Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ޗުއްޓީ ދުވަސްވަރު ބަލިތަކުން ރައްކާތެރިވުމަށް އެޗް.ޕީ.އޭ އިން އިލްތިމާސްކޮށްފި

ޗުއްޓީ ދުވަސްވަރު ބަލިތަކުން ރައްކާތެރިވުމަށް އެޗް.ޕީ.އޭ އިން އިލްތިމާސްކޮށްފި

އައިޝަތު ރުވާ ރިފްޢަތު
51 ދުވަސް ކުރިން - 24 މެއި 2026 15:55
މިދިޔަ އަހަރުގެ އީދު ދުވަސްވަރު އެމްއެމްއޭ ކުރިމަތިން ބަޔަކު ފުރަން ދަނީ. / ފޮޓޯ: ޚުލާސާ
މިދިޔަ އަހަރުގެ އީދު ދުވަސްވަރު އެމްއެމްއޭ ކުރިމަތިން ބަޔަކު ފުރަން ދަނީ. / ފޮޓޯ: ޚުލާސާ
ޚުލާސާ

ރާއްޖޭގެ އެކި ހިސާބުތަކުގައި އަރިދަފުސް ރޯގާއާއި އިންފްލުއެންޒާ އާންމުކޮށް ފެންނަ މިންވަރަށް ވުރެ އިތުރުވަމުންދާކަން އެ އެޖެންސީގެ ތަފާސްހިސާބުތަކުން ދައްކާ ކަމަށް އެޗްޕީއޭއިން ފާހަގަކުރި.

ކުރިއަށް އޮތް އީދު ބަންދާއި ޗުއްޓީ ދުވަސްވަރާ ދިމާކޮށް، ރާއްޖޭގެ އެކި ހިސާބުތަކުގައި ބަލިތައް ފެތުރުން އިތުރުވަމުންދާތީ، އެކަމަށް ސަމާލުވުމަށް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗް.ޕީ.އޭ) އިން މިއަދު އިލްތިމާސްކޮށްފި އެވެ. އެޗް.ޕީ.އޭ އިން ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މިދުވަސްވަރު ރާއްޖޭގެ އެކި ހިސާބުތަކުގައި އަރިދަފުސް ރޯގާއާއި އިންފްލުއެންޒާ އާންމުކޮށް ފެންނަ މިންވަރަށް ވުރެ އިތުރުވަމުންދާކަން އެ އެޖެންސީގެ ތަފާސްހިސާބުތަކުން ދައްކާ ކަމަށެވެ. އަދި މާލެ ސަރަހައްދުން ހިމަބިހީގެ ކޭސްތަކެއް ވެސް ރިޕޯޓްކޮށްފައިވާތީ، ބަލިތައް ފެތުރުން ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުން މުހިންމު ކަމަށް އެ އެޖެންސީން ފާހަގަކުރެ އެވެ.

އީދު ބަންދާ ދިމާކޮށް ރާއްޖެއިން ބޭރަށާއި އަތޮޅުތަކަށް ދަތުރުފަތުރުކުރުން އިތުރުވެ، މީހުން އެއްވެ އުޅޭ ތަންތަނަށް ދިއުން ގިނަވާނެތީ، ބަލިތަކުން ރައްކާތެރިވުމަށް އަންނަނިވި ކަންކަމަށް ސަމާލުކަން ދިނުމަށް އެޗް.ޕީ.އޭ އިން ވަނީ އިލްތިމާސްކޮށްފަ އެވެ:

ބަލީގެ އަލާމާތްތައް ފެނުން: ހުން އައިސް ނުވަތަ ނޭވާލާ ނިޒާމުގެ ބަލީގެ އަލާމާތެއް ފެންނަނަމަ ގޭގައި މަޑުކުރުމާއި، އާންމު އެއްވުންތަކަށް ނުދިއުން. ހާލަތު ގޯސްވާނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުން.

Advertisement

Advertisement 1

މާސްކު އެޅުން: ސިއްހީ ފަރުވާ ހޯދަން ދާއިރު މާސްކު އެޅުމާއި، އެއާޕޯޓް ޓާމިނަލް، ފެރީ ލައުންޖް އަދި އާންމު ދަތުރުފަތުރުކުރާ އުޅަނދުފަހަރު ފަދަ ބަންދު ތަންތަނުގައި މާސްކު އެޅުން.

ސާފުތާހިރުކަން: ސައިބޯނި ލައިގެން އަތް ދޮވުން ނުވަތަ ސެނިޓައިޒާ ބޭނުންކުރުން.

ވެކްސިން ފުރިހަމަކުރުން: ވެކްސިނުން ރައްކާތެރިވެވޭ ބަލިތަކުން ސަލާމަތްވުމަށްޓަކައި ވެކްސިންގެ ޑޯޒްތައް ފުރިހަމަކުރުން.

މަދިރިން ރައްކާތެރިވުން: މަދިރި ހެފުމުން ރައްކާތެރިވުމަށް ލޯޝަނާއި ސްޕްރޭ ބޭނުންކުރުމާއި، ހަށިގަނޑު ނިވާވާ ފަދަ ހެދުން އެޅުން. އަދި ގޭތެރެއާއި ގޯތިތެރޭގައި މަދިރި އާލާވާ ތަންތަން ނައްތާލުން.

މީގެ އިތުރުން، ހިމަބިހި ފަދަ ބަލިތަކަށް ޝައްކު ކުރެވިގެން ޓެސްޓެއް ހަދައިފިނަމަ، ނަތީޖާ ލިބެންދެން އެކަހެރިވެގެން ހުރުމަށް ވެސް އެ އެޖެންސީން ވަނީ އަންގާފަ އެވެ. ސިއްހީ މައުލޫމާތު ހޯދުމުގައި ރަސްމީ ވަސީލަތްތަކުން ހިއްސާކުރާ މައުލޫމާތަށް ބަރޯސާވުމަށް ވެސް އާންމު ރައްޔިތުންނަށް ވަނީ އިލްތިމާސްކޮށްފަ އެވެ.

އެޗްޕީއޭޢީދު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރާއްޖޭގައި ހިމަބިހި ޖެހުނު މީހުންގެ އަދަދު 144 އަށް އަރައިފި

ރާއްޖޭގައި ހިމަބިހި ޖެހުނު މީހުންގެ އަދަދު 144 އަށް އަރައިފި

12 ގަޑިއިރު ކުރިން - 13:22

ރާއްޖޭގައި ހިމަބިއްސަށް ޕޮޒިޓިވްވި މީހުންގެ އަދަދު 11 އަށް އަރައިފި

ރާއްޖޭގައި ހިމަބިއްސަށް ޕޮޒިޓިވްވި މީހުންގެ އަދަދު 11 އަށް އަރައިފި

42 ދުވަސް ކުރިން - 21:52

އިންޑިއާއަށް އެތެރެވާ ދިވެހީން "ސެލްފް ޑެކްލަރޭޝަން" ފޯމު ހުށަހަޅަން ނިންމައިފި

އިންޑިއާއަށް އެތެރެވާ ދިވެހީން "ސެލްފް ޑެކްލަރޭޝަން" ފޯމު ހުށަހަޅަން ނިންމައިފި

46 ދުވަސް ކުރިން - 22:03

ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކޮށްފި

ބޮޑު ޖަމާޢަތުގައި ޢީދު ނަމާދު ކޮށްފި

48 ދުވަސް ކުރިން - 11:03

ވިޔަފާރިވެރިންގެ ހިތް ފަތަހަކޮށްލި ޒާރާ ދެ އަހަރަށްފަހު އެނބުރި ނެށުމުގެ މައިދާނަށް

ޒާރާ ދެ އަހަރަށްފަހު އެނބުރި ނެށުމުގެ މައިދާނަށް

53 ދުވަސް ކުރިން - 21:53

ބޮޑު ޖަމާއަތުގައި އީދުނަމާދު ކުރުން 4 ސަރަހައްދެއްގައި

ބޮޑު ޖަމާއަތުގައި އީދުނަމާދު ކުރުން 4 ސަރަހައްދެއްގައި

54 ދުވަސް ކުރިން - 10:09