Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

މިފްކޯ އިން 25 އަށް ކިލޯއެއް ވިއްކީ ދައުލަތުން އިތުރަށް ފައިސާ ނަގައިގެން

މިފްކޯ އިން 25 އަށް ކިލޯއެއް ވިއްކީ ދައުލަތުން އިތުރަށް ފައިސާ ނަގައިގެން

ހުސައިން އިސްމާއިލް
8 ގަޑިއިރު ކުރިން - 14 ޖުލައި 2026 16:41
ދޯންޏަކުން ބޭނި މަސް ޑިންގީއެއްގައި އަކަށް އަރުވަނީ - ކުރީ ސަރުކާރުން 25 ރުފިޔާ އަށް ކިލޯ އެއް ވިއްކީ އިންތިހާބުގައި ވޯޓު ހޯދަން.
ދޯންޏަކުން ބޭނި މަސް ޑިންގީއެއްގައި އަކަށް އަރުވަނީ - ކުރީ ސަރުކާރުން 25 ރުފިޔާ އަށް ކިލޯ އެއް ވިއްކީ އިންތިހާބުގައި ވޯޓު ހޯދަން.
ޚުލާސާ

އޭރުގެ ވެރިން މަސް ކިލޯއެއްގެ އަގު 25 ރުފިޔާއަށް މަތިކުރީ އިގްތިސާދީ ފައިދާއަކަށް ނުވަތަ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ ސިޔާސަތެއްގެ ދަށުންނެއް ނޫނެވެ. އެއީ ދައުރުވަމުންދިޔަ ރިޔާސީ އިންތިޚާބާއި ދިމާކޮށް، މަސްވެރިންގެ ވޯޓު ހޯދުމުގެ ސިޔާސީ ބޭނުމެއްގައި އޭރުގެ ވެރިން ހިންގި ސިޔާސީ އުކުޅެކެވެ.

ސަރުކާރުގެ މަސް ކުންފުނި، މިފްކޯ އިން މީގެކުރިން މަސް ކިލޯއެއްގެ އަގު 25 ރުފިޔާއަށް ބޮޑުކޮށް، މަސްވެރިންގެ އަތުން މަސް ގަނެފައިވަނީ އެއްވެސް ދިރާސާއެއް ނެތި، މާލީ ގޮތުން ކުންފުންޏަށް ބޭނުންވާ ފައިސާ ދައުލަތުގެ ބަޖެޓުން ނަގައިގެން ކަން ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމް ވިދާޅުވެއްޖެއެވެ. ދުނިޔޭގެ ބާޒާރުގައި މަހުގެ އަގު ހުރި މިންވަރަށް ނުބަލައި، އޭރުގެ ސަރުކާރުން ނިންމި މި ނިންމުމުގެ ސަބަބުން މިފްކޯ ވަނީ މާލީ ބޮޑު އަނދަވަޅަކަށް ވެއްޓި، މަސްވެރިންނަށް ގަވާއިދުން ފައިސާ ނުދެވޭ މިންވަރަށް ކުންފުނީގެ ހާލަތު ދަށަށް ގޮސްފައެވެ.

އޭރުގެ ވެރިން މަސް ކިލޯއެއްގެ އަގު 25 ރުފިޔާއަށް މަތިކުރީ އިގްތިސާދީ ފައިދާއަކަށް ނުވަތަ މަސްވެރިކަމުގެ ސިނާއަތް ކުރިއެރުވުމުގެ ސިޔާސަތެއްގެ ދަށުންނެއް ނޫނެވެ. އެއީ ދައުރުވަމުންދިޔަ ރިޔާސީ އިންތިޚާބާއި ދިމާކޮށް، މަސްވެރިންގެ ވޯޓު ހޯދުމުގެ ސިޔާސީ ބޭނުމެއްގައި އޭރުގެ ވެރިން ހިންގި ސިޔާސީ އުކުޅެކެވެ. މިފަދަ ސިޔާސީ ނިންމުންތަކުގެ ސަބަބުން ކުންފުނިތަކުގެ މިނިވަންކަން ގެއްލި، މާކެޓް އަގަށްވުރެ މާ މަތިން މަސް ގަންނަން ޖެހުމުން، ވިޔަފާރީގެ އުސޫލުން ކުންފުނި ހިންގުމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ.

މި ނިންމުމުގެ ސަބަބުން ދައުލަތަށް ލިބުނީ ފޫނުބެދޭ ވަރުގެ ބޮޑު ގެއްލުމެކެވެ. މިފްކޯ އިން މަސް ގަތް އަގާއި ބޭރުގެ ބާޒާރުގައި މަސް ވިއްކި އަގުގެ ފަރަގު ބޮޑުވުމުގެ ސަބަބުން، ކުންފުންޏަށް ލިބުނު ބިލިއަނަކަށްވުރެ ގިނަ ރުފިޔާގެ ގެއްލުން ފޫބެއްދުމަށް ދައުލަތުގެ ބަޖެޓުން ބޮޑެތި ސަބްސިޑީތައް ދޭންޖެހުނެވެ. މީގެ ނަތީޖާއެއްގެ ގޮތުން، ރާއްޖޭގެ އިގްތިސާދަށް ބޮޑު ބުރައެއް އުފުލަންޖެހި، މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ އަމިއްލަ ކުންފުނިތަކަށްވެސް މި އަގުގައި ވާދަނުކުރެވި، މުޅި ސިނާއަތުގެ ހަމަޖެހުން ގެއްލިގެންދިޔައެވެ.

Advertisement

Advertisement 1

ރައީސް ޑރ. މުޢިއްޒުގެ ސަރުކާރުން ވެރިކަމާއި ހަވާލުވި އިރު، މިފްކޯ އޮތީ މަސްވެރިންނަށް ދޭންޖެހޭ ސަތޭކަ އެތައް މިލިއަން ރުފިޔާގެ ދަރަންޏަކާއި އެކު ބޮޑު މާލީ ކްރައިސިސްއެއްގެ ތެރޭގައެވެ. ދެމެހެއްޓެނިވި ގޮތެއްގައި ކުންފުނި ކުރިއަށް ގެންދިއުމަށްޓަކައި، މި ސަރުކާރަށް ވަނީ މަސް ގަންނަ އަގު މާކެޓް ރޭޓަށް ފެތޭނެ ފަދަ އެކަށީގެންވާ އަގަކަށް ދަށްކުރަން މަޖުބޫރުވެފައެވެ. މި ފިޔަވަޅަކީ ސިޔާސީ ބޭނުމަށް ކުރި ކަންކަމުން ސިނާއަތް ސަލާމަތްކޮށް، ދިގު މުއްދަތަކަށް މިފްކޯ އަކީ ފައިދާވާ ކުންފުންޏަކަށް ހެދުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.

މަސްވެރިކަންމިނިސްޓަރު އަހްމަދު ޝިޔާމްމިފްކޯ
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މަހުގެ އަގު ދަށްނުކޮށް، މިފްކޯގެ ހިންގުން ހަރުދަނާކުރުމަކީ އަމާޒެއް: ސީއީއޯ އަނަސް

މަހުގެ އަގު ދަށްނުކޮށް، މިފްކޯގެ ހިންގުން ހަރުދަނާކުރުމަކީ އަމާޒެއް: ސީއީއޯ އަނަސް

11 ގަޑިއިރު ކުރިން - 13:41

މިފްކޯ ހަރުދަނާކުރެވިއްޖެ، މަސް ގަތުމަށް ދެމުން އައި ސަބްސިޑީ މިހާރު ވަނީ ހުއްޓާލާފައި: މިނިސްޓަރު ޝިޔާމް

މަސް ގަތުމަށް ދެމުން އައި ސަބްސިޑީ މިހާރު ވަނީ ހުއްޓާލާފައި: ޝިޔާމް

13 ގަޑިއިރު ކުރިން - 11:05

މަސްވެރިކަން ދަށް، ހުސްވި މަހު 568 ޓަނުގެ ކަޅުބިލަމަސް!

މަސްވެރިކަން ދަށް، ހުސްވި މަހު 568 ޓަނުގެ ކަޅުބިލަމަސް!

9 ދުވަސް ކުރިން - 14:39

ނިމިދިޔަ ޖޫން މަހު މަސްކިރުވި ދޯނިތަކަށް މިފްކޯއިން 11.3 މިލިއަން ރުފިޔާ ދޫކޮށްފި

ނިމިދިޔަ ޖޫން މަހު މަސްކިރުވި ދޯނިތަކަށް 11.3 މިލިއަން ރުފިޔާ ދޫކޮށްފި

9 ދުވަސް ކުރިން - 14:39

ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ހުރަސްއެޅުމަކުން އެއްވެސް ފަރާތަކަށް ފައިދާއެއް ނުވާނެ: ރައީސް

"ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމަށް ހުރަސްއެޅުމަކުން އެއްވެސް ފަރާތަކަށް ފައިދާއެއް ނުވާނެ"

25 ދުވަސް ކުރިން - 16:24

އަމާޒަކީ މިހާރު އޮތް ގޮތަށް 20 ރުފިޔާގައި މަހުގެ އަގު ހިފެހެއްޓުން: ރައީސް

"އަމާޒަކީ މިހާރު އޮތް ގޮތަށް 20 ރުފިޔާގައި މަހުގެ އަގު ހިފެހެއްޓުން"

25 ދުވަސް ކުރިން - 15:47