Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު 66 ބޭފުޅަކަށް އެރުވުމަށް ނިންމައިފި

ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު 66 ބޭފުޅަކަށް އެރުވުމަށް ނިންމައިފި

ހުސައިން އިސްމާއިލް
1 ގަޑިއިރު ކުރިން - 15 ޖުލައި 2026 14:33
ފޮޓޯ: ރައީސް އޮފީސް
ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޖަލްސާގައި، މި ބޭފުޅުންނަށް އިނާމު ހަވާލުކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާ. ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ ޝަރަފުގެ ބެޖަކާއި، އައްޑަނައަކާއި، އަދި ހަނދާނީ ލިޔުމެއް.

މިއަހަރުގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ރަސްމީ ޖަލްސާގައި، ދިވެހި ދައުލަތަށް ދިގު މުއްދަތަކަށް އިޚްލާޞްތެރިކަމާއެކު ޚިދުމަތް ކުރައްވާފައިވާ 66 ބޭފުޅަކަށް "ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމު" އެރުވުމަށް ޤައުމީ އިނާމާބެހޭ ކޮމިޓީން ނިންމަވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހާމަކުރައްވާފައިވާ ގޮތުގައި، މި އިނާމު މިއަހަރު އެރުވުމަށް ހަމަޖެހިފައިވަނީ ދިވެހި ދައުލަތަށް 41 އަހަރަށްވުރެ ދިގު މުއްދަތަކަށް ޚިދުމަތް ކުރައްވައިފައިވާ ބޭފުޅުންގެ ތެރެއިން، މިހާތަނަށް ދައުލަތުގެ އެއްވެސް ޝަރަފުގެ އިނާމެއް ލިބިވަޑައިގެންފައި ނުވާ ބޭފުޅުންނަށެވެ. މި ބޭފުޅުންނަކީ މަޤާމުގެ މަސްއޫލިއްޔަތު އަދާކުރުމުގައި ޤާބިލްކަމާއި، ނަޒާހަތްތެރިކަމާއި، އަދި އިޚްލާޞްތެރިކަމާއެކު ދައުލަތް ބިނާކުރުމަށް ބޮޑެތި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ މުވައްޒަފުންނެވެ.

ޤައުމީ އިނާމާބެހޭ ކޮމިޓީން މި ބޭފުޅުން ހޮއްވަވާފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ދައުލަތުގެ އެކި މުއައްސަސާތަކުން ހޯއްދެވި ރެކޯޑުތައް ދިރާސާކުރެއްވުމަށްފަހުގައެވެ. އަދި އިނާމަށް ޝަރުޠުހަމަވާކަން ކަށަވަރުކުރުމުގެ ގޮތުން ކޮމިޓީގެ ފަރާތުން އެ ބޭފުޅުންނާ ބައްދަލުކުރައްވައި، މަޢުލޫމާތު ސާފުކުރައްވާފައިވާ ކަމަށްވެސް އެ އޮފީހުން ވިދާޅުވިއެވެ.

Advertisement

Advertisement 1

މިނިވަން ދުވަހުގެ މުނާސަބަތުގައި ސޯޝަލް ސެންޓަރުގައި ބޭއްވުމަށް ހަމަޖެހިފައިވާ ރަސްމީ ޖަލްސާގައި، މި ބޭފުޅުންނަށް އިނާމު ހަވާލުކޮށްދެއްވާނީ ރައީސުލްޖުމްހޫރިއްޔާއެވެ. ދައުލަތަށް ޚިދުމަތް ކުރުމުގެ އިނާމުގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ދެއްވާނީ ޝަރަފުގެ ބެޖަކާއި، އައްޑަނައަކާއި، އަދި ހަނދާނީ ލިޔުމެކެވެ. ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމަކީ، ދައުލަތުގެ މުއައްސަސާތަކުގެ ކުރިއެރުމަށާއި ޤައުމީ ތަރައްޤީއަށް ދިގު މުއްދަތަކަށް މަސައްކަތް ކޮށްދެއްވާފައިވާ ބޭފުޅުންގެ އަގު ވަޒަންކުރުމުގެ ގޮތުން ޤައުމީ ފެންވަރުގައިދޭ އެންމެ މަތީ އެއް ޝަރަފެވެ.

ދިވެހި ދައުލަތަށް ޚިދުމަތްކުރުމުގެ އިނާމުމިނިވަން ދުވަސްރައީސުލްޖުމްހޫރިއްޔާގެ އޮފީސް
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިނިވަންދުވަހުގެ ހާއްސަ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "މިނިވަން ރަން" އިފްތިތާހްކޮށްފި

މިނިވަންދުވަހުގެ ހާއްސަ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "މިނިވަން ރަން" އިފްތިތާހްކޮށްފި

17 ގަޑިއިރު ކުރިން - 22:41

"ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފި

"ގްރޭޓާ މާލެ ޓްރާންސްޕޯޓް އެންޑް މޮބިލިޓީ އޮފީސް" ރައީސުލްޖުމްހޫރިއްޔާ އުފައްދަވައިފި

2 ދުވަސް ކުރިން - 18:50

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުލައި 12 ގައި ހުޅުވާލަނީ

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަނީ

4 ދުވަސް ކުރިން - 17:02

ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ހުރަސްއެޅުމަކުން އެއްވެސް ފަރާތަކަށް ފައިދާއެއް ނުވާނެ: ރައީސް

"ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ހުރަސްއެޅުމަކުން އެއްވެސް ފަރާތަކަށް ފައިދާއެއް ނުވާނެ"

25 ދުވަސް ކުރިން - 16:24

ސަރުކާރުގެ ކުންފުނިތަކުން ރިސޯޓު ތަރައްގީކުރާއިރު ދައުލަތުގެ 45 އިންސައްތަ ހިއްސާ އޮންނަންޖެހޭ ގޮތަށް އާ ގަވާއިދެއް އެކުލަވާލައިފި

ރިސޯޓު ތަރައްގީކުރާއިރު ދައުލަތުގެ %45 ހިއްސާ އޮންނަންޖެހޭ ގޮތަށް ގަވާއިދު އެކުލަވާލައިފި

26 ދުވަސް ކުރިން - 14:48

ދިވެހިބަހާއި ގައުމިއްޔަތާ ބެހޭ ހާއްސަ މުޝީރުގެ މަގާމުން އާދަމް ނަސީރު އިސްތިއުފާ ދެއްވައިފި

ދިވެހިބަހާއި ގައުމިއްޔަތާބެހޭ ހާއްސަ މުޝީރުގެ މަގާމުން އާދަމް ނަސީރު އިސްތިއުފާ ދެއްވައިފި

36 ދުވަސް ކުރިން - 15:59