Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

މިހާތަނަށް ނަރުދަމާގެ 43 މަޝްރޫއެއް ނިންމައިފި

މިހާތަނަށް ނަރުދަމާގެ 43 މަޝްރޫއެއް ނިންމައިފި

އައިޝަތު ރުވާ ރިފްޢަތު
47 ދުވަސް ކުރިން - 13 ޖުލައި 2026 14:14
މިނިސްޓާ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ޑރ. އަބްދުﷲ މުއްތަލިބު ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: މަޖިލިސް
މިނިސްޓާ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާ ޑރ. އަބްދުﷲ މުއްތަލިބު ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަނީ/ ފޮޓޯ: މަޖިލިސް
ޚުލާސާ

މިނިސްޓަރު ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރުގެ މެދުތެރެއަށް ދާއިރު، މިހާރު ހިނގަމުންދާ ހުރިހާ މަސައްކަތްތަކެއް ނިންމައި ރައްޔިތުންނަށް އޭގެ ފުރިހަމަ ހިދުމަތް ފޯރުކޮށްދިނުން ކަމަށް މިނިސްޓަރު ފާހަގަކުރެއްވި.

ރާއްޖޭގެ އެކި ރަށްރަށުގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކުރުމަށް ސަރުކާރުން ކުރިއަށްގެންދާ މަސައްކަތްތަކުގެ ތެރެއިން، ފާއިތުވި ދެ އަހަރާއި ބައިގެ މުއްދަތުގެ ތެރޭގައި ޖުމްލަ 43 މަޝްރޫއެއްގެ މަސައްކަތް އެއްކޮށް ނިންމާލާފައިވާ ކަމަށް މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗާއިން ހާމަކޮށްފި އެވެ.

މިކަމާ ގުޅޭގޮތުން މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ރައްޔިތުންގެ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ވިދާޅުވީ، ސަރުކާރުގެ އަމާޒަކީ ކުރީގެ ސަރުކާރުން ފަށާފައިވާ މަޝްރޫއުތަކާއި މި ސަރުކާރުގެ އާ މަޝްރޫއުތައް ވެސް އެކުގައި ކުރިއަށް ގެންގޮސް ނިންމާލުން ކަމަށެވެ.

މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު ކުރީ ސަރުކާރުން ސޮއިކޮށްފައިވާ ގާތްގަނޑަކަށް 40 ބިލިއަން ރުފިޔާގެ މަޝްރޫއުތައް ހުއްޓެވެ. ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ނިންމެވުމަކީ، މި ސަރުކާރުގެ މެނިފެސްޓޯގައިވާ ވައުދުތަކާ އެކު، ކުރީ ސަރުކާރުން ފަށާފައިވާ ހުރިހާ މަޝްރޫއުތަކެއް ވެސް ނިންމައި ރައްޔިތުންނަށް އޭގެ މަންފާ ހޯދައިދިނުމެވެ.

Advertisement

Advertisement 1

އެ މިނިސްތަރީގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި 2018 އިން 2023 އަށް ފެށި 154 މަޝްރޫއުގެ ތެރެއިން އެ ދައުރު ނިމުނުއިރު ނިންމުނީ އެންމެ 52 މަޝްރޫ އެވެ. ނުނިމި ހުރި 102 މަޝްރޫއުގެ ތެރެއިން މިހާރު ނިންމާލެވުނު 43 މަޝްރޫއަކީ 2019 އާއި 2021 އާ ދެމެދު ހަވާލުކުރެވުނު މަސައްކަތްތަކެވެ. މީގެ ތެރޭގައި އިންޑިއާގެ އެގްޒިމް ބޭންކުގެ އެހީގައި ކުރިއަށްދިޔަ 21 މަޝްރޫއެއް ހިމެނެ އެވެ.

މަޝްރޫއުތައް ލަސްވާކަމަށް ކުރެވޭ ތުހުމަތުތަކަށް އިޝާރާތް ކުރައްވައި މިނިސްޓަރު ވިދާޅުވީ، "އަޅުގަނޑުމެން ސަރުކާރުން އެދޭހާ ބާރު ސްޕީޑުގައި މަސައްކަތްނުދާ ކަމަށް އަޅުގަނޑުމެން ވެސް ގަބޫލުކުރަން،" ކަމަށެވެ. ނަމަވެސް ދައުލަތުގެ ބަޖެޓުން އާ މަޝްރޫއުތަކާއި ބާލީ މަޝްރޫއުތައް އެކުގައި ކުރިއަށް ގެންދާއިރު ދިމާވާ ގޮންޖެހުންތަކާއެކުވެސް، މިހާރު މަސައްކަތްތައް ދަނީ ރަނގަޅު ޝެޑިއުލެއްގެ ދަށުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ސަރުކާރުގެ އައު އަމާޒެއްގެ ގޮތުން މިއަހަރުގެ ޖޫން 30 އާ ހަމައަށް ފެނާއި ނަރުދަމާގެ އައު 50 މަޝްރޫއެއް ވަނީ އެކި ފަރާތްތަކާ ހަވާލުކޮށްފަ އެވެ. މީގެ އިތުރުން މިހާރުވެސް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި 69 މަޝްރޫއެއްގެ އަމަލީ މަސައްކަތް އެމްޑަބްލިއުއެސްސީ އާއި އެހެނިހެން ކުންފުނިތަކާ ގުޅިގެން ދަނީ ކުރަމުންނެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ 2028 ވަނަ އަހަރުގެ މެދުތެރެއަށް ދާއިރު، މިހާރު ހިނގަމުންދާ ހުރިހާ މަސައްކަތްތަކެއް ނިންމައި ރައްޔިތުންނަށް އޭގެ ފުރިހަމަ ހިދުމަތް ފޯރުކޮށްދިނުމެވެ.

މިނިސްޓަރ ޑރ. އަބްދުﷲ މުއްތަލިބުމިނިސްޓްރީ އޮފް އިންފްރާސްޓްރަކްޗަރ، ހައުސިން އެންޑް އާބަން ޑިވެލޮޕްމަންޓް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

"ހިޔާވެހި" ސްކީމްގެ ފުރަތަމަ ބުރުގައި 244 މީހުންނަށް ފައިސާ ދޫކޮށްފި

"ހިޔާވެހި" ސްކީމްގެ ފުރަތަމަ ބުރުގައި 244 މީހުންނަށް ފައިސާ ދޫކޮށްފި

4 ދުވަސް ކުރިން - 12:38

އަނެއްކާވެސް ރެކޯޑެއް! 716 ހެކްޓަރާއެކު މިހާރު ރާއްޖޭގެ އޮތް އެންމެ ބޮޑު ބިމަކީ ރަސްމާލެ؛ ދެން ކިޔާނީ ކީކޭބާ؟

716 ހެކްޓަރާއެކު މިހާރު ރާއްޖޭގެ އޮތް އެންމެ ބޮޑު ބިމަކީ ރަސްމާލެ

5 ދުވަސް ކުރިން - 23:03

ގޯއްޗާއި ފުލެޓަށް އެދި ހުށަހެޅި ފޯމުތަކުގެ މައުލޫމާތު މާދަމާއިން ފެށިގެން ޕޯޓަލް މެދުވެރިކޮށް ލިބޭނެ

ގޯއްޗާއި ފުލެޓަށް އެދި ހުށަހެޅި ފޯމުތަކުގެ މައުލޫމާތު މާދަމާއިން ލިބޭނެ

7 ދުވަސް ކުރިން - 13:47

ހުސައިން އާދަމް ބިލްޑިންއާ ދިމާ އެއްގަމުތޮއްޓަށް އާންމު އުޅަނދު ކައިރިކުރުން މަނާ!

ހުސައިން އާދަމް ބިލްޑިންއާ ދިމާ އެއްގަމުތޮއްޓަށް އާންމު އުޅަނދު ކައިރިކުރުން މަނާ!

25 ދުވަސް ކުރިން - 00:38

ހުޅުމާލޭގައި 1،000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމުގެ އެއްބަސްވުމުގައި ދިވެހި 5 ކުންފުންޏަކާއެކު ސޮއިކޮށްފި

ހުޅުމާލޭގައި 1،000 ހައުސިންގ ޔުނިޓު ތަރައްޤީކުރުމަށް ދިވެހި 5 ކުންފުންޏަކާއެކު ސޮއިކޮށްފި

44 ދުވަސް ކުރިން - 23:50

ބޯހިޔާވަހިކަމަށް ލައިފިންތަ؟ ބާކީ ދެދުވަސް؛ މުއްދަތު އިތުރެއް ނުކުރާނެ

ބޯހިޔާވަހިކަމަށް ލައިފިންތަ؟ ބާކީ ދެދުވަސް؛ މުއްދަތު އިތުރެއް ނުކުރާނެ

77 ދުވަސް ކުރިން - 14:50