Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހީގެ ދެ ކޭސް މާލެ ސަރަހައްދުން ފެނިއްޖެ

ރާއްޖެއިން ނައްތާލާފައިވާ ހިމަބިހީގެ ދެ ކޭސް މާލެ ސަރަހައްދުން ފެނިއްޖެ

އައިޝަތު ރުވާ ރިފްޢަތު
62 ދުވަސް ކުރިން - 13 މެއި 2026 16:21
އައިޖީއެމްއެޗް ހޮސްޕިޓަލް/ ފޮޓޯ:ޚުލާސާ
އައިޖީއެމްއެޗް ހޮސްޕިޓަލް/ ފޮޓޯ:ޚުލާސާ
ޚުލާސާ

މިއަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހީގެ ޖުމްލަ 5 ކޭސް ފެނިފައިވާކަން ފާހަގަކޮށް، އެޗްޕީއޭއިން ބުނީ އޭގެ ތެރެއިން ދެ މީހުންނަކީ ރާއްޖެއިން ބޭރުން އައި މީހުން ކަމަށް.

ރާއްޖެއިން ނައްތާލާފައިވާ ބައްޔެއްގެ ގޮތުގައި ކަނޑައަޅާފައިވާ ހިމަބިހި (މީސްލްސް) ޖެހިފައިވާ ދެ މީހަކު މާލެ ސަރަހައްދުން ފެނިއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ހާމަކުރި ގޮތުގައި، ހިމަބިހީގެ މި ދެ ކޭސް ފެނިފައިވަނީ މި ހިނގާ ހަފްތާގެ ތެރޭގަ އެވެ. މިކަމާ ގުޅިގެން ބަލި ފެތުރުން ކޮންޓްރޯލް ކުރުމަށާއި، ބަލި ޖެހުނު ގޮތް ދެނެގަތުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް އެ އެޖެންސީން މިހާރު ވަނީ ފަށާފަ އެވެ.

އެޗްޕީއޭއިން ބުނީ، އާންމުކޮށްވެސް އަމަލުކުރާ އުސޫލުގެ ދަށުން ކޭސްގެ އިންވެސްޓިގޭޝަން ހެދުމާއި، ކޮންޓެކްޓް ޓްރޭސިންގްގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށެވެ. މީގެ އިތުރުން، ބައްޔަށް ޕޮޒިޓިވްވި މީހުންނާ ދިމާވި މީހުން ނުވަތަ "ކޮންޓެކްޓުން" ދެނެގަނެ، އެމީހުންނަށް ވެކްސިން ދިނުމުގެ މަސައްކަތްވެސް ކުރަމުންދާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

Advertisement

Advertisement 1

މިއަހަރުގެ މިހާތަނަށް ރާއްޖެއިން ހިމަބިހީގެ ޖުމްލަ 5 ކޭސް ފެނިފައިވާކަން ފާހަގަކޮށް، އެޗްޕީއޭއިން ބުނީ އޭގެ ތެރެއިން ދެ މީހުންނަކީ ރާއްޖެއިން ބޭރުން އައި މީހުން ކަމަށެވެ. ދުނިޔޭގެ އެކި ސަރަހައްދުތަކުގައި މި ދުވަސްވަރު ހިމަބިހި ފެތުރުން އިތުރުވަމުންދާތީ، ހުން އައިސް ހަށިގަނޑުގައި ރަތް ބިހިތަކެއް ނަގާނަމަ ލަސްނުކޮށް ސިއްހީ ފަރުވާ ހޯދުމަށް އެ އިދާރާއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

ރާއްޖޭގައި ހިމަބިހިން ރައްކާތެރިވުމަށް 1983 ވަނަ އަހަރުން ފެށިގެން ގައުމީ ވެކްސިން ތާވަލުގައި ހިމަނައިގެން ވެކްސިން ދޭން ފަށާފައިވެ އެވެ. މި މަސައްކަތުގެ ނަތީޖާއެއްގެ ގޮތުން، 2017 ވަނަ އަހަރު ރާއްޖެއަކީ ހިމަބިހި ނައްތާލެވިފައިވާ ގައުމެއްގެ ގޮތުގައި ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ (ޑަބްލިއުއެޗްއޯ) އިން ވަނީ ކަނޑައަޅާފަ އެވެ. އެހެންނަމަވެސް، 2020 ވަނަ އަހަރުވެސް ރާއްޖެއިން ހިމަބިހީގެ ކޭސްތަކެއް ފެނުމާ ގުޅިގެން މުޅި ރާއްޖެއަށް ހުޅުވާލައިގެން އެމްއާރް ވެކްސިން ކެމްޕޭނެއް ކުރިއަށް ގެންގޮސްފައިވެ އެވެ.

އެޗްޕީއޭ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ރާއްޖޭގައި ހިމަބިހި ޖެހުނު މީހުންގެ އަދަދު 144 އަށް އަރައިފި

ރާއްޖޭގައި ހިމަބިހި ޖެހުނު މީހުންގެ އަދަދު 144 އަށް އަރައިފި

12 ގަޑިއިރު ކުރިން - 13:22

ރާއްޖޭގައި ހިމަބިއްސަށް ޕޮޒިޓިވްވި މީހުންގެ އަދަދު 11 އަށް އަރައިފި

ރާއްޖޭގައި ހިމަބިއްސަށް ޕޮޒިޓިވްވި މީހުންގެ އަދަދު 11 އަށް އަރައިފި

42 ދުވަސް ކުރިން - 21:52

އިންޑިއާއަށް އެތެރެވާ ދިވެހީން "ސެލްފް ޑެކްލަރޭޝަން" ފޯމު ހުށަހަޅަން ނިންމައިފި

އިންޑިއާއަށް އެތެރެވާ ދިވެހީން "ސެލްފް ޑެކްލަރޭޝަން" ފޯމު ހުށަހަޅަން ނިންމައިފި

46 ދުވަސް ކުރިން - 22:03

ޗުއްޓީ ދުވަސްވަރު ބަލިތަކުން ރައްކާތެރިވުމަށް އެޗް.ޕީ.އޭ އިން އިލްތިމާސްކޮށްފި

މިދުވަސްވަރު ބަލިތަކުން ރައްކާތެރިވުމަށް އެޗް.ޕީ.އޭއިން އިލްތިމާސްކޮށްފި

51 ދުވަސް ކުރިން - 15:55

މިދިޔަ މަހު ޑެންގީ ހުމާއި އަރިދަފުސް ރޯގާ ޖެހުނު މީހުންގެ އަދަދު 24،000 އިން މައްޗަށް

ޑެންގީއާއި ރޯގާގެ ކޭސް 24,000 އިން މައްޗަށް

63 ދުވަސް ކުރިން - 08:22

ޑެންގީ ޖެހުނު މީހުންގެ އަދަދު މިދިޔަ އަހަރަށްވުރެ 400 ޕަސެންޓް އިތުރު

ޑެންގީ ޖެހުނު މީހުންގެ އަދަދު %400އަށް އިތުރުވެއްޖެ

76 ދުވަސް ކުރިން - 13:25