ދެކުނުގެ އަތޮޅުތަކަށް ކުރި ގަދަ ވިއްސާރައިގައި ފޭދޫއާއި ފުވައްމުލަކަށް ބޮޑެތި ގެއްލުންތަކެއް ވެފައިވާއިރު، މޫސުން އަލިވުމާއެކު ގެއްލުންވި އާއިލާތަކަށް އެހީތެރިކަން ފޯރުކޮށްދީ، ހިދުމަތްތައް އަލުން އިއާދަކުރުމުގެ މަސައްކަތް އެންޑީއެމްއޭއިން ދަނީ ކުރަމުންނެވެ.
27 ދުވަސް ކުރިން - 12:19
މި ދުވަސްވަރު ހޫނު ގަދަވުމުގެ ސަބަބުން "ހީޓް އެކްޒޯސްޝަން" ނުވަތަ ހޫނު ގަދަވެގެން ވަރުބަލިވުމާއި، ފުރާނައަށް ނުރައްކާވެދާނެ ފަދަ ސީރިއަސް ހާލަތެއް ކަމަށްވާ "ހީޓް ސްޓްރޯކް" ޖެހުމުގެ ފުރުސަތު ބޮޑުކަމަށް އެޗްޕީއޭއިން ހާމަކުރި.
35 ދުވަސް ކުރިން - 17:37
މި ބަލީގެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި ހުންއައުމާއި، ކެއްސުމާއި، ނޭފަތުން ފެންއައުމާއި، ލޯ ރަތްވުމުގެ އިތުރުން ހަށިގަނޑުގައި ރަތް ބިހިތަކެއް ނެގުން ހިމެނޭ. ބަލީގެ އަލާމާތްތައް ފެންނަ މީހުން، ޓެސްޓުގެ ނަތީޖާ ލިބެންދެން އެކަހެރިވެ، ގިނަ މީހުން އެއްވާ ތަންތަނަށް ނުދިއުމަށް ސިއްހީ ކަމާބޭހޭ ފަރާތްތަކުން ވަނީ އެދިފަ.
48 ދުވަސް ކުރިން - 16:28
އަހަރަކު 3 މިލިއަން ރުފިޔާގެ ބަޖެޓެއް ކަނޑައަޅާފައިވާ މި ސްކީމުގައި، ޕްރޮޖެކްޓްތަކުގެ ދާއިރާއަށް ބަލައި 75،000 އިން ފެށިގެން 500،000 ރުފިޔާއާ ދެމެދުގެ އެހީ ދިނުމަށް ވަނީ ހަމަޖެހިފަ. މި އެޕްލިކޭޝަންތައް އިވެލުއޭޓް ކުރާނީ ހާއްސަ ކޮމިޓީއަކުން.
56 ދުވަސް ކުރިން - 10:34
ބަލިން ރައްކާތެރިވުމުގެ ގޮތުން، ހިމަބިހީގެ ދެ ޑޯޒް ފުރިހަމަކޮށްފައިވާކަން ޔަގީންނުވާ ފަރާތްތަކުން ލަސްނުކޮށް ވެކްސިން ފުރިހަމަކުރުމަށާއި ބަލިޖެހިފައިވާ މީހަކާއި ގާތުން އެއްތާވި (ކޮންޓެކްޓްވި) ފަރާތްތަކަށް ހުޅުމާލޭ ހޮސްޕިޓަލް ނުވަތަ އާބަން ޕްރައިމަރީ ހެލްތް ކެއާ ސެންޓަރުން ކަނޑައެޅިފައިވާ ގަޑިތަކުގައި ވެކްސިން ޖެހޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައިވާކަމަށް އެޗްޕީއޭއިން ހާމަކުރި.
91 ދުވަސް ކުރިން - 13:22
މި ބަލިން ރައްކާތެރިވުމަށްޓަކައި، ހުން އައުމާއެކު ގައިގައި ރަތް ބިހިތަކެއް ނަގައިފިނަމަ ލަސްނުކޮށް ޑޮކްޓަރަށް ދެއްކުމަށާއި، ހޮސްޕިޓަލަށް ދާއިރު މާސްކު އެޅުމަށް އެޗްޕީއޭއިން ވަނީ އާމުންނަށް އިލްތިމާސްކޮށްފައި.
133 ދުވަސް ކުރިން - 21:52
އިންޑިއާއިން މިހާރު ދަނީ އެ ގައުމަށް އެތެރެވާ މީހުންގެ ތެރެއިން އެބޯލާގެ އަލާމާތްތައް ހުރި ކަމަށް ޝައްކުކުރެވޭ ފަރާތްތައް ސްކްރީން ކުރަމުން. މި ފިޔަވަޅަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުންދާ އެބޯލާ ބައްޔާ ގުޅިގެން. އެޗްޕީއޭއިން ބުނެފައިވަނީ ރާއްޖެއަށް އެބޯލާ އައުމުގެ ފުރުސަތު ކުޑަ ކަމަށް.
137 ދުވަސް ކުރިން - 22:03
ރާއްޖޭގެ އެކި ހިސާބުތަކުގައި އަރިދަފުސް ރޯގާއާއި އިންފްލުއެންޒާ އާންމުކޮށް ފެންނަ މިންވަރަށް ވުރެ އިތުރުވަމުންދާކަން އެ އެޖެންސީގެ ތަފާސްހިސާބުތަކުން ދައްކާ ކަމަށް އެޗްޕީއޭއިން ފާހަގަކުރި.
142 ދުވަސް ކުރިން - 15:55
މިއަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހީގެ ޖުމްލަ 5 ކޭސް ފެނިފައިވާކަން ފާހަގަކޮށް، އެޗްޕީއޭއިން ބުނީ އޭގެ ތެރެއިން ދެ މީހުންނަކީ ރާއްޖެއިން ބޭރުން އައި މީހުން ކަމަށް.
153 ދުވަސް ކުރިން - 16:21
ވިއްސާރަ ދުވަސްވަރު މަދިރީގެ ޒަރިއްޔާއިންނާއި ނޭވާލާ ނިޒާމުން ފެތުރޭ ބަލިތައް އިތުރުވާތީ، ސާފުތާހިރުކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި.
155 ދުވަސް ކުރިން - 08:22
މިއަހަރުގެ ފުރަތަމަ ހަތަރު މަސްތެރޭގައި ޑެންގީ ޖެހުނު މީހުންގެ އަދަދު 2,183 އަށް ވަނީ އަރާފަ
167 ދުވަސް ކުރިން - 13:25
ވޭތުވެދިޔަ މަހު އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ އަރިދަފުސް ރޯގާގެ ކޭސްތައް. ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ބޭރަށް ހިންގުމާއި ހޮޑުލުމުގެ ކޭސްތައް.
213 ދުވަސް ކުރިން - 17:32
ބަލީގެ އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ޑޮކްޓަރަށް ދައްކައި ސިއްހީ ފަރުވާ ހޯދުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ
249 ދުވަސް ކުރިން - 20:39