Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ދެކުނުގެ އަތޮޅުތަކަށް ކުރި ގަދަ ވިއްސާރައިގައި ގެއްލުންވި އާއިލާތަކަށް އެންޑީއެމްއޭއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި

ދެކުނުގެ އަތޮޅުތަކަށް ކުރި ގަދަ ވިއްސާރައިގައި ގެއްލުންވި އާއިލާތަކަށް އެންޑީއެމްއޭއިން އެހީތެރިކަން ފޯރުކޮށްދޭން ފަށައިފި

އައިޝަތު އިމްސާ
2 ގަޑިއިރު ކުރިން - 16 ސެޕްޓެންބަރު 2026 12:19
ޕަމްޕު ބޭނުންކޮށްގެން ފެންހިއްކުމުގެ މަސައްކަތް ކުރާތަން / ފޮޓޯ: އެންޑީއެމްއޭ
ޕަމްޕު ބޭނުންކޮށްގެން ފެންހިއްކުމުގެ މަސައްކަތް ކުރާތަން / ފޮޓޯ: އެންޑީއެމްއޭ
ޚުލާސާ

ދެކުނުގެ އަތޮޅުތަކަށް ކުރި ގަދަ ވިއްސާރައިގައި ފޭދޫއާއި ފުވައްމުލަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، މޫސުން އަލިވުމާއެކު ގެއްލުންވި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދީ، ހިދުމަތްތައް އަލުން އިއާދަކުރުމުގެ މަސައްކަތް އެންޑީއެމްއޭއިން ދަނީ ކުރަމުންނެވެ.

މެދުކެނޑުމެއްނެތި ދެކުނުގެ އަތޮޅުތަކަށް ކުރި ގަދަ ވިއްސާރައިގައި ފެންބޮޑުވެ ގެއްލުންވުމުގެ ސަބަބުން ރައްކާތެރިކަމަށްޓަކައި ހުސްކުރި ގެތަކަށް މީހުން އަނބުރާ ބަދަލުކޮށް، އެ އާއިލާތަކަށް ބޭނުންވާ އެހީތެރިކަން ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ)އިން ފޯރުކޮށްދޭން ފަށައިފިއެވެ.

އެންޑީއެމްއޭއިން މައުލޫމާތު ދޭގޮތުގައި، ގއ، ގދ، ފުވައްމުލައް އަދި އައްޑޫ ސިޓީއަށް ކުރި ވިއްސާރަ މިހާރު ވަނީ އަލިކުރަން ފަށާފައެވެ. މިއާއެކު، މެދުކެނޑިފައިވާ އާންމު ހިދުމަތްތައް އަލުން އިއާދަވެ، ނަރުދަމާއަށް ދިމާވި މައްސަލަތައް ވެސް މިހާރު ވަނީ ގިނަ ރަށްރަށުގައި ހައްލުކުރެވިފައެވެ. އަދި ގެއްލުންވި ގެތައް ސާފުކުރުމުގައި އަމަލުކުރަންވީ ރައްކާތެރި ގޮތްތައް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ)އާ ގުޅިގެން އަންނަނީ އާންމުންނަށް އަންގައިދެމުންނެވެ.

މި ވިއްސާރައިގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ އައްޑޫ ސިޓީ ފޭދޫއަށެވެ. އެރަށުގެ 95 ގެއަކަށް ފެން ވަދެފައިވާއިރު، މީހުންނަށް ދިރިނޫޅެވޭ ވަރަށް 7 ގެއަކަށް ގެއްލުންވުމުން އެ އާއިލާތައް ވަނީ ވަގުތީ ބޯހިޔާވަހިކަމަށް ބަދަލުކޮށްފައެވެ. ފޭދޫގެ އިތުރުން މަރަދޫގެ ދެ ގެއަކަށާއި، ފުވައްމުލަކުގެ ބޮޑު ސަރަހައްދެއްގައި ފެންބޮޑުވެ، ބައެއް ގޭބިސީތަކުގެ ނަރުދަމާގެ ހޮޅިތައް ބެދުމުގެ މައްސަލަވެސް ކުރިމަތިވިއެވެ. ފޭދޫ ކައުންސިލުން ފާހަގަކުރާ ގޮތުގައި މޫސުން ރަނގަޅުވި ނަމަވެސް، ފެންވަން ގެތަކުގެ ހާލަތު އަދިވެސް ގޯހެވެ.

Advertisement

Advertisement 1

ފޭދޫ ކައުންސިލް މެމްބަރު ޒަހާ ވިދާޅުވީ، ރިޕޯޓު ނުކުރާ ގެތައް ވެސް ހުރުމުން ގެއްލުންވި ގެތަކުގެ އަދަދު 95 އަށްވުރެ އިތުރުވުމަކީ އެކަށީގެންވާ ކަމެއް ކަމަށާއި ފުރިހަމަ ތަފްސީލު ލިބޭނީ އެސެސްމަންޓް ނިމުމުން ކަމަށެވެ. އަދި މިފަދަ ކަންކަމަށް ދާއިމީ ހައްލެއް ގެނެވެން އޮތީ ފޭދޫގެ ފެން ހިންދާ ނިޒާމު ރަނގަޅު ފެންވަރަކަށް ތަރައްގީކުރެވިގެންކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ. މޫސުމާ ބެހޭ ގައުމީ އިދާރާއިން މައުލޫމާތު ދޭގޮތުގައި، ބުރާސްފަތި ދުވަހުން ފެށިގެން މޫސުން މުޅިން ރަނގަޅުވާނެއެވެ. ލިބުނު ގެއްލުންތައް ބަލައި ވަޒަންކުރުމަށްފަހު، އެންޑީއެމްއޭއިން ދަނީ ކައުންސިލްތަކާ ގުޅިގެން ސަރުކާރުގެ އެހީތެރިކަން ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މަސައްކަތް ވިލަރެސްކުރަމުންނެވެ.

މޫސުންމޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް)ވިއްސާރަނޭޝަނަލް ޑިޒާސްޓަރ މެނޭޖްމެންޓް އޮތޯރިޓީ (އެންޑީއެމްއޭ)އެޗްޕީއޭ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިއަދުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވާނެތީ ދަތުރުފަތުރުކުރުމުގައި ސަމާލުވުމަށް އިލްތިމާސްކޮށްފި

މިއަދުވެސް ރާއްޖޭގެ އެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވާނެ: މެޓް

4 ގަޑިއިރު ކުރިން - 10:32

ދެކުނަށް ކުރަމުންދާ ބާރުގަދަ ވިއްސާރައިގައި އައްޑޫ ފޭދޫގެ ގިނަ ގެތަކެއްގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

ފޭދޫގެ ގިނަ ގެތަކެއްގައި ފެންބޮޑުވެ ބޮޑެތި ގެއްލުންތަކެއް ލިބިއްޖެ

2 ދުވަސް ކުރިން - 05:03

ވިއްސާރަވެ މޫސުން ގޯސްވަނީ: އަންނަ ބުދައަށް މޫސުމަށް ސަމާލުވާން އިލްތިމާސްކޮށްފި

ވިއްސާރަވެ މޫސުން ގޯސްވަނީ: އަންނަ ބުދައަށް މޫސުމަށް ސަމާލުވާން އިލްތިމާސްކޮށްފި

3 ދުވަސް ކުރިން - 12:14

ކުރިއަށްއޮތް ދެ ދުވަހުވެސް ރާއްޖޭގެ ހުރިހާ ހިސާބަކަށް މޫސުން ގޯސްވާނެތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

ކުރިއަށްއޮތް ދެ ދުވަހު މޫސުން ގޯސްވާނެތީ ސަމާލުވުމަށް އިލްތިމާސްކޮށްފި

5 ދުވަސް ކުރިން - 13:47

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ މެޓުން ހުދު ސަމާލު ނެރެފި

ރާއްޖޭގެ ބޮޑު ބަޔަކަށް މޫސުން ގޯސްވެ ހުދު ސަމާލު ނެރެފި

6 ދުވަސް ކުރިން - 14:23

ގަދަ ހޫނުން ރައްކާތެރިވުމަށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

ގަދަ ހޫނުން ރައްކާތެރިވުމަށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

7 ދުވަސް ކުރިން - 17:37