Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ގިރިފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

ގިރިފުށީ ބިން ހިއްކުމުގެ މަޝްރޫއުގެ މަސައްކަތް ރައީސް ބައްލަވާލައްވައިފި

އައިޝަތު ރުވާ ރިފްޢަތު
1 ގަޑިއިރު ކުރިން - 16 ޖުލައި 2026 19:39
ގިރިފުށީ ބިން ހިއްކުމާއި ބަދަރު ތަރައްގީކުރުމުގެ  މަޝްރޫއުގެ މަސައްކަތް ރައީސް ބައްލަވާލުންަ / ފޮޓޯ: ރައީސް އޮފީސް
ގިރިފުށީ ބިން ހިއްކުމާއި ބަދަރު ތަރައްގީކުރުމުގެ މަޝްރޫއުގެ މަސައްކަތް ރައީސް ބައްލަވާލުންަ / ފޮޓޯ: ރައީސް އޮފީސް
ޚުލާސާ

މި މަޝްރޫއަކީ ދިވެހި އަސްކަރިއްޔާގެ ގާބިލްކަން އިތުރުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ އިސްތިރާޖީ ތަސައްވުރުގެ ދަށުން، ސިފައިންނަށް ބޭނުންވާ ތަމްރީނު ވަސީލަތްތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ފަށާފައިވާ މުހިންމު މަޝްރޫއެއްކަން ފާހަގަކޮށްލެވޭ.

ކ. ގިރިފުށީގެ ބިން ހިއްކުމާއި ބަނދަރު ތަރައްގީކުރުމުގެ ބިޔަ މަޝްރޫއު ކުރިއަށްދާ ގޮތް ރައީސުލްޖުމްހޫރިއްޔާ އަދި ސިފައިންގެ އެންމެ މަތީވެރިޔާ ޑރ. މުޙައްމަދު މުޢިއްޒު ބައްލަވާލައްވައިފި އެވެ.

ރައީސް މި މަސައްކަތް ބައްލަވާލެއްވީ، ސިފައިންގެ 72 ވަނަ އަދި 73 ވަނަ އަސާސީ ތަމްރީނު ކޯހުގެ ދަރިވަރުން ހުވާކުރުމާއި ބަޑި ހަވާލުކުރުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގަތުމަށް މިއަދު ގިރިފުއްޓަށް ކުރެއްވި ޒިޔާރަތުގެ ތެރެއިންނެވެ. މި ޒިޔާރަތުގައި އެމަނިކުފާނުގެ އަރިހުގައި ޑިފެންސް މިނިސްޓަރު ހަސަން ރަޝީދު އާއި، ޗީފް އޮފް ޑިފެންސް ފޯސް މޭޖާ ޖެނެރަލް އިބްރާހިމް ހިލްމީގެ އިތުރުން އެމްޓީސީސީގެ ސީއީއޯ އަހްމަދު ސައުދީ ބައިވެރިވެވަޑައިގެންނެވި އެވެ.

މި މަޝްރޫއަކީ ދިވެހި އަސްކަރިއްޔާގެ ގާބިލްކަން އިތުރުކުރުމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ ގެންގުޅުއްވާ އިސްތިރާޖީ ތަސައްވުރުގެ ދަށުން، ސިފައިންނަށް ބޭނުންވާ ތަމްރީނު ވަސީލަތްތައް ޒަމާނީ ފެންވަރަށް ތަރައްގީކުރުމަށް ފަށާފައިވާ މުހިންމު މަޝްރޫއެކެވެ. އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ އަގަކީ 182.79 މިލިއަން ރުފިޔާ އެވެ.

Advertisement

Advertisement 1

މި މަޝްރޫއުގެ ދަށުން ގިރިފުށީގައި މިހާރު އޮތް 5.7 ހެކްޓަރުގެ ބިމުގެ އިތުރަށް 13.3 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފަ އެވެ. އެމްޓީސީސީން ބުނިގޮތުގައި، މި މަޝްރޫއުގެ ތެރޭގައި 375,512 ކިއުބިކް މީޓަރުގެ ސަރަހައްދެއް ހިއްކުމާއި، 2,712 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، ބޭރުތޮށްޓާއި ޖެޓީ ތަރައްގީކުރުން ހިމެނެ އެވެ.

މީގެ އިތުރުން، މިހާރު އެ ރަށުގައި ބޭނުންކުރާ 100 މީޓަރުގެ ފަޔަރިންގް ރޭންޖުގެ ބަދަލުގައި، 300 މީޓަރުގެ ޒަމާނީ 'ސްމޯލް އާމްސް ރޭންޖެއް' ތަރައްޤީކުރުމަށް ވަނީ ނިންމާފަ އެވެ. މި މަޝްރޫއު ނިމުމުން، ގިރިފުށި ވެގެންދާނީ ރައީސް އިފުތިތާހް ކުރައްވާފައިވާ "ދިވެހި ވަތަނީ ހިދުމަތް" ޕްރޮގްރާމާއި، އަސްކަރިއްޔާގެ އެކި ތަމްރީނުތަކަށް ބޭނުންވާ ހުރިހާ ވަސީލަތްތަކެއް ގާއިމުވެފައިވާ މައި މަރުކަޒަށެވެ.

މިދިޔަ ޖޫން މަހުގެ 20 ވަނަ ދުވަހު އަމަލީ މަސައްކަތް ފެށި މި މަޝްރޫޢަކީ އެއް އަހަރު ދުވަހުގެ ތެރޭގައި ނިންމުމަށް ތާވަލުކުރެވިފައިވާ މަސައްކަތެއްކަން ފާހަގަކޮށްލެވެ އެވެ.

މިނިސްޓްރީ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސަރވިސްގިރިފުށިރައީސް ޑރ. މުހައްމަދު މުއިއްޒު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދަވައިފި

އައްޑޫ ހަންކެޑެ ތަރައްގީކުރަން ސަރުކާރުގެ އައު ކުންފުންޏެއް އުފައްދައިފި

52 މިނެޓު ކުރިން - 19:57

ބޭންކް އޮފް މޯލްޑިވްސްގެ އިތުރު 7 ބުރާންޗެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

ބޭންކް އޮފް މޯލްޑިވްސްގެ އިތުރު 7 ބުރާންޗެއް ރައީސުލްޖުމްހޫރިއްޔާ އިފްތިތާހްކޮށްދެއްވައިފި

1 ދުވަސް ކުރިން - 11:20

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

ގަތަރަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލެއްވުމަށްފަހު ރައީސް މާލެ ވަޑައިގެންފި

2 ދުވަސް ކުރިން - 10:54

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

2 ދުވަސް ކުރިން - 22:50

"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުއްވާލައްވައިފި

"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުއްވާލައްވައިފި

3 ދުވަސް ކުރިން - 17:13

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމައިފި

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަނީ

3 ދުވަސް ކުރިން - 13:31