Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މަހުގެ އަގު ދަށްނުކޮށް، މިފްކޯގެ ހިންގުން ހަރުދަނާކުރުމަކީ އަމާޒެއް: ސީއީއޯ އަނަސް

މަހުގެ އަގު ދަށްނުކޮށް، މިފްކޯގެ ހިންގުން ހަރުދަނާކުރުމަކީ އަމާޒެއް: ސީއީއޯ އަނަސް

އައިޝަތު ރުވާ ރިފްޢަތު
11 ގަޑިއިރު ކުރިން - 14 ޖުލައި 2026 13:41
ކަނޑުއޮތްގިރީގެ އައިސްޕްލާންޓާއި މަސް ކާރުހާނާ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ތެރެއިން/ ފޮޓޯ: މިފްކޯ
ކަނޑުއޮތްގިރީގެ އައިސްޕްލާންޓާއި މަސް ކާރުހާނާ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތު ތެރެއިން/ ފޮޓޯ: މިފްކޯ
ޚުލާސާ

ރާއްޖެއަށް ބޭރުފައިސާ ވައްދާ މައިގަނޑު އެއް ސިނާއަތްކަމަށްވާ މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ދައުލަތުގެ މަސްކުންފުނި ހަރުދަނާކުރުމަށް ގެންގުޅުއްވާ ތަސައްވުރު ހާމަކުރައްވަމުން އަނަސް ވިދާޅުވީ، ސަރުކާރަށް ބަރޯސާނުވެ ކުންފުނި އަމިއްލަ ފައިމައްޗަށް ތެދުވެ ހިންގުމުގެ ޤާބިލްކަން ގާއިމްކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް.

މަސްވެރިން އަތުން މަސްގަންނަ އަގު މިހާރު ހުރި މިންވަރަށްވުރެ ދަށްނުކޮށް، ކުންފުނީގެ ހިންގުން ހަރުދަނާކުރުމަކީ މިފްކޯގެ އެންމެ ބޮޑު އަމާޒުކަމަށް އެ ކުންފުނީގެ ސީއީއޯ މުހައްމަދު އަނަސް ވިދާޅުވެއްޖެ އެވެ.

މިފްކޯގެ ހިންގުމާ ދާދިފަހުން ހަވާލުވެވަޑައިގެންނެވި އަނަސް މިހެން ވިދާޅުވީ، ކަނޑުއޮތްގިރީގެ އައިސްޕްލާންޓާއި މަސް ކާރުހާނާ ހުޅުވުމަށް ބޭއްވި ރަސްމިއްޔާތަށްފަހު މީޑިއާތަކާ ވާހަކަދައްކަވަމުންނެވެ. އަނަސް ވިދާޅުވީ ކުންފުނީގެ ހިންގުން ހަރުދަނާކުރުމުގެ އަމަލީ މަސައްކަތްތައް މިހާރު ފަށާފައިވާ ކަމަށެވެ.

ރާއްޖެއަށް ބޭރުފައިސާ ވައްދާ މައިގަނޑު އެއް ސިނާއަތްކަމަށްވާ މަސްވެރިކަމުގެ ދާއިރާގައި ހަރަކާތްތެރިވާ ދައުލަތުގެ މަސްކުންފުނި ހަރުދަނާކުރުމަށް ގެންގުޅުއްވާ ތަސައްވުރު ހާމަކުރައްވަމުން އަނަސް ވިދާޅުވީ، ސަރުކާރަށް ބަރޯސާނުވެ ކުންފުނި އަމިއްލަ ފައިމައްޗަށް ތެދުވެ ހިންގުމުގެ ޤާބިލްކަން ގާއިމްކުރުމަށް މަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށެވެ. މިގޮތުން އޮޕަރޭޝަނަލް އެކްސެލެންސް ނުވަތަ ހިންގުމުގެ އެންމެ މަތީ ފަންތިއަށް ވާސިލުވެވޭނެ ގޮތަށް މަސްގަތުމުގެ ކަންކަން ބައްޓަންކުރުމަކީ މުހިންމު އަމާޒެއްކަން އަނަސް ފާހަގަކުރެއްވި އެވެ.

Advertisement

Advertisement 1

"މިހާރު އަޅުގަނޑުމެންގެ އެންމެ ބޮޑު އަމާޒަކީ އޮޕަރޭޝަނަލް އެކްސެލެންސް ގެނެވޭނެ ގޮތްތަކަށް އަޅުގަނޑުމެން މަސްގަތުން. އަޅުގަނޑުމެން އެންމެ ކޮސްޓް އިފެކްޓިވްކޮށް އޮޕަރޭޝަންސް ރާވާ، އަދި ޚާއްސަކޮށް މިހާރު މަހުގެ އަގު އެހެރި 20 ރުފިޔާގެ އަގުގައި ހިފަހައްޓާ، އެ ލެވެލްގައި މަހުގެ އަގު ހިފަހައްޓާ، އޮޕަރޭޝަނަލީ އަޅުގަނޑުމެން ސްޓްރެޓެޖިކަލީ އިމްޕްރޫވް ކޮށްގެން މަސްވެރިންނަށް ހަމަ އަގު ލިބޭނެ ގޮތަށް މިފްކޯގެ ހިންގުން ހަރުދަނާ ކުރުން،" އަނަސް ވިދާޅުވި އެވެ.

މިދިޔަ ޖޫން މަހުގެ ކުރީކޮޅުން ފެށިގެން މިފްކޯއިން މަސްވެރިން އަތުން މަސްގަންނަ އަގު ވަނީ 20 ރުފިޔާއަށް ބަދަލުކޮށްފަ އެވެ. މި އަގުގައި މިފްކޯގެ ހުރިހާ އުޅަނދުތަކަކުންނާއި ބަނދަރުތަކުން މަސް ގަނެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފަ އެވެ.

މިފްކޯއިން މަހުގެ އަގު ކަނޑައެޅުމުގައި މިހާރު ގެންގުޅެނީ 'ފްލޯޓިން ޕްރައިސް' ނުވަތަ ބައިނަލްއަގުވާމީ ބާޒާރުގައި މަހުގެ އަގަށް އަންނަ ބަދަލުތަކަށް ރިޢާޔަތްކޮށް އަގު ކަނޑައަޅާ އުސޫލެކެވެ. ހާއްސަކޮށް، އިނގިރޭސިވިލާތުން ދިވެހި މަހުގެ އުފެއްދުންތަކުން ނަގަމުންދިޔަ ޑިއުޓީ ކަނޑާލުމާ ގުޅިގެން ލިބުނު ފުރުސަތުތަކާއެކު، މަސްވެރިންނަށް އެންމެ ފައިދާހުރި ގޮތަށް އަގުތައް ބައްޓަންކުރުމަށް މިފްކޯއިން އަންނަނީ މަސައްކަތް ކުރަމުންނެވެ.

މިފްކޯމުހައްމަދު އަނަސް (މިފްކޯ ސީއީއޯ)
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މިފްކޯ އިން 25 އަށް ކިލޯއެއް ވިއްކީ ދައުލަތުން އިތުރަށް ފައިސާ ނަގައިގެން

މިފްކޯ އިން 25އަށް ކިލޯއެއް ވިއްކީ ދައުލަތުން އިތުރަށް ފައިސާ ނަގައިގެން

8 ގަޑިއިރު ކުރިން - 16:41

މިފްކޯ ހަރުދަނާކުރެވިއްޖެ، މަސް ގަތުމަށް ދެމުން އައި ސަބްސިޑީ މިހާރު ވަނީ ހުއްޓާލާފައި: މިނިސްޓަރު ޝިޔާމް

މަސް ގަތުމަށް ދެމުން އައި ސަބްސިޑީ މިހާރު ވަނީ ހުއްޓާލާފައި: ޝިޔާމް

13 ގަޑިއިރު ކުރިން - 11:05

މަސްވެރިކަން ދަށް، ހުސްވި މަހު 568 ޓަނުގެ ކަޅުބިލަމަސް!

މަސްވެރިކަން ދަށް، ހުސްވި މަހު 568 ޓަނުގެ ކަޅުބިލަމަސް!

9 ދުވަސް ކުރިން - 14:39

ނިމިދިޔަ ޖޫން މަހު މަސްކިރުވި ދޯނިތަކަށް މިފްކޯއިން 11.3 މިލިއަން ރުފިޔާ ދޫކޮށްފި

ނިމިދިޔަ ޖޫން މަހު މަސްކިރުވި ދޯނިތަކަށް 11.3 މިލިއަން ރުފިޔާ ދޫކޮށްފި

9 ދުވަސް ކުރިން - 14:39

ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ހުރަސްއެޅުމަކުން އެއްވެސް ފަރާތަކަށް ފައިދާއެއް ނުވާނެ: ރައީސް

"ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ހުރަސްއެޅުމަކުން އެއްވެސް ފަރާތަކަށް ފައިދާއެއް ނުވާނެ"

25 ދުވަސް ކުރިން - 16:24

އަމާޒަކީ މިހާރު އޮތް ގޮތަށް 20 ރުފިޔާގައި މަހުގެ އަގު ހިފެހެއްޓުން: ރައީސް

"އަމާޒަކީ މިހާރު އޮތް ގޮތަށް 20 ރުފިޔާގައި މަހުގެ އަގު ހިފެހެއްޓުން"

25 ދުވަސް ކުރިން - 15:47