Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ގަދަ ހޫނުން ރައްކާތެރިވުމަށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

ގަދަ ހޫނުން ރައްކާތެރިވުމަށް ސަމާލުވުމަށް އެޗްޕީއޭއިން އިލްތިމާސްކޮށްފި

އައިޝަތު ރުވާ ރިފްޢަތު
22 ގަޑިއިރު ކުރިން - 8 ސެޕްޓެންބަރު 2026 17:37
މާލެ މަގުމަތި / ފޮޓޯ: ޚުލާސާ
މާލެ މަގުމަތި / ފޮޓޯ: ޚުލާސާ
ޚުލާސާ

މި ދުވަސްވަރު ހޫނު ގަދަވުމުގެ ސަބަބުން "ހީޓް އެކްޒޯސްޝަން" ނުވަތަ ހޫނު ގަދަވެގެން ވަރުބަލިވުމާއި، ފުރާނައަށް ނުރައްކާވެދާނެ ފަދަ ސީރިއަސް ހާލަތެއް ކަމަށްވާ "ހީޓް ސްޓްރޯކް" ޖެހުމުގެ ފުރުސަތު ބޮޑުކަމަށް އެޗްޕީއޭއިން ހާމަކުރި.

ރާއްޖޭގެ ފިނިހޫނުމިން އާންމު މިންވަރަށްވުރެ މައްޗަށް ދާތީ، ހޫނުގެ ސަބަބުން ކުރިމަތިވެދާނެ ސިއްހީ މައްސަލަތަކުން ރައްކާތެރިވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

އެޗްޕީއޭއިން ބުނި ގޮތުގައި، މި ދުވަސްވަރު ހޫނު ގަދަވުމުގެ ސަބަބުން "ހީޓް އެކްޒޯސްޝަން" ނުވަތަ ހޫނު ގަދަވެގެން ވަރުބަލިވުމާއި، ފުރާނައަށް ނުރައްކާވެދާނެ ފަދަ ސީރިއަސް ހާލަތެއް ކަމަށްވާ "ހީޓް ސްޓްރޯކް" ޖެހުމުގެ ފުރުސަތު ބޮޑުވެގެންދެ އެވެ. އެހެންކަމުން މިފަދަ ހާލަތްތަކުގައި ފެންނާނެ އަލާމާތްތަކަށް ހުރިހާ ފަރާތްތަކުންވެސް ސަމާލުވެ، ކުއްލި ނުރައްކަލުގެ ހާލަތްތަކުގައި އަވަސް ފިޔަވަޅު އެޅުމަށް އެ އޭޖެންސީން ވަނީ އެދިފަ އެވެ.

ހީޓް ސްޓްރޯކް ޖެހުމުން ފެނިދާނެ މައިގަނޑު އަލާމާތްތަކުގެ ތެރޭގައި:

Advertisement

Advertisement 1
  1. ބޮލަށް އެނބުރުން އެރުން، މޫނުމައްޗަށް އަނދިރިވުން ނުވަތަ ހޭނެތުން
  2. ހަށިގަނޑުގެ ހޫނުމިން އާދަޔާ ޚިލާފަށް މައްޗަށް ދިއުން (40 ޑިގްރީ ސެލްސިއަސް ނުވަތަ އެއަށްވުރެ މަތިވުން)
  3. ހަންގަނޑު ރަތްވެ، އާދަޔާ ޚިލާފަށް ހޫނުވުން
  4. ވިންދު ޖަހާ މިންވަރު އަވަސްވެ، ނޭވާލާން އުނދަގޫވުން

ހޫނުގެ އަސަރުކޮށްގެން ހީޓް ސްޓްރޯކްގެ އަލާމާތެއް ފެނިއްޖެނަމަ އަޅަންޖެހޭ އަވަސް ފިޔަވަޅުތަކުގެ ތެރޭގައި، ލަސްނުކޮށް އެމަޖެންސީ ހިދުމަތުގެ ނަންބަރު 100 އަށް ގުޅައި ސިއްހީ އެހީތެރިކަން ހޯދުމާއި، ހިޔާވާ ސަރަހައްދަކަށް ނުވަތަ އޭސީ ކޮށްފައިވާ ފިނި ތަނަކަށް ބަދަލުވުން ހިމެނެ އެވެ. އަދި ބާރު އަންނައުނެއް ލައިގެން ހުރިނަމަ ދޫ އަންނައުނަކަށް ބަދަލުކުރުމާއި، ތެތް ފޮތިކޮޅަކުން ހަށިގަނޑުގައި ފިނިފެން އުނގުޅައިގެން ހަށިގަނޑު ފިނިކުރުން ހިމެނެ އެވެ. މީގެއިތުރުން ހޭވެރިކަން ނެތްނަމަ އަނގަޔަށް އެއްވެސް އެއްޗެއް (ފެންވެސް) ނުދިނުމަށާއި، ހޭވެރިކަން ހުރިނަމަ ފެންފޮދެއް ދިނުމަށް އެޗްޕީއޭއިން ވަނީ އިރުޝާދު ދީފަ އެވެ.

ރާއްޖޭގެ ހޫނުމިނަށް ބަލާއިރު، މިއަދު އިހްސާސް ކުރެވޭ ފިނިހޫނުމިން އެންމެ މަތިވާނެ ކަމަށް ލަފާކޮށްފައިވަނީ ގދ. ކާޑެއްދޫއަށެވެ. އެއީ 37.3 ޑިގްރީ ސެލްސިއަސްގަ އެވެ. އަދި މާލެ ސަރަހައްދުގައި މިއަދު އިހުސާސްކުރެވޭ ހޫނުމިން ހުރީ 34 ޑިގްރީ ސެލްސިއަސްގަ އެވެ.

މޫސުމާ ބެހޭ ގައުމީ އިދާރާއިން ހާމަކުރި ގޮތުގައި، ޕެސިފިކް ކަނޑުގައި އެލްނީނޯގެ ބާރު ގަދަވަމުންދާތީ، މި މަހުން ފެށިގެން ނޮވެންބަރު މަހުގެ ނިޔަލަށް ރާއްޖޭގެ ފިނިހޫނުމިން އާންމުކޮށް ހުންނަ ވަރަށްވުރެ މަތިވާނެ ކަމަށް ލަފާކުރެވެ އެވެ. އަދި މި މުއްދަތުގައި މެދުރާއްޖެތެރެއަށް އާންމު މިންވަރަށްވުރެ އިތުރަށް ވާރޭ ވެހޭނެ ކަމަށް ބެލެވުނު ނަމަވެސް، ދެކުނުގެ އަތޮޅުތަކަށް ވާރޭވެހޭ މިންވަރު މަދުވާނެ ކަމަށް ވަނީ ލަފާކޮށްފަ އެވެ.

އެހެންކަމުން، ދުވާލުގެ ހޫނުގަދަ ވަގުތުތަކުގައި ބޭރުގައި އުޅުން މަދުކުރުމަށާއި، ގިނަގިނައިން ފެން ބުއިމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ. ހާއްސަކޮށް ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުން އަދި ދާއިމީ ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކުން މި ދުވަސްވަރު ސިއްހަތަށް ޚާއްސަ ސަމާލުކަމެއް ދިނުމަށް އެޗްޕީއޭއިން ވަނީ އެދިފަ އެވެ.

އެޗްޕީއޭ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ހިމަބިހީގެ ކޭސްތައް އިތުރުވާތީ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަށް އިލްތިމާސް ކޮށްފި!

ހިމަބިހި ފެތުރޭތީ މީހުން އެއްވެ އުޅޭ ތަންތަނަށް ނުދިޔުމަށް އިލްތިމާސް ކޮށްފި!

13 ދުވަސް ކުރިން - 16:28

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމުގެ ހޭލުންތެރިކަން އިތުރުކުރުމަށް ޖަމްއިއްޔާތަކަށް މާލީ އެހީ ދިނުމަށް ހުޅުވާލައިފި

ދުންފަތުގެ އިސްތިއުމާލުކުރުން ހުއްޓުވުމުގެ ހޭލުންތެރިކަން އިތުރުކުރުމަށް ޖަމްޢިއްޔާތަކަށް މާލީއެހީ ދިނުމަށް ހުޅުވާލައިފި

22 ދުވަސް ކުރިން - 10:34

ރާއްޖޭގައި ހިމަބިހި ޖެހުނު މީހުންގެ އަދަދު 144 އަށް އަރައިފި

ރާއްޖޭގައި ހިމަބިހި ޖެހުނު މީހުންގެ އަދަދު 144 އަށް އަރައިފި

57 ދުވަސް ކުރިން - 13:22

ރާއްޖޭގައި ހިމަބިއްސަށް ޕޮޒިޓިވްވި މީހުންގެ އަދަދު 11 އަށް އަރައިފި

ރާއްޖޭގައި ހިމަބިއްސަށް ޕޮޒިޓިވްވި މީހުންގެ އަދަދު 11 އަށް އަރައިފި

98 ދުވަސް ކުރިން - 21:52

އިންޑިއާއަށް އެތެރެވާ ދިވެހީން "ސެލްފް ޑެކްލަރޭޝަން" ފޯމު ހުށަހަޅަން ނިންމައިފި

އިންޑިއާއަށް އެތެރެވާ ދިވެހީން "ސެލްފް ޑެކްލަރޭޝަން" ފޯމު ހުށަހަޅަން ނިންމައިފި

102 ދުވަސް ކުރިން - 22:03

ޗުއްޓީ ދުވަސްވަރު ބަލިތަކުން ރައްކާތެރިވުމަށް އެޗް.ޕީ.އޭ އިން އިލްތިމާސްކޮށްފި

މިދުވަސްވަރު ބަލިތަކުން ރައްކާތެރިވުމަށް އެޗް.ޕީ.އޭއިން އިލްތިމާސްކޮށްފި

108 ދުވަސް ކުރިން - 15:55