Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މިނިވަންދުވަހުގެ ހާއްސަ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "މިނިވަން ރަން" އިފްތިތާހްކޮށްފި

މިނިވަންދުވަހުގެ ހާއްސަ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "މިނިވަން ރަން" އިފްތިތާހްކޮށްފި

އައިޝަތު ރުވާ ރިފްޢަތު
45 ދުވަސް ކުރިން - 14 ޖުލައި 2026 22:41
"ވީރަން މޯލްޑިވްސް" އާއެކު ދިވެހި ބަހާ ސަގާފަތާބެހޭ ވުޒާރާއިން އެއްބަސްވުމެއްގައި ސޮއިކުރެއްވުން---
"ވީރަން މޯލްޑިވްސް" އާއެކު ދިވެހި ބަހާ ސަގާފަތާބެހޭ ވުޒާރާއިން އެއްބަސްވުމެއްގައި ސޮއިކުރެއްވުން---
ޚުލާސާ

މި ދުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ ޖުލައި މަހުގެ 27 ވާ ހޮނިހިރު ދުވަހު. މި ދުވުން އިންތިޒާމުކޮށް ކުރިއަށްގެންދިއުމަށްޓަކައި، މި ހަފުލާގައި ވަނީ "ވީރަން މޯލްޑިވްސް" އާއެކު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައި.

މިއަހަރުގެ މިނިވަން ދުވަހާ ގުޅިގެން ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ކުރިއަށްގެންދާ ހާއްސަ ހަރަކާތެއްކަމަށްވާ "މިނިވަން ރަން" ރަސްމީކޮށް އިފްތިތާހްކޮށްފިއެވެ.

މި ހަރަކާތް އިފްތިތާހްކުރުމަށްޓަކައި މިއަދު ހަވީރު ފަންނާއި ސަގާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ އިސްވަރު ހޯލުގައި ބޭއްވި ހާއްސަ ހަފުލާ ޝަރަފުވެރިކޮށްދެއްވީ އެ ވުޒާރާގެ ވަޒީރު ހީނާ ވަލީދު އެވެ.

ޖުލައި މަހުގެ 27 ވާ ހޮނިހިރު ދުވަހުގެ ހަވީރު ހުޅުމާލޭގައި ބޭއްވުމަށް ހަމަޖެހިފައިވާ މި ދުވުން އިންތިޒާމުކޮށް ކުރިއަށްގެންދިއުމަށްޓަކައި، މި ހަފުލާގައި ވަނީ "ވީރަން މޯލްޑިވްސް" އާއެކު ތިން އަހަރު ދުވަހުގެ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ. މި އެއްބަސްވުމުގައި ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ސްޓޭޓް މިނިސްޓަރ އަހްމަދު މުނާޒްއެވެ. ވީރަން މޯލްޑިވްސްގެ ފަރާތުން ސޮއިކުރެއްވީ އެ ޖަމްޢިއްޔާގެ މެނޭޖަރ ހައްވާ ނީލާ އެވެ.

Advertisement

Advertisement 1

"މިނިވަން ރަން" އަކީ ސަރުކާރުގެ މުއައްސަސާތަކާއި، ކުލަބް ޖަމްއިއްޔާތަކުގެ އިތުރުން އާންމު ފަރުދުންނަށް ވެސް ބައިވެރިވެވޭ ގޮތަށް ހުޅުވާލައިގެން ބާއްވާ ހަރަކާތެކެވެ. މި ހަރަކާތުގެ މައިގަނޑު މަގްސަދަކީ މިނިވަން ދުވަހުގެ ރޫހާއި ގައުމީ އެކުވެރިކަން އާލާކުރުމާއި، ދުޅަހެޔޮ ސިއްހަތެއްގައި ހުރުމަށް ބާރުއަޅައި، ހަރަކާތްތެރި ދިރިއުޅުމަކަށް ރައްޔިތުން އަހުލުވެރިކުރުވުމެވެ.

މި ރަސްމިއްޔާތުގައި ވަނީ "ވީރަން އެޕް" ވެސް ތައާރަފުކޮށްފައެވެ. މި އެޕް މެދުވެރިކޮށް މިނިވަން ރަންގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް މިހާރުން ފެށިގެން ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލާފައެވެ.

މި ހަރަކާތް އިންތިޒާމުކުރާ ވީރަން މޯލްޑިވްސް އަކީ ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކާމިޔާބުކަމާއެކު ދުވުމުގެ ގިނަ ހަރަކާތްތަކެއް ހިންގަމުން އަންނަ، އަދި ދުޅަހެޔޮ ދިރިއުޅުމަކަށް ބާރުއެޅުމުގެ ގޮތުން އިޖްތިމާއީ އަދި ވާދަވެރި ރޭސްތައް އިންތިޒާމުކުރާ ތަޖުރިބާކާރު ޖަމްއިއްޔާއެކެވެ.

މިނިސްޓްރީ އޮފް އާޓްސް، ކަލްޗާ އެންޑް ހެރިޓޭޖްމިނިސްޓަރު ހީނާ ވަލީދުމިނިވަން ދުވަސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ފޮޓޯގްރަފީގެ ތެރެއިން ޤައުމީ ޖިހާދުތަކުގެ ހަނދާންތައް އާލާކުރެވޭނެ: މިނިސްޓަރު ހީނާ

ފޮޓޯގްރަފީގެ ތެރެއިން ޤައުމީ ޖިހާދުތަކުގެ ހަނދާންތައް އާލާކުރެވޭނެ: މިނިސްޓަރު ހީނާ

25 ދުވަސް ކުރިން - 14:34

މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ރައީސް ވިދާޅުވެއްޖެ

މަސްތުވާތަކެއްޗާއި ގޭންގު ކުށްތަކުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނަން: ރައީސް

33 ދުވަސް ކުރިން - 14:06

ސިޔާސީ ބަދަލުހިފުމުގެ އަޅުވެތިކަމުން ގައުމު މިނިވަންކޮށްފިން، އެއްވެސް ރައީސަކު ޖަލަކަށް ނުލަން: ރައީސް

"ސިޔާސީ ބަދަލުހިފުމުގެ އަޅުވެތިކަމުން ގައުމު މިނިވަންކޮށްފިން، އެއްވެސް ރައީސަކު ޖަލަކަށް ނުލަން"

34 ދުވަސް ކުރިން - 14:24

އެމްޑީޕީ ސަރުކާރުން ފޯޅަވަހި ދޫކޮށްލީ ވަރަށް ފިނޑި ގޮތަކަށް، އިންސާފު ލިބިގަތުމުގެ މަސައްކަތް އަދިވެސް ކުރިއަށް އެބަދޭ: ރައީސް

އެމްޑީޕީ ސަރުކާރުން ފޯޅަވަހި ދޫކޮށްލީ ވަރަށް ފިނޑި ގޮތަކަށް: ރައީސް

34 ދުވަސް ކުރިން - 13:11

މާދަމާގެ ޝަރަފްވެރި މެހެމާނަކީ ސައުދީގެ ޕްރިންސް ޑރ. މަންސޫރު

މާދަމާގެ ޝަރަފްވެރި މެހެމާނަކީ ސައުދީގެ ޕްރިންސް ޑރ. މަންސޫރު

35 ދުވަސް ކުރިން - 13:05

މާދަމާ އަކީ ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަސް

މާދަމާ އަކީ ދިވެހިރާއްޖޭގެ 61 ވަނަ މިނިވަން ދުވަސް

35 ދުވަސް ކުރިން - 12:55