Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ތިލަމާލެ ބުރިޖުގެ މަސައްކަތުގެ ދުވެލި އަވަސްވީ ބޮޑުވަޒީރު މޯދީއާ ބައްދަލުވެ ކުރެވުނު މަޝްވަރާތަކަށްފަހު: ރައީސް

ތިލަމާލެ ބުރިޖުގެ މަސައްކަތުގެ ދުވެލި އަވަސްވީ ބޮޑުވަޒީރު މޯދީއާ ބައްދަލުވެ ކުރެވުނު މަޝްވަރާތަކަށްފަހު: ރައީސް

އައިޝަތު ރުވާ ރިފްޢަތު
6 ގަޑިއިރު ކުރިން - 26 އޯގަސްޓް 2026 23:42
"ނެޝަލަން ޗެޓް" ޕްރޮގްރާމުގައި ރައީސް ވާހަކަފުޅު ދައްކަވަނީ---
"ނެޝަލަން ޗެޓް" ޕްރޮގްރާމުގައި ރައީސް ވާހަކަފުޅު ދައްކަވަނީ---
ޚުލާސާ

ކުރީ ސަރުކާރުގައި މި މަޝްރޫއު ލަސްވި ނަމަވެސް، ސިނަމާލެ ބުރިޖެކޭ އެއްފަދައިން މި ސަރުކާރުން ބޮޑު އިސްކަމެއް ދީގެން ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށާއި، މިއީ އިގްތިސާދީ ގޮތުން ބޮޑު ފައިދާއެއް ކުރާނެ މަޝްރޫއެއް ކަމަށް ރައީސް ވިދާޅުވި.

ތިލަމާލެ ބުރިޖުގެ މަސައްކަތުގެ ދުވެލި އަވަސްވެގެން ދިޔައީ، ވެރިކަމުގެ ކުރީކޮޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުވެ ކުރެވުނު މަޝްވަރާތަކަށްފަހު ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

"ނެޝަނަލް ޗެޓް" ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ، ނިމިދިޔަ ސަރުކާރުގައި ތިލަމާލެ ބުރިޖުގެ މަސައްކަތް ދިޔައީ ވަރަށް އާދައިގެ ދުވެއްޔެއްގައި ކަމަށެވެ. އެގޮތުން އެ ދުވަސްވަރު ފެނިގެންދިޔައީ ކެރޭނެއް ވެއްޓިފައި އޮތް ތަން ނުވަތަ ފަރަށް ލައްގާފައި އޮތް މަންޒަރު ކަމަށާއި، ވެރިކަން ބަދަލުވިއިރު ފެންނަން ހުރީ ތަނބެއް ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ނަމަވެސް، ވެރިކަމާ ހަވާލުވެވަޑައިގަތުމަށްފަހު ކުރީކޮޅުގައި އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީއާ ބައްދަލުކުރައްވައި، ތިލަމާލެ ބުރިޖުގެ މަޝްރޫއު ކާމިޔާބުކަމާއެކު އަވަހަށް ތަންފީޒުކުރަން ބޭނުންފުޅުވާ ވާހަކަ އިސްވެ ދެންނެވި ކަމަށް ރައީސް ވިދާޅުވިއެވެ. އަދި މި މަޝްރޫއު އަވަސްކުރުމަށްޓަކައި ދެ ގައުމުގެ ދެމެދުގައި 'ހައި ލެވެލް ކޮމިޓީ' އެއް އުފެއްދެވުމަށް މޯދީގެ އަރިހުގައި އެދިވަޑައިގެންނެވި ކަމަށާއި، އޭގެ ނަތީޖާއެއްގެ ގޮތުން އުފެދުނު ކޮމިޓީގެ ސަބަބުން ގިނަގުނަ މަސައްކަތްތަކެއް ހަލުވިކަމާއެކު ފެށިގެން ދިޔަކަން ރައީސް ހާމަކުރެއްވިއެވެ. މީގެއިތުރުން، މި ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން ވެސް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާއިން މި މަޝްރޫއަށް ވަރަށް ބޮޑު އިސްކަމެއް ދެއްވަމުން ގެންދަވާ ކަމަށް ވިދާޅުވިއެވެ.

Advertisement

Advertisement 1

ރައީސްގެ ވާހަކަފުޅުގައި، 2018 ވަނަ އަހަރު ނިމުނު ސަރުކާރުގައި އެމަނިކުފާނު ހައުސިންގ މިނިސްޓަރަކަށް ހުންނެވި ދުވަސްވަރު ސިނަމާލެ ބުރިޖުގެ މަސައްކަތް ކުރިއަށް ގެންދެވި ގޮތް ހަނދުމަފުޅު އާކުރެއްވިއެވެ. އެގޮތުން އެއީ އެމަނިކުފާނު އެންމެ އިސްކަން ދެއްވި މަޝްރޫއު ކަމަށާއި، ކޮންމެ ހަފުތާއަކު ސައިޓަށް ވަޑައިގެންނެވުމުގެ އިތުރުން އޮފީސް ތެރެއިން ވެސް މުޅި ޓީމު ގާތްގަނޑަކަށް 24 ގަޑިއިރު މަސައްކަތްކުރި ކަމަށް ވިދާޅުވިއެވެ. އަދި ތިލަމާލެ ބުރިޖުގެ މަސައްކަތް ވެސް ކުރިއަށް ގެންދަވަން ބޭނުންފުޅުވީ އެފަދަ ބޮޑު އިސްކަމެއް ދެއްވައިގެން ކަމަށް ރައީސް ވިދާޅުވިއެވެ.

މި ސަރުކާރާ ހަވާލުވިއިރު މި މަޝްރޫއު އޮތް ހިސާބުން ފެށިގެން ބަލާއިރު، ކުރިއަށް އޮތް އަހަރެއްހާ ދުވަހުގެ ތެރޭގައި މުޅި ބުރިޖުގެ މަސައްކަތް އެއްކޮށް ނިންމާލެވޭނެ ކަމަށް ގަބޫލުފުޅު ކުރައްވާ ކަމަށް ރައީސް ޑރ. މުއިއްޒު ވިދާޅުވިއެވެ.

ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ، ތިލަމާލެ ބުރިޖު މަޝްރޫއު ނިމިގެން ދިއުމަކީ ދިވެހިރާއްޖޭގެ އިގްތިސާދަށް އޭގެ ސަބަބުން ނުހަނު ބޮޑެތި ފައިދާތަކާއި މަންފާތަކެއް ލިބިގެންދާނެ މުހިންމު މަޝްރޫއެއް ކަމަށެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުތިލަމާލެ ބްރިޖުނަރެންދްރަ މޯދީއިންޑިއާ - ރާއްޖެ
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އެސެޓް ރިކަވަރީ ބިލުގެ މައިގަނޑު އަމާޒަކީ ކޮރަޕްޝަން ނައްތާލުން، ކުރީ ސަރުކާރުތަކުން އެސެޓް ރިކަވަރީ ނަމުގައި ކުރީ ސިޔާސީ މަސައްކަތެއް: ރައީސް

އެސެޓް ރިކަވަރީ ބިލުގެ މައިގަނޑު އަމާޒަކީ ކޮރަޕްޝަން ނައްތާލުން: ރައީސް

7 ގަޑިއިރު ކުރިން - 23:02

ބޭރު ފައިސާގެ މައްސަލައިގައި ގެންނަ އިސްލާހުތަކަކީ ދިރާސާތަކަށްފަހު ގެންނަ ބަދަލުތަކެއް: ރައީސް

ބޭރު ފައިސާގެ މައްސަލައިގައި ގެންނަ އިސްލާހުތަކަކީ ދިރާސާތަކަށްފަހު ގެންނަ ބަދަލުތަކެއް: ރައީސް

7 ގަޑިއިރު ކުރިން - 22:31

އެލްޖީއޭގެ ބޯޑަށް އައްޔަންކުރުމަށް ރައީސް މުޢިއްޒު ފޮނުއްވި ދެ ބޭފުޅުންނަށް މަޖިލީހުން ރުހުން ދީފި

އެލްޖީއޭގެ ބޯޑަށް 2 ބޭފުޅަކު އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފި

13 ގަޑިއިރު ކުރިން - 16:36

އޮސްޓްރޭލިއާގެ އިގްތިސާދީ ސަލާމަތަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު މުހިއްމު: ދިފާއީ ގުޅުންތައް ފުޅާކުރަން ފަށައިފި

އޮސްޓްރޭލިއާގެ އިގްތިސާދީ ސަލާމަތަށް ރާއްޖޭގެ ކަނޑުގެ ސަރަހައްދު މުހިއްމު

19 ގަޑިއިރު ކުރިން - 11:02

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ވެސް ނުހިމެނޭ ނަމެއް އެބައޮތް؛ އެއީ ޑރ. މުހައްމަދު މުއިއްޒު

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ވެސް ނުހިމެނޭ ނަމެއް އެބައޮތް!

1 ދުވަސް ކުރިން - 11:16

އަނެއްކާވެސް ރެކޯޑެއް! 716 ހެކްޓަރާއެކު މިހާރު ރާއްޖޭގެ އޮތް އެންމެ ބޮޑު ބިމަކީ ރަސްމާލެ؛ ދެން ކިޔާނީ ކީކޭބާ؟

716 ހެކްޓަރާއެކު މިހާރު ރާއްޖޭގެ އޮތް އެންމެ ބޮޑު ބިމަކީ ރަސްމާލެ

2 ދުވަސް ކުރިން - 23:03