Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއު 2027 ގެ ކުރީކޮޅު ފެށޭނެ: ރައީސް

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ ބިޔަ މަޝްރޫއު 2027 ގެ ކުރީކޮޅު ފެށޭނެ: ރައީސް

ހުސައިން އިސްމާއިލް
45 ދުވަސް ކުރިން - 17 ޖުލައި 2026 16:01
"ދަ ޕްލަސް"ގެ 4 ވަނަ އެޕިސޯޑުގައި ރައީސް ވާހަކަފުޅު ދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
"ދަ ޕްލަސް"ގެ 4 ވަނަ އެޕިސޯޑުގައި ރައީސް ވާހަކަފުޅު ދައްކަވަނީ. / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

ޗައިނާގެ އެހީގައި ހިންގާ މި މަޝްރޫއުގައި ފެން ހިންދާ ނިޒާމާއި ފަޔަރު ހައިޑްރަންޓް ގާއިމުކުރާނެ. މީގެ އިތުރުން، ބޮޑުތަކުރުފާނު މަގުގެ ދެވަނަ ފޭސް ނިމި އަންނަ ހަފުތާގައި ހުޅުވާލާނެ ކަމަށާއި، ތޮއްޖެހުން ހައްލުކުރުމަށް ރާއްޖޭގެ އެކި ސަރަހައްދުތައް ތަރައްގީކޮށް މާލެއަށް ބާރުބޮޑުވުން ކުޑަކުރުމަކީ ސަރުކާރުގެ އަމާޒެއް ކަމަށް ވިދާޅުވި.

މާލޭގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްގީކޮށް، ފެންވަރު ރަނގަޅު ކުރުމަށް ހިންގާ ބިޔަ މަޝްރޫއުގެ އަމަލީ މަސައްކަތް ލަސްވެގެން 2027 ވަނަ އަހަރުގެ ކުރީކޮޅު ފެށޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.

ރައީސް މިކަން ހާމަކުރެއްވީ މާލޭގެ މަގުތަކުގެ ނެޓްވޯކް ތަރައްގީކުރުމާ ގުޅޭގޮތުން "ދަ ޕަލްސް" ޕޮޑްކާސްޓްގެ ހަތަރުވަނަ އެޕިސޯޑުގައި ވާހަކަފުޅު ދައްކަވަމުންނެވެ. މި އެޕިސޯޑުގައި ރައީސް ވަނީ މާލޭގެ މަގުތަކާ ގުޅޭގޮތުން އާންމުން ހުރި ކަންބޮޑުވުންތަކަށާއި ވަން އޮންލައިންއިން ކުރި ސުވާލުތަކަށް ޖަވާބު ދެއްވާފައެވެ.

ރައީސް ފާހަގަކުރެއްވި ގޮތުގައި މާލޭގައި އެންމެ ފަހުން ފުޅާ ދާއިރާއެއްގައި މަގު ހެދުމުގެ މަޝްރޫއެއް ހިންގާފައިވަނީ ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްގައްޔޫމްގެ ޒައާމަތުގައެވެ. އޭގެ ފަހުން މާލޭގެ މަގުތަކަށް ބޭނުންވާ މަރާމާތާއި އަޅާލުން ލިބިފައި ނުވާތީ މަގުތަކުގެ ހާލަތު ވަރަށް ބޮޑަށް ދަށަށް ގޮސްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

Advertisement

Advertisement 1

ޗައިނާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން ކުރިއަށްގެންދާ "މާލެ ރޯޑްސް ޑިވެލޮޕްމަންޓް ޕްރޮޖެކްޓް" ގެ ދަށުން މަގުތައް އަލުން ހަދާއިރު، ޒަމާނީ ވަސީލަތްތައް ގާއިމުކުރެވޭނެއެވެ. މީގެ ތެރޭގައި ފެންބޮޑުވުމުގެ މައްސަލަ ހައްލުކުރުމަށް ފެން ހިންދާ ނިޒާމަކާއި، އިމާރާތްކުރުމުގެ މަސައްކަތްތަކަށް ބޭނުންވާ ޑީވޯޓަރިންގ ސިސްޓަމެއްގެ އިތުރުން، އަލިފާން ނިވުމަށް ބޭނުންވާ ހައިޑްރަންޓް ނެޓްވޯކެއް ހިމެނޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.

މީގެ އިތުރުން، ޗައިނާގެ އެހީގެ ބޭރުން ސަރުކާރުން ކުރިއަށްގެންދާ ބޮޑުތަކުރުފާނު މަގު ތަރައްގީކުރުމުގެ މަޝްރޫއަށް އަލިއަޅުވާލައްވަމުން ރައީސް ވިދާޅުވީ، އިއްޒުއްދީން ޖެޓީން ފެށިގެން ބާސެލޯ ނަސަންދުރާ އާ ހަމައަށް ހަދާ ދެވަނަ ފޭސްގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. އަދި އަންނަ ހަފުތާގައި އެ ސަރަހައްދު އާންމުންނަށް ހުޅުވާލެވޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ވިދާޅުވިއެވެ.

މި މަޝްރޫއުގެ ދަށުން 500 ސައިކަލަށް ޕާކު ކުރެވޭނެ ޚާއްޞަ ޕާކިންގ ފެސިލިޓީއެއް ގާއިމުކުރެވޭނެއެވެ. ރައީސް ވިދާޅުވި ގޮތުގައި، ޓްރެފިކް ފްލޯ އެސެސްމަންޓްތަކުން ދައްކާ ގޮތުގައި މި މަގު ނިމުމުން ބޮޑުތަކުރުފާނު މަގުގެ އިތުރުން، ވަށައިގެންވާ އެހެން މަގުތަކުގެ ޓްރެފިކް ތޮއްޖެހުމަށް ބޮޑު ލުޔެއް ލިބިގެންދާނެއެވެ.

މި ފޭސް ނިމުމާއެކު، އެމް.ޕީ.އެލް އިން ފެށިގެން ރަސްފަންނާ ހަމައަށް އޮތް ބޮޑުތަކުރުފާނު މަގުގެ ބައި ހެދުމުގެ މަސައްކަތް ފެށޭނެއެވެ. އެއީ މާލޭގެ އެންމެ ބޮޑަށް ހަލާކުވެފައިވާ ސަރަހައްދުކަން ފާހަގަކުރައްވައި، ރައީސް ވިދާޅުވީ މި މަސައްކަތާއެކު މާލޭގެ މާރުކޭޓް ސަރަހައްދާއި ވިޔަފާރި ބަނދަރާ ދެމެދު ދަތުރުފަތުރު ކުރުމަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ ކަމަށެވެ.

މަގު ފުޅާކުރުމަށްޓަކައި ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ދިޔަ ނަމަވެސް، އެކަމުގެ ސަބަބުން ބަނދަރު ބޭނުންކުރާ ފަރާތްތަކަށް އުނދަގުލެއް ނުވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ. އަދި ހިއްކާ ސަރަހައްދުގައި ތޮށިލުމުން، އުޅަނދުފަހަރު ކައިރިކުރަން އިތުރު ޖާގަ ލިބިގެންދާނެ ކަމަށްވެސް ވިދާޅުވިއެވެ.

މާލޭގެ ޓްރެފިކް މައްސަލައާ ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ހަމައެކަނި އިންފްރާސްޓްރަކްޗާ މަޝްރޫއުތަކުން ދާއިމީ ހައްލެއް ނުލިބޭނެ ކަމަށެވެ. ސަރުކާރުގެ ދިގު ރާސްތާގެ ސްޓްރެޓެޖީއަކީ ބޯހިޔާވަހިކަމާއި، އާންމު ޚިދުމަތްތަކާއި އިގްތިސާދީ ފުރުސަތުތައް ރާއްޖޭގެ އެކި ސަރަހައްދުތަކަށް ބަހާލައިގެން (ލާމަރުކަޒީކޮށް) ތަރައްގީކޮށް، މާލެއަށް ބާރުބޮޑުވުން ކުޑަކުރުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް އިތުރަށް ވިދާޅުވީ، ރާއްޖޭގެ އާބާދީގެ ގާތްގަނޑަކަށް 40 އިންސައްތަ މީހުން ދިރިއުޅޭ މާލޭގެ މަގުތަކާއި ބޯހިޔާވަހިކަމުގެ ބޭނުންތައް ފުއްދުމަކީ ސަރުކާރުގެ މުހިންމު އަމާޒެއް ކަމަށާއި، މިއީ މުޅި ރާއްޖެއަށް ހަމަހަމަ ތަރައްގީ ގެނައުމަށް ގެންގުޅޭ ތަސައްވުރުގެ ބައެއް ކަމަށެވެ.

މަގު ތަރައްގީ ކުރުންޗައިނާ"ދަ ޕަލްސް" ޕޮޑްކާސްޓްރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4 ވަނަ އިސްލާހު ގެނައުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ޓެކްސް ނެގުމާބެހޭ އިދާރީ ގާނޫނަށް 4ވަނަ އިސްލާހު ގެނައުމުގެ ބިލު ތަސްދީގުކުރައްވައިފި

6 ގަޑިއިރު ކުރިން - 18:54

އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތް ބާރަށް ކުރިއަށް: އޭބީސީ ފަށަލަ އަޅަން ފަށައިފި

އަމީނީ މަގު މަރާމާތުކުރުމުގެ މަސައްކަތުގެ ދަށުން އޭބީސީ ފަށަލަ އަޅަން ފަށައިފި

6 ގަޑިއިރު ކުރިން - 18:45

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުރުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

ވަޒަންވެރިވެފައިނުވާ ކޮންޓްރެކްޓަރުންގެ ވިތްހޯލްޑިންގ ޓެކްސް %10 އަށް ބޮޑުކުުރުމުގެ ބިލު ތަސްދީގުކުރައްވައިފި

6 ގަޑިއިރު ކުރިން - 18:37

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގޭ ގޮތަށް ޓެކްސް ގާނޫނަށް ގެނެވުނު އިސްލާހު ރައީސުލްޖުމްހޫރިއްޔާ ތަސްދީގުކުރައްވައިފި

އޯފްޝޯ ޕްލެޓްފޯމްތަކުން ޖީއެސްޓީ ނެގުމުގެ ބިލު ރައީސް ތަސްދީގުކުރައްވައިފި

6 ގަޑިއިރު ކުރިން - 18:26

މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ތަޞްދީޤުކުރެއްވުމާއެކު، އެއަށް ޢަމަލުކުރަން ފަށައިފި

މަސްވެރިކަމުގެ ޤާނޫނަށް ގެނެވުނު 2 ވަނަ އިޞްލާޙުގެ ބިލު ތަޞްދީޤުކުރައްވައިފި

8 ގަޑިއިރު ކުރިން - 17:01

ވަރުވާގެ ވާރު ބޮޑުކޮށް ފަޅުރަށްތަކުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަނީ

ވަރުވާގެ ވާރު ބޮޑުކޮށް ފަޅުރަށްތަކުން ދައުލަތަށް ލިބޭ އާމްދަނީ އިތުރުކުރަނީ

8 ގަޑިއިރު ކުރިން - 16:46