
ކޯރުކެނޑި ހިނގުމުން ފެށިގެން ގިޔާސުއްދީން ސްކޫލާ ހަމައަށް އޮތް މި ސަރަޙައްދުގެ އޭބީސީ ފަށަލަ އަޅައި ނިމި، މިހާރު ދަނީ ޕްރައިމް ކޯޓު ޖެހުމުގެ މަސައްކަތް ކުރަމުން. އެމްޓީސީސީގެ އަމާޒަކީ މި ނޮވެމްބަރު މަހުގެ ނިޔަލަށް ތާރުއަޅައި މި ސެގްމަންޓް އެއްކޮށް ނިންމުން.
2 ގަޑިއިރު ކުރިން - 18:02
3 ވަނަ ސެގްމަންޓުގެ މަސައްކަތް ނިމި އާންމުންނަށް ހުޅުވާލުމާއެކު، ދެން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ ސެގްމަންޓް 4 ގެ މަސައްކަތް. 4 ވަނަ ސެގްމަންޓުގައި ހިމެނެނީ ކޯރުކެނޑި ހިނގުމުން ފެށިގެން ގިޔާސުއްދީން އިންޓަރނޭޝަނަލް ސްކޫލާ ހަމައަށް އޮންނަ މަގުގެ ސަރަހައްދު.
26 ދުވަސް ކުރިން - 16:55
ސެގްމެންޓް 3 ހުލުވުމުގެ ކުރިން މަގުމަތީ ނިޝާންތައް ކުރަހާ، ގުޅިފައިވާ ކަންމަތިތަކުގައި (ޖަންކްޝަންތަކުގައި) ކޮންކްރީޓް ކުރުމުގެ މަސައްކަތް ކުރަނީ. ސެގްމެންޓު 3 ނިމުމުން ސެގްމެންޓް 4ގެ މަސައްކަތް ފަށާނެ ކަމަށް ހާމަކުރި. މި މަޝްރޫއަކީ މާލޭގެ މަގުތަކުގެ ފެންވަރު ރަނގަޅުކުރުމަށް ހިންގޭ މުހިންމު މަޝްރޫއެއް.
31 ދުވަސް ކުރިން - 09:29