Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ބީއެމްއެލްއާ ގުޅޭގޮތުން ދޮގު މައުލޫމާތު ފެތުރުމުން މުޅި ގައުމަށް އޭގެ ގެއްލުން ލިބޭ: ބީއެމްއެލް ސީއީއޯ

އައިޝަތު ރުވާ ރިފްޢަތު
92 ދުވަސް ކުރިން - 15 ޖުލައި 2026 20:12
ބީއެމްއެލް ސީއީއޯ މުހައްމަދު ޝަރީފް "ޔޫތު އޮންޓްރަޕްރިނަރސް އެކްސްޕޯ" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަނީ/ ފޮޓޯ:ބީއެމްއެލް

ޚުލާސާ

ބީއެމްއެލް އަކީ ދިވެހިރާއްޖޭގެ އިގުތިސާދާ ނުހަނު ބޮޑަށް ލާމެހިފައިވާ ބޭންކެއް ކަމުން، ބޭންކާ މެދު ނުރަނގަޅު ތަސައްވުރެއް އުފެއްދުމުން ދިވެހި އިގުތިސާދަށް ފޫނުބެދޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށް ވެސް ޝަރީފް ފާހަގަކުރެއްވި.

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާ ގުޅޭގޮތުން ހަގީގަތާ ހިލާފު ދޮގު މައުލޫމާތު ފެތުރުމަކީ މުޅި ގައުމުގެ އިގުތިސާދަށް އޭގެ ނޭދެވޭ އަސަރުކޮށް، ބޮޑެތި ގެއްލުންތަކެއް ލިބޭނެ ކަމެއް ކަމަށް އެ ބޭންކުގެ ސީއީއޯ މުހައްމަދު ޝަރީފް ވިދާޅުވެއްޖެ އެވެ.

މިއަދު ބޭއްވި "ޔޫތު އޮންޓްރަޕްރިނަރސް އެކްސްޕޯ" ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން ސީއީއޯ ޝަރީފު ވިދާޅުވީ، ހަބަރު ފަތުރާ ވަސީލަތްތަކާއި ސޯޝަލް މީޑިއާ މެދުވެރިކޮށް ބައެއް ފަރާތްތަކުން ބޭންކާ މެދު ސައްހަ ނޫން މައުލޫމާތު ފަތުރަމުންދާ ކަމަށެވެ. އެގޮތުން ބީއެމްއެލްގައި ޑޮލަރު ނެތް ކަމަށާއި، ބޭންކު ޕްރޮފެޝަނަލްކޮށް ނުހިންގާ ކަމަށާއި، އަދި ކޮންޓްރެކްޓަރުންނަށް ލޯނު ދޫކޮށްގެން ނުވާނެ ކަމަށް ބުނެ ފެތުރި ވާހަކަތަކަށް ޝަރީފް ރައްދު ދެއްވި އެވެ.

ޝަރީފް ވިދާޅުވީ މިފަދަ ދޮގު ވާހަކަތައް ދައްކައިގެން ބޭންކުގައި ޑޮލަރު ނެތް ކަމުގެ ތަސައްވުރެއް އުފެއްދުމުގެ އަސްލު ބޭނުމަކީ ކަޅުބާޒާރުގައި ޑޮލަރުގެ އަގު މަތިކުރުން ކަމަށެވެ. ބީއެމްއެލް އަކީ ދިވެހިރާއްޖޭގެ އިގުތިސާދާ ނުހަނު ބޮޑަށް ލާމެހިފައިވާ ބޭންކެއް ކަމުން، ބޭންކާ މެދު ނުރަނގަޅު ތަސައްވުރެއް އުފެއްދުމުން ދިވެހި އިގުތިސާދަށް ފޫނުބެދޭ ފަދަ ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށް ވެސް ޝަރީފް ފާހަގަކުރެއްވި އެވެ.

Advertisement

Advertisement 1

"ކޮންމެ މަގުސަދެއްގައި ކަމުގައި ވީ ނަމަވެސް މި ބޭންކާ މެދު ހަގީގަތާ ހިލާފު މައުލޫމާތު ނުފެތުރުމަށް އަޅުގަނޑު އެދެން،" ޝަރީފް ވިދާޅުވި އެވެ.

މިއަދުގެ މި ރަސްމިއްޔާތުގައި ބީއެމްއެލްއިން ވަނީ ރާއްޖޭގެ ހަތް ރަށެއްގައި އެ ބޭންކުގެ އާ ބްރާންޗުތައް ހުޅުވައިފަ އެވެ. މީގެ އިތުރުން ޒުވާން ވިޔަފާރިވެރިން ބިނާކުރުމަށްޓަކައި އާ ފައިނޭންސިން ފެސިލިޓީއެއް ތައާރަފްކޮށް، ޒުވާނުންނަށް އިތުރު ފުރުސަތުތައް ހޯދައިދިނުމުގެ ގޮތުން ޑިޖިޓަލް ވޮލެޓް 'ސުވައިޕް' މެދުވެރިކޮށް ބޭރުން ފައިސާ ގެނެވޭނެ ހިދުމަތް ވެސް ވަނީ ރަސްމީކޮށް އިފްތިތާހުކޮށްފަ އެވެ.

ބީއެމްއެލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ބީއެމްއެލްގެ އެހީގައި ހޯޑެއްދޫ "ޓޫނާ ޖާކީ" ވިޔަފާރި 80 ފިހާރައަށް ފުޅާކޮށްފި

1 ދުވަސް ކުރިން - 14:54

ދުނިޔޭގެ އެންމެ ހިންގުންތެރި 500 ބޭންކުގެ ތެރޭގައި ބީއެމްއެލް ހިމެނިއްޖެ

2 ދުވަސް ކުރިން - 12:17

"އީ-ކޮމާސްއަށް އެޅިފައިވާ ހުރަސްތައް ކުރީގެ ހާލަތަށް ރުޖޫއަކުރުމުގެ މަސައްކަތް ދަނީ ކުރަމުން"

2 ދުވަސް ކުރިން - 11:07

އިންޒެކް 2026 ގެ ޕްލެޓިނަމް ސްޕޮންސަރަކަށް މިއަހަރުވެސް ބީއެމްއެލް ހަމަޖައްސައިފި

10 ދުވަސް ކުރިން - 11:08

ރިޕޯޓް: ޒަރޫރީ ބޭނުންތަކަށް ރަސްމީ ރޭޓުގައި ދިވެހިންނަށް ޑޮލަރު ލިބޭ

52 ދުވަސް ކުރިން - 14:50

ކުދި ވިޔަފާރިތަކަށް އަމާޒުކޮށްގެން ބީއެމްއެލް އިން ހާއްސަ ސެޝަނެއް ބާއްވައިފި

58 ދުވަސް ކުރިން - 08:48