Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

ހުސައިން އިސްމާއިލް
46 ދުވަސް ކުރިން - 13 ޖުލައި 2026 22:50
ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ގަތަރުގެ އަމީރު ހިޒް ހައިނަސް ޝައިހް ތަމީމް ބިން ހަމަދު އަލްޘާނީއާ ބައްދަލުކުރައްވަނީ---
ރައީސުލްޖުމްހޫރިއްޔާ ޑރ. މުއިއްޒު ގަތަރުގެ އަމީރު ހިޒް ހައިނަސް ޝައިހް ތަމީމް ބިން ހަމަދު އަލްޘާނީއާ ބައްދަލުކުރައްވަނީ---
ޚުލާސާ

ލުސައިލް ގަޑުވަރުގައި ބޭއްވި މި ބައްދަލުވުމުގައި ގަތަރުގެ އިސްވެރިން ބައިވެރިވެވަޑައިގަތެވެ. މި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގާތް އަހުވަންތަ ގުޅުން ހާމަކޮށްދޭ ދަތުރުފުޅެއް. ޝައިހް ހަމަދު ބިން ހަލީފާ އާލް ސާނީ އަވަހާރަވުމުގެ ހިތާމައިގައި، ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ވަނީ ތިރިކުރައްވާފަ.

ގަތަރުގެ ކުރީގެ އަމީރު، ހިޒް ހައިނަސް ޝައިހް ހަމަދު ބިން ހަލީފާ އަލްޘާނީ އަވަހާރަވުމާ ގުޅިގެން، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، ގަތަރުގެ އަމީރު ހިޒް ހައިނަސް ޝައިހް ތަމީމް ބިން ހަމަދު އަލްޘާނީއާ ބައްދަލުކުރައްވައި ތައުޒިޔާ ވިދާޅުވެއްޖެއެވެ.

ދޯހާގެ ލުސައިލް ގަޑުވަރުގައި މިރޭ ބޭއްވުނު މި ބައްދަލުކުރެއްވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ބައިވެރިވެވަޑައިގެން، ގަތަރުގެ އަމީރަށާއި، ޝާހީ އާއިލާއަށާއި، ގަތަރުގެ ރައްޔިތުންނަށް ދިވެހި ސަރުކާރާއި ރައްޔިތުންގެ ނަމުގައި އިހްލާސްތެރި ތައުޒިޔާ ރައްދުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ޤަޠަރުގެ އިސްވެރިންގެ ތެރެއިން ޑެޕިއުޓީ އަމީރު ޝައިޚް ޢަބްދުﷲ ބިން ޙަމަދު އަލްޘާނީ އާއި، އަމީރުގެ ހާއްސަ މަންދޫބު ޝައިހް ޖާސިމް ބިން ޙަމަދު އަލްޘާނީ އާއި، ޝައިޚް ޢަބްދުﷲ ބިން ހަލީފާ އަލްޘާނީގެ އިތުރުން ޝައިޚް މުޙައްމަދު ބިން ހަލީފާ އަލްޘާނީ ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

Advertisement 1

މީގެ އިތުރުން ގަތަރުގެ ބޮޑުވަޒީރު އަދި ފޮރިން މިނިސްޓަރު ޝައިހް މުހައްމަދު ބިން އަބްދުއްރަހްމާން ބިން ޖާސިމް އަލްޘާނީ އާއި، އަވަހާރަވި އަމީރުގެ ބޭފުޅުންނާއި ޝާހީ އާއިލާގެ އެހެނިހެން އިއްޒަތްތެރިންވެސް މި ބައްދަލުކުރެއްވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅަކީ ދިވެހިރާއްޖެއާއި ގަތަރާ ދެމެދު އޮތް ގާތް އަހުވަންތަ ގުޅުން ރަމްޒުކޮށްދޭ ދަތުރުފުޅެކެވެ. ގަތަރުގައި މިހާރު އިއުލާންކޮށްފައިވާ ގައުމީ ހިތާމައިގެ މި ދަނޑިވަޅުގައި ރައީސުލްޖުމްހޫރިއްޔާ އެ ގައުމަށް ވަޑައިގެން ތައުޒިޔާ ދެންނެވުމަކީ ދެ ގައުމުގެ ދެމެދުގައި އޮތް ވަރުގަދަ ގުޅުން ހާމަވެގެންދާ ކަމެކެވެ.

ޝައިހް ހަމަދު ބިން ހަލީފާ އާލް ސާނީ އަވަހާރަވުމުގެ ހިތާމައިގައި، ދިވެހި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފި އެވެ.

ގަތަރުގަތަރުގެ އަމީރު ހިޒް ހައިނަސް ޝައިހް ތަމީމް ބިން ހަމަދު އަލްޘާނީއާރައީސް ޑރ. މުހައްމަދު މުއިއްޒު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މި ނިޒާމުން ދެވަނަ ދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުއިއްޒު! - ޢަބްދުއްރަޙީމް

“މި ނިޒާމުން ދެވަނަދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުޢިއްޒު”

6 ގަޑިއިރު ކުރިން - 08:31

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

އިސްލާހީ ބަދަލުތައް ގެންނަނީ ހަގީގަތްތަކުގެ މައްޗަށް ބިނާކޮށް: ރައީސް

2 ދުވަސް ކުރިން - 14:15

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

ކުރިން ތަންފީޒުނުވެ ހުރި ޤާނޫނުތައް ހަރުދަނާ އުޞޫލަކުން ތަންފީޒުކުރަން ފަށައިފި

2 ދުވަސް ކުރިން - 10:37

ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ: ރައީސް

“ސިޔާސީ ދެކޮޅުވެރިކަމެއް ހުއްޓަސް، އިޤްތިޞާދީ ފިޔަވަޅުތަކުގެ އެދެވޭ ނަތީޖާ ފެންނާނެ”

2 ދުވަސް ކުރިން - 10:22

އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖު ނިންމައި އާންމުންނަށް ހުޅުވާލަނީ - ރައީސް

އަހަރެއްހާ ދުވަހުގެ ތެރޭގައި ތިލަމާލެ ބްރިޖު ނިންމައި އާންމުންނަށް ހުޅުވާލަނީ

2 ދުވަސް ކުރިން - 10:02

ތިލަމާލެ ބުރިޖުގެ މަސައްކަތުގެ ދުވެލި އަވަސްވީ ބޮޑުވަޒީރު މޯދީއާ ބައްދަލުވެ ކުރެވުނު މަޝްވަރާތަކަށްފަހު: ރައީސް

"ތިލަމާލެ ބުރިޖުގެ މަސައްކަތުގެ ދުވެލި އަވަސްވީ މޯދީއާ ބައްދަލުވެ ކުރެވުނު މަޝްވަރާތަކަށްފަހު"

2 ދުވަސް ކުރިން - 23:42