މި މަޝްރޫޢުގެ ޕައިލެޓް ޕްރޮޖެކްޓުގެ ދަށުން މިހާރު ކުރިއަށްދަނީ އެ ކުންފުނީގެ ފްލީޓުގައި ހިމެނޭ "ހުނިކެ" ބާޖުގައި މި ސިސްޓަމް އިންސްޓޯލް ކުރުމުގެ މަސައްކަތެއް. މީގެ މަގްސަދަކީ، ތެޔޮ ޓޭންކުތަކުގައި ހުންނަ ތެލުގެ މިންވަރު އެއްވެސް މެދުކެނޑުމެއް ނެތި، އިތުބާރާއެކު ސައްހަކޮށް ބެލޭނެ އިންތިޒާމު ހަމަޖެއްސުން.
94 ދުވަސް ކުރިން - 13:26
ރައީސްގެ މިދަތުރުފުޅަކީ ގަތަރުގެ ކުރީގެ އަމީރު، ޝައިހް ހަމަދު ބިން ހަލީފާ އަލް ސާނީ އަވަހާރަވުމާ ގުޅިގެން، އެމަނިކުފާނުގެ ދަރިކަލުން އަދި ގަތަރުގެ މިހާރުގެ އަމީރު ޝައިހް ތަމީމް ބިން ހަމަދު އަލް ސާނީއަށާއި އެގައުމުގެ ޝާހީ އާއިލާއަށް އިހުތިރާމް އަދާކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއްކަަމަށް ރައީސްއޮފިހުން ހާމަކުރި.
94 ދުވަސް ކުރިން - 13:22

މި ހަމަލާތަކާ ގުޅިގެން ގަލްފުގެ ގައުމުތަކުގައި ނުރައްކަލުގެ ރަނގަބީލު ޖަހާފައިވާއިރު، ބަހުރޭންގެ ދާޚިލީ ވުޒާރާއިން ވަނީ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ވަނުމަށް އިލްތިމާސްކޮށްފަ.
94 ދުވަސް ކުރިން - 11:09
މިއަހަރަކީ، ރާއްޖޭގެ ތާރީޚުގައިވެސް ކައުންސިލުތަކަށް އެންމެ ބޮޑު ބްލޮކް ގްރާންޓެއް ދިނުމަށް ބަޖެޓުކޮށްފައިވާ އަހަރު. މި އަހަރުގެ ބަޖެޓުގައި ކައުންސިލުތަކުގެ ގްރާންޓުގެ ގޮތުގައި ޖުމްލަ 2.47 ބިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފަ.
94 ދުވަސް ކުރިން - 09:53
ނާސިހު ނިޔާވެފައިވަނީ ޓްރެއިލަރ ލޮރީއެއްގެ ދަށުވެގެން. ނަމަވެސް، އޭނާ އުޅަނދުގެ ދަށުވާން މެދުވެރިވީ އުޅަނދުގައި ޖެހި އެކްސިޑެންޓް ވެގެން ކަމަށް މިހާތަނަށް ބެލިބެލުމުން ނުބެލެވޭ ކަމަށް ފުލުހުން ބުނެފައިވޭ.
95 ދުވަސް ކުރިން - 19:32
އަންވަރު ހޯދަމުންދަނީ ސިވިލް ކޯޓުގައި ހިނގަމުންދާ މައްސަލައަކަށް ހާޒިރުކުރަން ބޭނުންވެ، ހާޒިރުކުރެވިފައި ނުވާތީކަމަށާއި އޭނާ ބަންދުގައި ބަހައްޓައިގެން، ޖުލައި 13 ވަނަ ދުވަހު ކޯޓަށް ހާޒިރުކޮށްދިނުމަށް ސިވިލް ކޯޓުން ވަނީ ފުލުހުންގެ މައްޗަށް އަމުރުކޮށްފައިކަމަށް ފުލުހުން ހާމަކުރި.
95 ދުވަސް ކުރިން - 19:09
މާލޭ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ޒަމާނީކުރުމާއި، ޕާކު ކުރެވޭނެ ވަސީލަތްތައް ތަރައްޤީކުރުމުގެ އިތުރުން، ތޮއްޖެހުމުގެ މައްސަލައަށް ވަށާޖެހޭ ހައްލެއް ހޯދުމަށް ބޭނުންވާ ސިޔާސަތުތައް އެކުލަވައިލުމުގައި ކަމާބެހޭ ފަރާތްތަކަށް ލަފާދިނުމަކީވެސް މި އޮފީހުގެ މުހިންމު ޒިންމާއެއްކަމަށް ރައީސް އޮފީހުން ވަނީ ހާމަކޮށްފައި.
95 ދުވަސް ކުރިން - 18:50
ވަޅި ހަރާފައި ވަނީ ކަނާތްފަރާތުން މެޔާއި ދިމާލަށް. އެ ޒުވާނާ އަށް އިތުރު ފަރުވާ ދިނުމަށް އެއާ އެމްބިއުލާންސް ގައި މިހާރު ވަނީ މާލެ ގެނެސް ފަރުވާ ދޭން ފަށާފަ.
96 ދުވަސް ކުރިން - 01:44
މިހާރު އެންމެ ބޮޑު އިސްކަމެއް ދެނީ ސައިޓުތަކުގެ ތައްޔާރީތައް ނިންމައި އަމަލީ މަސައްކަތް އަވަހަށް ފެށުމަށް ކަމަށް އެމްޑީ ވިދާޅުވި. ކޭޝްފްލޯގެ ދަތިތަކެއް ހުރި ނަމަވެސް، އެ ގޮންޖެހުންތަކާ އެކުވެސް މަސައްކަތް ހުއްޓާނުލައި ކުރިއަށް ގެންދިއުމަކީ ކުންފުނީގެ އަމާޒު.
96 ދުވަސް ކުރިން - 23:18
2,500 އަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރި މި އިންތިހާބުގެ ވޯޓުލުން ކުރިއަށްދިޔައީ ހެނދުނު 9 އިން ހަވީރު 5 އަށް.. ޕާޓީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ވިދާޅުވީ މިއީ އެހެން ޕާޓީތަކަށް ދެއްކި ނަމޫނާއެއް ކަމަށް. މިއީސެޕްޓެމްބަރު މަހު ބާއްވާ ޕާޓީގެ ކޮންގްރެސްއަށް ތައްޔާރުވުމަށް ބޭއްވި މުހިންމު އިންތިހާބެއް.
96 ދުވަސް ކުރިން - 18:55
ފުލުހުން ވިދާޅުވި ގޮތުގައި، އެ ހާދިސާ ހިނގި ވަގުތު އެ ސަރަހައްދުން ދަތުރުކުރި އެއްވެސް އުޅަނދަކަށް ނުވަތަ އާންމު ފަރާތަކަށް އެ ސަޕްލައި ދޯންޏާ ބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ، އެކަން ލަސްނުކޮށް ހިއްސާކޮށްދިނުމަކީ ތަހުގީގަށް ލިބޭނެ ބޮޑު އެހީތެރިކަމެއް.
96 ދުވަސް ކުރިން - 15:40
މިއީ ޕާޓީއެއްގެ އެތެރޭގެ އިންތިޚާބެއްގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރާ، އަދި އެންމެ ގިނަ މަގާމުތަކަށް މީހުން އިންތިޚާބުކުރާނެ އިންތިޚާބަކީ މިއަދު ބާއްވާ ޕީއެންސީގެ ސްޓިއަރިން ކޮމިޓީތަކާއި ދާއިރާތަކުގެ އިންތިޚާބު
96 ދުވަސް ކުރިން - 15:25