Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މިދިޔަ މަހު ޑެންގީ ހުމާއި އަރިދަފުސް ރޯގާ ޖެހުނު މީހުންގެ އަދަދު 24،000 އިން މައްޗަށް

މިދިޔަ މަހު ޑެންގީ ހުމާއި އަރިދަފުސް ރޯގާ ޖެހުނު މީހުންގެ އަދަދު 24،000 އިން މައްޗަށް

އައިޝަތު ރުވާ ރިފްޢަތު
63 ދުވަސް ކުރިން - 12 މެއި 2026 08:22
މަދިރީގެ ޒަރީއާއިން ފެތުރޭ ޑެންގީ ހުން---
މަދިރީގެ ޒަރީއާއިން ފެތުރޭ ޑެންގީ ހުން---
ޚުލާސާ

ވިއްސާރަ ދުވަސްވަރު މަދިރީގެ ޒަރިއްޔާއިންނާއި ނޭވާލާ ނިޒާމުން ފެތުރޭ ބަލިތައް އިތުރުވާތީ، ސާފުތާހިރުކަމަށް ސަމާލުވެ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި.

ރާއްޖޭގައި މިދިޔަ އޭޕްރީލް މަހު ޑެންގީ ހުމާއި އަރިދަފުސް ރޯގާ ޖެހިގެން ރިޕޯޓުކުރި މީހުންގެ އަދަދު ވަރަށް ބޮޑަށް އިތުރުވެ، ޖުމްލަ 24،000 އަށްވުރެ މައްޗަށް އަރާފައިވާ ކަމަށް ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ހާމަކޮށްފި އެވެ.

އެޗްޕީއޭ އިން އާންމުކޮށްފައިވާ އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މަދިރީގެ ޒަރީއާއިން ފެތުރޭ ޑެންގީ ހުން ޖެހިގެން ރިޕޯޓުކުރި މިންވަރު ވަނީ މާރިޗު މަހާ އަޅާބަލާއިރު އޭޕްރީލް މަހު އިތުރުވެފަ އެވެ. އެގޮތުން މާރިޗު މަހު 601 ކޭސް ރިޕޯޓުކޮށްފައިވާއިރު، އޭޕްރީލް މަހު އެ އަދަދު ވަނީ 643 އަށް މަތިވެފަ އެވެ. މިކަމާ ގުޅިގެން މަދިރި އާލާވާ ތަންތަން ނައްތާލުމަށާއި، ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތައް އެޅުމަކީ މުހިންމު ކަމެއް ކަމަށް އެ އެޗްޕީއޭއިން ފާހަގަކުރި އެވެ.

އަރިދަފުސް ރޯގާގެ ހާލަތަށް ބަލާއިރު، ބަލި ޖެހުނު މީހުންގެ އަދަދު ވަނީ ވަރަށް ބޮޑަށް އުފުލިފަ އެވެ. މާރިޗު މަހު 20,761 މީހުންނަށް ރޯގާ ޖެހިގެން ރިޕޯޓުކުރިއިރު، އޭޕްރީލް މަހު އެ އަދަދު ވަނީ 24,221 އަށް އަރާފަ އެވެ. މީގެ އިތުރުން އިންފްލުއެންޒާ ޖެހޭ މިންވަރުވެސް ވަނީ އިތުރުވެފަ އެވެ. މާރިޗު މަހު އިންފްލުއެންޒާއަށް ފައްސިވެފައިވަނީ އެންމެ 5 މީހުން ނަމަވެސް، އޭޕްރީލް މަހު އެ އަދަދު ވަނީ 62 އަށް އުފުލިފަ އެވެ.

Advertisement

Advertisement 1

އެޗްޕީއޭގެ ތަފާސްހިސާބުތަކުގައިވާ ގޮތުން، ބޭރަށް ހިނގުމުގެ ބަލި ޖެހިގެންވެސް މިދިޔަ މަހު ގިނަ އަދަދެއްގެ މީހުން ވަނީ ރިޕޯޓުކޮށްފަ އެވެ. އެގޮތުން ޖުމްލަ 3,993 މީހަކު މި ބަލީގައި ފަރުވާ ހޯދާފައިވެ އެވެ.

މި ދުވަސްވަރަކީ ވިއްސާރަ ދުވަސްވަރަކަށްވެފައި، މަދިރީގެ ޒަރިއްޔާއިން ފެތުރޭ ބަލިތަކާއި ނޭވާލާ ނިޒާމުގެ ބަލިތައް އިތުރުވަމުންދާތީ، އާންމު ސާފުތާހިރުކަމަށް ސަމާލުވުމަށާއި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އެޗްޕީއޭ އިން ވަނީ އާމުންނަށް އިލްތިމާސްކޮށްފަ އެވެ. ވަކިން ހާއްސަކޮށް ކޮވިޑް-19 އާއި އިންފްލުއެންޒާ ފަދަ ބަލިތަކުން ރައްކާތެރިވުމަށް މާސްކު އެޅުމާއި ގިނަގިނައިން އަތްދޮވުން ފަދަ އާދަތައް އަށަގެންނެވުމަށް އެ އިދާރާއިން ވަނީ އިރުޝާދުދީފަ އެވެ.

އެޗްޕީއޭ
Ad
Ad

ގުޅޭ ޚަބަރުތައް

ރާއްޖޭގައި ހިމަބިހި ޖެހުނު މީހުންގެ އަދަދު 144 އަށް އަރައިފި

ރާއްޖޭގައި ހިމަބިހި ޖެހުނު މީހުންގެ އަދަދު 144 އަށް އަރައިފި

12 ގަޑިއިރު ކުރިން - 13:22

ރާއްޖޭގައި ހިމަބިއްސަށް ޕޮޒިޓިވްވި މީހުންގެ އަދަދު 11 އަށް އަރައިފި

ރާއްޖޭގައި ހިމަބިއްސަށް ޕޮޒިޓިވްވި މީހުންގެ އަދަދު 11 އަށް އަރައިފި

42 ދުވަސް ކުރިން - 21:52

އިންޑިއާއަށް އެތެރެވާ ދިވެހީން "ސެލްފް ޑެކްލަރޭޝަން" ފޯމު ހުށަހަޅަން ނިންމައިފި

އިންޑިއާއަށް އެތެރެވާ ދިވެހީން "ސެލްފް ޑެކްލަރޭޝަން" ފޯމު ހުށަހަޅަން ނިންމައިފި

46 ދުވަސް ކުރިން - 22:03

ޗުއްޓީ ދުވަސްވަރު ބަލިތަކުން ރައްކާތެރިވުމަށް އެޗް.ޕީ.އޭ އިން އިލްތިމާސްކޮށްފި

މިދުވަސްވަރު ބަލިތަކުން ރައްކާތެރިވުމަށް އެޗް.ޕީ.އޭއިން އިލްތިމާސްކޮށްފި

51 ދުވަސް ކުރިން - 15:55

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހީގެ ދެ ކޭސް މާލެ ސަރަހައްދުން ފެނިއްޖެ

ހިމަބިހީގެ ދެކޭސް މާލެ ސަރަހައްދުން ފެނިއްޖެ

62 ދުވަސް ކުރިން - 16:21

ޑެންގީ ޖެހުނު މީހުންގެ އަދަދު މިދިޔަ އަހަރަށްވުރެ 400 ޕަސެންޓް އިތުރު

ޑެންގީ ޖެހުނު މީހުންގެ އަދަދު %400އަށް އިތުރުވެއްޖެ

76 ދުވަސް ކުރިން - 13:25

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%