Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މިފްކޯ ހަރުދަނާކުރެވިއްޖެ، މަސް ގަތުމަށް ދެމުން އައި ސަބްސިޑީ މިހާރު ވަނީ ހުއްޓާލާފައި: މިނިސްޓަރު ޝިޔާމް

މިފްކޯ ހަރުދަނާކުރެވިއްޖެ، މަސް ގަތުމަށް ދެމުން އައި ސަބްސިޑީ މިހާރު ވަނީ ހުއްޓާލާފައި: މިނިސްޓަރު ޝިޔާމް

ހުސައިން އިސްމާއިލް
14 ގަޑިއިރު ކުރިން - 14 ޖުލައި 2026 11:05
މިނިސްޓަރު އަހްމަދު ޝިޔާމް މަޖިލީހުގައި ވާހަކަފުޅުދައްކަވަނޯ---
މިނިސްޓަރު އަހްމަދު ޝިޔާމް މަޖިލީހުގައި ވާހަކަފުޅުދައްކަވަނޯ---
ޚުލާސާ

މަސްވެރިކަމުގެ ދާއިރާއަށް ހެޔޮ ބަދަލުތަކެއް ފެންނަން ފަށާފައިވަނީ ސަރުކާރުން މި ސިނާޢަތަށް ގެންނަވަމުންދާ އިޞްލާޙީ ބަދަލުތަކުގެ ސަބަބުން ކަމަށް ޝިޔާމް ވިދާޅުވި. ވޭތުވެދިޔަ ސަރުކާރުތަކުން ރާއްޖޭގެ މަސް ޕްރޮސެސްކުރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވާ ކަމަށް ވެސް މިނިސްޓަރު ފާހަގަކުރެއްވި.

މަސްވެރިކަމުގެ ސިނާޢަތް ހަރުދަނާކުރުމަށް ސަރުކާރުން ގެންގުޅުއްވާ ހަރުދަނާ ސިޔާސަތުތަކާއެކު، މިފްކޯއަށް މަސްގަތުމަށް ދައުލަތުން ދެމުން އައި ސަބްސިޑީ މިހާރު އެއްކޮށް ހުއްޓާލާފައިވާ ކަމަށް ފިޝަރީސް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

މިނިސްޓަރު މިހެން ވިދާޅުވީ، މަސްވެރިކަމުގެ ސިނާޢަތާ ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކުރެއްވި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ. ޝިޔާމް ފާހަގަކުރެއްވި ގޮތުގައި، މަސްވެރިކަމުގެ ދާއިރާއަށް ހެޔޮ ބަދަލުތަކެއް ފެންނަން ފަށާފައިވަނީ ސަރުކާރުން މި ސިނާޢަތަށް ގެންނަވަމުންދާ އިޞްލާޙީ ބަދަލުތަކުގެ ސަބަބުންނެވެ.

މަސް ބޭރުކުރާ މިންވަރު އިތުރުކުރުމަށް ވޭތުވެދިޔަ ޒަމާންތަކުގައި ގެންގުޅުނު ސިޔާސަތުތަކަށް ބަދަލު އަންނަންޖެހޭކަން ފާހަގަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، ފާއިތުވި 40 އަހަރު ވަންދެން ފެލިވަރުގައި ހުރި ފެކްޓްރީން އެކަނި ޚިދުމަތް ދެމުން އައިއިރު، ރާއްޖޭގެ މަސް ޕްރޮސެސްކުރުމުގެ ކެޕޭސިޓީ އިތުރުކުރުމަށް އެކަށީގެންވާ މަސައްކަތްތަކެއް ކުރެވިފައި ނުވާ ކަމަށެވެ.

Advertisement

Advertisement 1
"ކުރީ ސަރުކާރުން މަސް ކިލޯއެއްގެ އަގު 25 ރުފިޔާއަށް ބަދަލު ކުރިއިރު، އެ އަގުގައި މަސް ގަތުމަށް މިފްކޯއަށް ދައުލަތުން ކޮންމެ ކިލޯއަކަށް 13 ރުފިޔާގެ ރޭޓުން އަހަރަކު ބިލިޔަނުން ސަބްސިޑީ ދޭންޖެހޭ. އެ ފައިސާ މެދުވެރިކޮށް އިންފްރާސްޓްރަކްޗަރ އިތުރު ނުކުރެވުނީ ކީއްވެތޯ؟"
މިނިސްޓަރު ޝިޔާމް ސުވާލު އުފެއްދެވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، މިހާރު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ކުރިއަށްދާ މަޝްރޫއުތަކާއެކު، ރާއްޖޭގައި މިހާރު ހުރި 105 ޓަނުގެ ޕްރޮސެސިންގ ކެޕޭސިޓީ ތިން ގުނަ އިތުރު ކުރެވޭނެ ކަމަށެވެ. އަދި ސިޔާސީ ބޭނުމަށް ވޯޓު ހޯދުމަށް ސަބްސިޑީ ދިނުމުގެ ބަދަލުގައި، މިހާރު މިފްކޯއިން މަސްގަންނަނީ ސަރުކާރުގެ އެހީއާ ނުލައި ކަމަށްވެސް ވަޒީރު ވިދާޅުވިއެވެ.

"އަޅުގަނޑު މިއަދު ދަންނަވަން ކެރޭ، އަޅުގަނޑުމެން މިހާރު މިފްކޯއަކަށް މަސްގަންނާކަށެއް ސަރުކާރުން އެންމެ ރުފިޔާއެއްވެސް ނުދެން،"
މިނިސްޓަރު ޝިޔާމް ވިދާޅުވިއެވެ.

ކެޕޭސިޓީ އިތުރުކުރުމުގެ މަސައްކަތުގެ ދަށުން، ހުޅުމާލޭގައި 100 މެޓްރިކް ޓަނުގެ ކަންނެލި ބަންދުކުރާ ކާރުޚާނާއެއް ބިނާކުރުމަށް ބަޔަކާ ހަވާލުކޮށްފައިވާ ކަމަށާއި، ކުރިއަށް އޮތް 18 މަސްދުވަހުގެ ތެރޭގައި އެ ތަން އޮޕަރޭޝަނަށް ގެނެވޭނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އަމާޒު ހިފާފައިވަނީ ސަރުކާރު ހިއްސާވާ ކުންފުނިތަކާއި އަމިއްލަ ކުންފުނިތައް ގުޅިގެން، މަސްވެރިކަމުގެ ސިނާޢަތަކީ ފައިދާހުރި، ވަށައިޖެހޭ ސިނާޢަތަކަށް ހެދުމަށް ކަމަށްވެސް ޝިޔާމް ފާހަގަކުރެއްވިއެވެ.

މިނިސްޓަރު އަހްމަދު ޝިޔާމްމިފްކޯ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިފްކޯ އިން 25 އަށް ކިލޯއެއް ވިއްކީ ދައުލަތުން އިތުރަށް ފައިސާ ނަގައިގެން

މިފްކޯ އިން 25އަށް ކިލޯއެއް ވިއްކީ ދައުލަތުން އިތުރަށް ފައިސާ ނަގައިގެން

8 ގަޑިއިރު ކުރިން - 16:41

މަހުގެ އަގު ދަށްނުކޮށް، މިފްކޯގެ ހިންގުން ހަރުދަނާކުރުމަކީ އަމާޒެއް: ސީއީއޯ އަނަސް

މަހުގެ އަގު ދަށްނުކޮށް، މިފްކޯގެ ހިންގުން ހަރުދަނާކުރުމަކީ އަމާޒެއް: ސީއީއޯ އަނަސް

11 ގަޑިއިރު ކުރިން - 13:41

މަސްވެރިކަން ދަށް، ހުސްވި މަހު 568 ޓަނުގެ ކަޅުބިލަމަސް!

މަސްވެރިކަން ދަށް، ހުސްވި މަހު 568 ޓަނުގެ ކަޅުބިލަމަސް!

9 ދުވަސް ކުރިން - 14:39

ނިމިދިޔަ ޖޫން މަހު މަސްކިރުވި ދޯނިތަކަށް މިފްކޯއިން 11.3 މިލިއަން ރުފިޔާ ދޫކޮށްފި

ނިމިދިޔަ ޖޫން މަހު މަސްކިރުވި ދޯނިތަކަށް 11.3 މިލިއަން ރުފިޔާ ދޫކޮށްފި

9 ދުވަސް ކުރިން - 14:39

ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ހުރަސްއެޅުމަކުން އެއްވެސް ފަރާތަކަށް ފައިދާއެއް ނުވާނެ: ރައީސް

"ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ހުރަސްއެޅުމަކުން އެއްވެސް ފަރާތަކަށް ފައިދާއެއް ނުވާނެ"

25 ދުވަސް ކުރިން - 16:24

އަމާޒަކީ މިހާރު އޮތް ގޮތަށް 20 ރުފިޔާގައި މަހުގެ އަގު ހިފެހެއްޓުން: ރައީސް

"އަމާޒަކީ މިހާރު އޮތް ގޮތަށް 20 ރުފިޔާގައި މަހުގެ އަގު ހިފެހެއްޓުން"

25 ދުވަސް ކުރިން - 15:47