓް 2 ގެ މަސައްކަތްތައް އެއްކޮށް ނިންމައި ވަނީ އާންމުންނަށް ހުޅުވާލާފައެވެ. އެއީ ދިވެހިރާއްޖޭގެ އަޑުން ފެށިގެން ދަރުމަވަންތަ ހޮސްޕިޓަލާ ހަމައަށް އޮތް ސަރަހައްދުގެ އިތުރުން، ދިވެހިރާއްޖޭގެ އަޑު ކުރިމަތިން އޮންނަ ހަތަރުއަނގޮޅި ކަންމައްޗެވެ. މި ދެ ސެގްމަންޓުގެ މަސައްކަތް ނިމި ބޭނުންކުރަން ފެށުމާއެކު އެ ސަރަހައްދުގެ ދަތުރުފަތުރަށް ބޮޑު ލުޔެއް ލިބިގެންދިޔައެވެ.

Advertisement

Advertisement 1

ކުރިއަށް ހުރި މަސައްކަތްތަކަށް ބަލާއިރު، ތިންވަނަ ސެގްމަންޓުގެ މަސައްކަތް ނިމި އާންމުންނަށް ހުޅުވާލުމާއެކު، ސެގްމަންޓް 4 ގެ މަސައްކަތް ފެށުމަށް ވަނީ ތައްޔާރުވެފައެވެ. ސެގްމަންޓް 4 ގެ ތެރޭގައި ހިމެނެނީ ކޯރުކެނޑި ހިނގުމުން ފެށިގެން ގިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލާ ހަމައަށް އޮންނަ ސަރަހައްދެވެ. މި ސެގްމަންޓުގެ މަސައްކަތްވެސް ތާވަލާ އެއްގޮތަށް ކުރިއަށް ގެންދިއުމަށް އެމްޓީސީސީން ރާވާފައިވެއެވެ.

އަމީނީ މަގުގެ އިންފްރާސްޓްރަކްޗަރ މުޅިން ނިމި، މުޅި މަގު ޒަމާނީ ފެންވަރަށް ތަރައްގީކޮށް ނިމުމުން، މާލޭގައި ދިރިއުޅޭ ރައްޔިތުންނަށާއި މަގު ބޭނުންކުރާ ފަރާތްތަކަށް ދަތުރުފަތުރު ކުރުމުގައި ބޮޑެތި ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް އެމްޓީސީސީން ފާހަގަކުރެއެވެ. މި މަޝްރޫއަކީ މާލޭގެ މަގުތަކުގެ ފެންވަރު ރަނގަޅުކުރުމަށް ހިންގޭ މުހިންމު މަޝްރޫއެކެވެ.

އެމްޓީސީސީމަގު ތަރައްގީ ކުރުންއަމީނީ މަގު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ފޭސް 3 ގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދަނީ

ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ ފޭސް 3 ގެ މަސައްކަތް ހަލުވިކަމާއެކު ކުރިއަށްދަނީ

2 ދުވަސް ކުރިން - 14:42

ފެންބޮޑުވުމާ ގުޅިގެން އެމްޓީސީސީން މާލެ ސަރަހައްދުން 368 ޓަނުގެ ފެން ހިންދައިފި

ފެންބޮޑުވުމާ ގުޅިގެން އެމްޓީސީސީން މާލެ ސަރަހައްދުން 368 ޓަނުގެ ފެން ހިންދައިފި

4 ދުވަސް ކުރިން - 11:13

އަމީނީ މަގު ސެގްމެންޓު 3 ގައި ތާރު އެޅުން މާދާމާ!

އަމީނީ މަގު ސެގްމެންޓު 3 ގައި ތާރު އެޅުން މާދާމާ!

6 ދުވަސް ކުރިން - 18:57

ފިންގަރ ޖެޓީ މަޝްރޫއުގެ ތަނބުތައް ޖެހުމުގެ މަސައްކަތް އަންނަ ހަފްތާގައި ނިމޭނެ

ފިންގަރ ޖެޓީ މަޝްރޫއުގެ ތަނބުތައް ޖެހުމުގެ މަސައްކަތް އަންނަ ހަފްތާގައި ނިމޭނެ

8 ދުވަސް ކުރިން - 17:15

ފެނަކަ އަދި އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރުން މަގާމުން ވަކިކޮށްފި

ފެނަކަ އަދި އާރްޑީސީގެ މެނޭޖިންގ ޑިރެކްޓަރުން މަގާމުން ވަކިކޮށްފި

11 ދުވަސް ކުރިން - 10:03

"ޕްރިޒަމް އެންޑް އިގްނައިޓް 2026" ކޮންފަރެންސްގައި އެމްޓީސީސީގެ އިސް ވަފުދަކުން ބައިވެރިވެއްޖެ

"ޕްރިޒަމް އެންޑް އިގްނައިޓް 2026" ކޮންފަރެންސްގައި އެމްޓީސީސީގެ އިސް ވަފުދަކުން ބައިވެރިވެއްޖެ

11 ދުވަސް ކުރިން - 20:49