Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ރާއްޖޭގައި ހިމަބިހި ޖެހުނު މީހުންގެ އަދަދު 144 އަށް އަރައިފި

ރާއްޖޭގައި ހިމަބިހި ޖެހުނު މީހުންގެ އަދަދު 144 އަށް އަރައިފި

އައިޝަތު ރުވާ ރިފްޢަތު
46 ދުވަސް ކުރިން - 14 ޖުލައި 2026 13:22
ހިމަބިހި ޖެހިފައިވާ މީހެއް/ ފޮޓޯ: މީސްމީޑިއާ
ހިމަބިހި ޖެހިފައިވާ މީހެއް/ ފޮޓޯ: މީސްމީޑިއާ
ޚުލާސާ

ބަލިން ރައްކާތެރިވުމުގެ ގޮތުން، ހިމަބިހީގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ ފަރާތްތަކުން ލަސްނުކޮށް ވެކްސިން ފުރިހަމަކުރުމަށާއި ބަލިޖެހިފައިވާ މީހަކާއި ގާތުން އެއްތާވި (ކޮންޓެކްޓްވި) ފަރާތްތަކަށް ހުޅުމާލޭ ހޮސްޕިޓަލް ނުވަތަ އާބަން ޕްރައިމަރީ ހެލްތް ކެއާ ސެންޓަރުން ކަނޑައެޅިފައިވާ ގަޑިތަކުގައި ވެކްސިން ޖެހޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައިވާކަމަށް އެޗްޕީއޭއިން ހާމަކުރި.

މާލެ ސަރަހައްދުން ވޭތުވެދިޔަ ހަފްތާގައި އިތުރު ބަޔަކު ހިމަބިއްސަށް ފައްސިވުމާ ގުޅިގެން، މި އަހަރުގެ މިހާތަނަށް ރާއްޖޭގައި މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު 144 އަށް އަރައިފި އެވެ.

ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ނިމިދިޔަ ހަފްތާގައި އެކަނިވެސް މާލެ ސަރަހައްދުން ހިމަބިހީގެ 23 ވޭދަނަ ވަނީ ފެނިފަ އެވެ. ބަލި ފެތުރުން ހުއްޓުވުމަށް ކުރެވެމުންދާ މަސައްކަތުގެ ދަށުން، މިހާތަނަށް 7,100 މީހުންނަށް ހިމަބިހީގެ ވެކްސިން ދީފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ބަލިން ރައްކާތެރިވުމުގެ ގޮތުން، ހިމަބިހީގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ ފަރާތްތަކުން ލަސްނުކޮށް ވެކްސިން ފުރިހަމަކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި އެވެ. އަދި ބަލިޖެހިފައިވާ މީހަކާއި ގާތުން އެއްތާވި (ކޮންޓެކްޓްވި) ފަރާތްތަކަށް ހުޅުމާލޭ ހޮސްޕިޓަލް ނުވަތަ އާބަން ޕްރައިމަރީ ހެލްތް ކެއާ ސެންޓަރުން ކަނޑައެޅިފައިވާ ގަޑިތަކުގައި ވެކްސިން ޖެހޭނެ އިންތިޒާމު ވަނީ ހަމަޖައްސާފަ އެވެ.

Advertisement

Advertisement 1

މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކުގެ އިތުރުން، އަތޮޅުތަކުގެ ހޮސްޕިޓަލްތަކާއި ރަށްރަށުގެ ސިއްހީ މަރުކަޒުތަކުން ވެސް ކަނޑައެޅިފައިވާ ގަޑިތަކުގައި ވެކްސިންގެ ހިދުމަތް ލިބޭނެ އެވެ.

މާލެ ސަރަހައްދުގައި ހިމަބިހި ވެކްސިން ދޭ ތަންތަނާއި ގަޑިތައް:

  1. އާބަން ޕްރައިމަރީ ހެލްތް ކެއާ ސެންޓަރު (ޔޫޕީއެޗްސީސީ): އާދިއްތަ - ބުރާސްފަތި (08:30 އިން 12:00 އަށް)
  2. ހުޅުމާލޭ ހޮސްޕިޓަލް: އާދިއްތަ، ހޯމަ، އަންގާރަ (09:00 އިން 11:00 އަށް). ބުދަ، ބުރާސްފަތި، ހޮނިހިރު (13:00 އިން 15:00 އަށް)
  3. ސެނެހިޔާ ހޮސްޕިޓަލް: އާދިއްތަ - ބުރާސްފަތި (10:00 އިން 16:00 އަށް)
  4. ވިލިމާލެ ހޮސްޕިޓަލް: އާދިއްތަ - ބުރާސްފަތި (13:30 އިން 15:30 އަށް)
  5. ބަލިމީހުންނާ އެއްތާވި ފަރާތްތަކަށް ވެކްސިން ދޭ ގަޑިތައް:
  6. ޔޫޕީއެޗްސީސީ: އާދިއްތަ - ބުރާސްފަތި (14:00 އިން 15:30 އަށް)
  7. ހުޅުމާލޭ ހޮސްޕިޓަލް: ހުކުރު ދުވަސް ފިޔަވައި ކޮންމެ ދުވަހަކު (09:00 އިން 11:00 އަށް)

އެގޮތުން، ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެނަމަ ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށާއި، ވެކްސިން ފުރިހަމަކުރުމަށް ސަމާލުކަން ދިނުމަށް ސިއްހީ މާހިރުންދަނީ އިރުޝާދު ދެއްވަމުންނެވެ.

އެޗްޕީއޭ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހިމަބިހީގެ ކޭސްތައް އިތުރުވާތީ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަށް އިލްތިމާސް ކޮށްފި!

ހިމަބިހި ފެތުރޭތީ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަށް އިލްތިމާސް ކޮށްފި!

2 ދުވަސް ކުރިން - 16:28

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމުގެ ހޭލުންތެރިކަން އިތުރުކުރުމަށް ޖަމްއިއްޔާތަކަށް މާލީ އެހީ ދިނުމަށް ހުޅުވާލައިފި

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމުގެ ހޭލުންތެރިކަން އިތުރުކުރުމަށް ޖަމްޢިއްޔާތަކަށް މާލީއެހީ ދިނުމަށް ހުޅުވާލައިފި

11 ދުވަސް ކުރިން - 10:34

ރާއްޖޭގައި ހިމަބިއްސަށް ޕޮޒިޓިވްވި މީހުންގެ އަދަދު 11 އަށް އަރައިފި

ރާއްޖޭގައި ހިމަބިއްސަށް ޕޮޒިޓިވްވި މީހުންގެ އަދަދު 11 އަށް އަރައިފި

87 ދުވަސް ކުރިން - 21:52

އިންޑިއާއަށް އެތެރެވާ ދިވެހީން "ސެލްފް ޑެކްލަރޭޝަން" ފޯމު ހުށަހަޅަން ނިންމައިފި

އިންޑިއާއަށް އެތެރެވާ ދިވެހީން "ސެލްފް ޑެކްލަރޭޝަން" ފޯމު ހުށަހަޅަން ނިންމައިފި

91 ދުވަސް ކުރިން - 22:03

ޗުއްޓީ ދުވަސްވަރު ބަލިތަކުން ރައްކާތެރިވުމަށް އެޗް.ޕީ.އޭ އިން އިލްތިމާސްކޮށްފި

މިދުވަސްވަރު ބަލިތަކުން ރައްކާތެރިވުމަށް އެޗް.ޕީ.އޭއިން އިލްތިމާސްކޮށްފި

96 ދުވަސް ކުރިން - 15:55

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހީގެ ދެ ކޭސް މާލެ ސަރަހައްދުން ފެނިއްޖެ

ހިމަބިހީގެ ދެކޭސް މާލެ ސަރަހައްދުން ފެނިއްޖެ

107 ދުވަސް ކުރިން - 16:21