Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އިންޑިއާއަށް އެތެރެވާ ދިވެހީން "ސެލްފް ޑެކްލަރޭޝަން" ފޯމު ހުށަހަޅަން ނިންމައިފި

އިންޑިއާއަށް އެތެރެވާ ދިވެހީން "ސެލްފް ޑެކްލަރޭޝަން" ފޯމު ހުށަހަޅަން ނިންމައިފި

އައިޝަތު ރުވާ ރިފްޢަތު
46 ދުވަސް ކުރިން - 29 މެއި 2026 22:03
ފަތުރުވެރިން ވެލާނާ އެއާޕޯޓުގައި / ފޮޓޯ: ޚުލާސާ
ފަތުރުވެރިން ވެލާނާ އެއާޕޯޓުގައި / ފޮޓޯ: ޚުލާސާ
ޚުލާސާ

އިންޑިއާއިން މިހާރު ދަނީ އެ ގައުމަށް އެތެރެވާ މީހުންގެ ތެރެއިން އެބޯލާގެ އަލާމާތްތައް ހުރި ކަމަށް ޝައްކުކުރެވޭ ފަރާތްތައް ސްކްރީން ކުރަމުން. މި ފިޔަވަޅަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުންދާ އެބޯލާ ބައްޔާ ގުޅިގެން. އެޗްޕީއޭއިން ބުނެފައިވަނީ ރާއްޖެއަށް އެބޯލާ އައުމުގެ ފުރުސަތު ކުޑަ ކަމަށް.

އިންޑިއާއަށް ދަތުރުކުރާ ދިވެހީން ހިމެނޭ ގޮތަށް، އެ ގައުމަށް އެތެރެވާ ހުރިހާ ދަތުރުވެރިން ސެލްފް ޑެކްލަރޭޝަން ފޯމު (އެސްޑީއެފް) ހުށަހަޅަން ޖެހޭ ގޮތަށް އިންޑިއާގެ ޑައިރެކްޓާ ޖެނެރަލް އޮފް ސިވިލް އޭވިއޭޝަން (ޑީޖީސީއޭ) އިން ނިންމައިފި އެވެ.

މި ފިޔަވަޅަކީ ދުނިޔޭގެ އެކި ހިސާބުތަކުގައި ފެތުރެމުންދާ އެބޯލާ ބައްޔާ ގުޅިގެން ރައްކާތެރިކަމުގެ ގޮތުން އެޅި ފިޔަވަޅެކެވެ. އިންޑިއާގެ ސިވިލް އޭވިއޭޝަނުން މިގޮތަށް ނިންމާފައިވަނީ އެބޯލާ ބައްޔަކީ ބައިނަލްއަގްވާމީ ފެންވަރެއްގައި އާންމު ސިއްހަތަށް އޮތް ކުއްލި ނުރައްކަލެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ކަނޑައެޅުމާ ގުޅިގެންނެވެ.

މި އާ އުސޫލުގެ ދަށުން، އިންޑިއާއަށް ދަތުރުކުރާ ކޮންމެ މީހަކު ވެސް އެ މީހެއްގެ ސިއްހީ ހާލަތު ބަޔާންކޮށް ފޯމު ފުރިހަމަކުރަން ޖެހޭނެ އެވެ. ރާއްޖޭގެ ގައުމީ އެއާލައިން، މޯލްޑިވިއަން އިން ވަނީ އިންޑިއާ ސަރުކާރުގެ މި ނިންމުމާ އެއްގޮތަށް އަމަލުކުރުމަށް ދަތުރުވެރިންނަށް އިލްތިމާސްކޮށްފަ އެވެ. މޯލްޑިވިއަންއިން ބުނި ގޮތުގައި މި ފޯމު އެ އެއާލައިންގެ ވެބްސައިޓް މެދުވެރިކޮށް ލިބެން ހުންނާނެ އެވެ. އަދި ފުރިހަމަކޮށްފައިވާ ފޯމު އިންޑިއާއަށް ދިއުމަށްފަހު އެ ގައުމުގެ ހެލްތު އަދި އިމިގްރޭޝަން ކައުންޓަރުތަކަށް ހުށަހަޅަން ޖެހޭނެ ކަމަށްވެސް އެ އެއާލައިނުން ބުންޏެވެ.

Advertisement

Advertisement 1

އިންޑިއާގެ ކަމާބެހޭ ފަރާތްތަކުން މިހާރު ދަނީ އެ ގައުމަށް އެތެރެވާ މީހުންގެ ތެރެއިން އެބޯލާގެ އަލާމާތްތައް ހުރި ކަމަށް ޝައްކުކުރެވޭ ފަރާތްތައް ސްކްރީން ކުރަމުންނެވެ. މިހާތަނަށް ޓެސްޓު ކުރި އެންމެންގެ ނަތީޖާ ނެގެޓިވް ވި ނަމަވެސް، ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން އެ ފަރާތްތައް ވަނީ ކަރަންޓީނުކޮށްފަ އެވެ. މީގެ އިތުރުން، ފްލައިޓްތަކުގެ ތެރޭގައި ވެސް ސިއްހީ ރައްކާތެރިކަމުގެ މައުލޫމާތު ދިނުމަށް އިންޑިއާގެ ކަމާބެހޭ އިދާރާތަކުން ވަނީ އެއާލައިންތަކަށް އަންގާފަ އެވެ.

މިކަމާ ގުޅިގެން އެޗްޕީއޭއިން ބުނެފައިވަނީ ރާއްޖެއަށް އެބޯލާ އައުމުގެ ފުރުސަތު ކުޑަ ކަމަށެވެ. އެހެންނަމަވެސް، ބަލި ފެތުރޭ ސަރަހައްދުތަކަށް ކޮންމެހެން ކުރަންޖެހޭ ދަތުރުތައް ފިޔަވައި އެހެން ދަތުރުތައް ނުކުރުމަށާއި، ސިއްހީ އިދާރާތަކުން ދޭ އިރުޝާދުތަކަށް ސަމާލުވުމަށް އެޗްޕީއޭ އިން ވަނީ އާމުންނަށް އިލްތިމާސްކޮށްފަ އެވެ.

އިންޑިއާ - ރާއްޖެއެޗްޕީއޭމޯލްޑިވިއަންއިބޯލާ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރާއްޖޭގައި ހިމަބިހި ޖެހުނު މީހުންގެ އަދަދު 144 އަށް އަރައިފި

ރާއްޖޭގައި ހިމަބިހި ޖެހުނު މީހުންގެ އަދަދު 144 އަށް އަރައިފި

12 ގަޑިއިރު ކުރިން - 13:22

ބޯޓެއް ބަންޑުންޖަހާލައި އިންޑިއާގެ 15 ފަތުރުވެރިން މަރުވެއްޖެ

ބޯޓެއް ބަންޑުންޖަހާލައި އިންޑިއާގެ 15 ފަތުރުވެރިން މަރުވެއްޖެ

3 ދުވަސް ކުރިން - 23:36

އުންމީދަކީ ދެ ގައުމުގެ ރައްޔިތުންނަށް އިގްތިސާދީ ގޮތުން ފާގަތި ފުރުސަތުތަކެއް ފަހިވެގެންދިއުން: ސައީދު

"އުންމީދަކީ ދެ ގައުމުގެ ރައްޔިތުންނަށް އިގްތިސާދީ ގޮތުން ފާގަތި ފުރުސަތުތަކެއް ފަހިވެގެންދިއުން"

4 ދުވަސް ކުރިން - 16:25

ކޮންގޯގައި ފެތުރެމުންދާ އިބޯލާ ބައްޔަށް ފަރުވާކުރުމުގެ ކްލިނިކަލް ޓްރަޔަލްތައް ފަށައިފި

ކޮންގޯގައި ފެތުރެމުންދާ އިބޯލާ ބައްޔަށް ފަރުވާކުރުމުގެ ކްލިނިކަލް ޓްރަޔަލްތައް ފަށައިފި

10 ދުވަސް ކުރިން - 21:44

އިންޑިއާއިން ރާއްޖެއަށް ހިމަބިއްސާއި ރުބެއްލާ ވެކްސިން އަދި 3 ޓަނުގެ ސިއްހީ ސާމާނު ހަދިޔާކޮށްފި

އިންޑިއާއިން ރާއްޖެއަށް 3 ޓަނުގެ ސިއްހީ ސާމާނު ހަދިޔާކޮށްފި

31 ދުވަސް ކުރިން - 13:15

އިންޑިއާގެ ބޮޑުވަޒީރުކަމުގައި އެންމެ ގިނަ ދުވަސްވީ ބޭފުޅާގެ ޝަރަފު މޯދީ ހޯއްދެވުމުން ރައީސް މަރުހަބާ ވިދާޅުވެއްޖެ

މޯދީގެ ރެކޯޑާއެކު ރައީސް މަރުހަބާ ވިދާޅުވެއްޖެ

34 ދުވަސް ކުރިން - 12:43