Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ޕީއެމްއައި މެލޭޝިއާއިން ބޭއްވި "ޕްރިޒަމް އެންޑް އިގްނައިޓް 2026" ކޮންފަރެންސްގައި އެމްޓީސީސީގެ އިސް ވަފުދަކުން ބައިވެރިވެއްޖެ

އައިޝަތު ރުވާ ރިފްޢަތު
6 ގަޑިއިރު ކުރިން - 14 އޮކްޓޫބަރު 2026 20:49
"ޕްރިޒަމް އެންޑް އިގްނައިޓް 2026" ކޮންފަރެންސްގައި އެމްޓީސީސީގެ ބައެއް ވެރިން ބައިވެރިވުން. / ފޮޓޯ: އެމްޓީސީސީ
"ޕްރިޒަމް އެންޑް އިގްނައިޓް 2026" ކޮންފަރެންސްގައި އެމްޓީސީސީގެ ބައެއް ވެރިން ބައިވެރިވުން. / ފޮޓޯ: އެމްޓީސީސީ
ޚުލާސާ

ރޮޖެކްޓް މެނޭޖްމަންޓްގެ މާހިރުން ބައިވެރިވި މި ބައްދަލުވުމުގައި، ލީޑަރޝިޕާއި، ޑިޖިޓަލް ބަދަލުތަކާއި، ދެމެހެއްޓެނިވި ތަރައްޤީއާ ގުޅޭގޮތުން މަޝްވަރާކުރެވުނު. މި ބައިވެރިވުމުގެ ސަބަބުން އެމްޓީސީސީގެ ޕްރޮޖެކްޓް ގަވަރނަންސް ހަރުދަނާވެ، މަޝްރޫއުތައް ފުރިހަމަކަމާއެކު ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް އިތުރު ބާރެއް ލިބިގެންދާނެ.

ޕީއެމްއައި މެލޭޝިއާގެ ފަރާތުން އިންތިޒާމުކޮށްގެން، މި އޮކްޓޫބަރު މަހުގެ 12 އިން 13 އަށް ކުއާލަ ލަމްޕޫރުގައި ބޭއްވި "ޕްރިޒަމް އެންޑް އިގްނައިޓް 2026" ކޮންފަރެންސްގައި އެމްޓީސީސީގެ ޗެއާޕާސަން އަލްފާޟިލާ ސާދާ އިބްރާހީމް އިސްވެ ހުންނަވައިގެން، އެ ކުންފުނީގެ މަތީ ފަންތީގެ ވަފުދަކުން ބައިވެރިވެވަޑައިގެންފިއެވެ.

މި ވަފުދުގައި ޗެއާޕާސަންގެ އިތުރުން، ސީނިއާ ޖެނެރަލް މެނޭޖަރު އަލްފާޟިލް އުމަރު ޒާހިރާއި، ޖެނެރަލް މެނޭޖަރު އަލްފާޟިލް އިބްރާހީމް ޙަސަން އަދި ކޮންސްޓްރަކްޝަން އެންޑް ޑްރެޖިންގ ޑިވިޜަން (ސީޑީޑީ) ގެ ޒޯން މެނޭޖަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

"ޕްރޮޖެކްޓް މެނޭޖަރޭސް އޯކެސްޓްރޭޓަރ: ދަ ގާޑިއަން އޮފް ޕްރޮޖެކްޓް ވެލިއު" މި ޝިއާރުގެ ދަށުން ކުރިއަށް ގެންދިޔަ މި ކޮންފަރެންސަކީ ޕްރޮޖެކްޓް މެނޭޖްމަންޓް ދާއިރާގެ މާހިރުންނާއި، ސިނާޢީ އިސްވެރިން އަދި އީޖާދީ ފަރާތްތައް އެއްތަންވެ، މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދިޔަ ބައްދަލުވުމެކެވެ. މިގޮތުން، ހަރުދަނާ ޕްރޮޖެކްޓް ލީޑަރޝިޕާއި، ޑިޖިޓަލް ޓްރާންސްފޯމޭޝަން، ދެމެހެއްޓެނިވި ތަރައްޤީ، ސްޓްރެޓީޖިކް ގުޅުންތައް ބަދަހިކުރުން އަދި އަގުހުރި ނަތީޖާ ހާސިލުކުރެވޭނެ ފަދަ ނިންމުންތައް ނިންމުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި ހިޔާލު ބަދަލުކުރެވުނެވެ.

Advertisement

Advertisement 1

މި ކޮންފަރެންސްގެ ސަބަބުން، ޕްރޮޖެކްޓް ގަވަރނަންސް ހަރުދަނާކުރުމަށާއި، އޮޕަރޭޝަނަލް ކޯޑިނޭޝަން ރަނގަޅުކުރުމުގެ އިތުރުން މަޝްރޫޢުތައް އެންމެ ފުރިހަމައަށް ނިންމުމަށް ބޭނުންވާ މުހިންމު މަޢުލޫމާތުތަކާއި ތަޖުރިބާތައް އެމްޓީސީސީގެ ޓީމަށް ވަނީ ލިބިފައެވެ. އަދި މިއީ ކުންފުނިން ހިންގާ މަޝްރޫޢުތަކުގެ ފެންވަރު މަތިކޮށް، ދެމެހެއްޓެނިވި އަގުތަކެއް އުފެއްދުމަށް އެމްޓީސީސީން ކުރަމުންދާ މަސައްކަތްތަކަށް ލިބުނު އިތުރު ބާރެކެވެ.

އެމްޓީސީސީ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

ދެއްވަދޫގައި ހޭންޑްބޯޅަ ކޯޓެއް ހެދުމުގެ މަސައްކަތް އެމްޓީސީސީއާ ހަވާލުކޮށްފި

2 ދުވަސް ކުރިން - 17:51

މާލޭ އުތުރު ފަރާތު ބަނދަރުގައި ފިންގަރ ޖެޓީ ހެދުމުގެ މަސައްކަތް ފަށައިފި

މާލޭ އުތުރު ފަރާތު ބަނދަރުގައި ފިންގަރ ޖެޓީ ހެދުމުގެ މަސައްކަތް ފަށައިފި

8 ދުވަސް ކުރިން - 15:19

އަމީނީމަގު ތަރައްގީ ކުރުމުގެ މަޝްރޫއު: 3 ވަނަ ސެގްމެންޓްގެ މަސައްކަތް ފަށައިފި

އަމީނީމަގު ތަރައްގީ ކުރުމުގެ މަޝްރޫއު: 3 ވަނަ ސެގްމެންޓްގެ މަސައްކަތް ފަށައިފި

9 ދުވަސް ކުރިން - 10:52

މަރާމާތަށްފަހު އަމީނީ މަގުގެ ފުރަތަމަ ދެ ސެގްމެންޓް ހުޅުވާލައިފި

މަރާމާތަށްފަހު އަމީނީ މަގުގެ ފުރަތަމަ ދެ ސެގްމެންޓް ހުޅުވާލައިފި

10 ދުވަސް ކުރިން - 04:27

އަމީނީމަގުގައި މަރާމާތުކުރި ސަރަހައްދު އާދިއްތަ ދުވަހު ހުޅުވާލަނީ

އަމީނީމަގުގައި މަރާމާތުކުރި ސަރަހައްދު އާދިއްތަ ދުވަހު ހުޅުވާލަނީ

14 ދުވަސް ކުރިން - 18:59

އަމީނީ މަގުގެ ދެވަނަ ސެގްމަންޓުގައި ތާރުއެޅުމުގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފި

އަމީނީ މަގުގެ ދެވަނަ ސެގްމަންޓުގައި ތާރުއެޅުމުގެ މަސައްކަތް އެމްޓީސީސީން ނިންމާލައިފި

16 ދުވަސް ކުރިން - 22:26