Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

އަމާން ކަމާއި އޮމާން ކަމާއެކު ޕީއެންސީގެ އެތެރޭގެ އިންތިހާބު ނިންމާލާ ކުދި ޕާޓީތަކަށް ނަމޫނާ ދައްކާލައިފި

އަމާން ކަމާއި އޮމާން ކަމާއެކު ޕީއެންސީގެ އެތެރޭގެ އިންތިހާބު ނިންމާލާ ކުދި ޕާޓީތަކަށް ނަމޫނާ ދައްކާލައިފި

އައިޝަތު ރުވާ ރިފްޢަތު
49 ދުވަސް ކުރިން - 11 ޖުލައި 2026 18:55
ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި ވޯޓުލަނީ. / ފޮޓޯ: ޕީއެންސީ
ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި ވޯޓުލަނީ. / ފޮޓޯ: ޕީއެންސީ
ޚުލާސާ

2,500 އަށްވުރެ ގިނަ ކެންޑިޑޭޓުން ވާދަކުރި މި އިންތިހާބުގެ ވޯޓުލުން ކުރިއަށްދިޔައީ ހެނދުނު 9 އިން ހަވީރު 5 އަށް.. ޕާޓީގެ ޗެއާޕާސަން ޢަބްދުއްރަޙީމް ވިދާޅުވީ މިއީ އެހެން ޕާޓީތަކަށް ދެއްކި ނަމޫނާއެއް ކަމަށް. މިއީސެޕްޓެމްބަރު މަހު ބާއްވާ ޕާޓީގެ ކޮންގްރެސްއަށް ތައްޔާރުވުމަށް ބޭއްވި މުހިންމު އިންތިހާބެއް.

ވެރިކަން ކުރާ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އެތެރޭގެ ބޮޑު އިންތިހާބުގެ ވޯޓުލުން މިއަދު ވަރަށް އަމާންކަމާއި އޮމާންކަމާއެކު ނިންމާލައި، ރާއްޖޭގެ ސިޔާސީ މަޝްރަހުގައި ހަރަކާތްތެރިވާ އެހެން ޕާޓީތަކަށް ފުރިހަމަ ނަމޫނާއެއް ދައްކައިފިއެވެ.

މި އިންތިހާބުގެ ވޯޓުލުން މިއަދު ހެނދުނު 09:00 ގައި ފަށާފައިވާއިރު، ވޯޓު ފޮށިތައް ބަންދުކޮށްފައިވަނީ ހަވީރު 05:00 ޖެހިއިރުއެވެ. ޕީއެންސީން މައުލޫމާތު ދޭ ގޮތުގައި، ވޯޓު ފޮށިތައް ބަންދުކުރި ނަމަވެސް، ކިޔޫގައި ތިބި ފަރާތްތަކަށް ވޯޓުލުމުގެ ފުރުސަތު ވަނީ ދީފައެވެ. މިހާރު ގިނަ ދާއިރާތަކާއި ރަށްތަކުގެ ވޯޓު ފޮށިތައް ގުނާ ނިމިފައިވާ ކަމަށްވެސް އެ ޕާޓީން ބުނެއެވެ.

މިއީ ރާއްޖޭގެ ސިޔާސީ ތާރީހާގައި ސިޔާސީ ޕާޓީއެއްގެ އެތެރޭގެ އިންތިހާބެއްގައި އެންމެ ގިނަ ކެންޑިޑޭޓުން ވާދަކުރި އިންތިހާބެވެ. އެގޮތުން 2,500 އަށްވުރެ ގިނަ ކެންޑިޑޭޓުން އެކި މަގާމުތަކަށް ވާދަކުރިއިރު، އޭގެ ތެރޭގައި ދާއިރާ ރައީސުން، ނައިބު ރައީސުން، އަންހެނުންގެ ހަރަކާތުގެ ރައީސުން، ޒުވާނުންގެ ހަރަކާތުގެ ރައީސުން އަދި ސްޓިއަރިން ކޮމިޓީގެ ރައީސުން ހިމެނެއެވެ.

Advertisement

Advertisement 1

މި އިންތިހާބާ ގުޅޭގޮތުން ވާހަކަދައްކަވަމުން ޕީއެންސީގެ ޗެއާޕާސަން އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވީ، މިއީ އެހެން ޕާޓީތަކުން ނަމޫނާ ލިބިގަންނަންޖެހޭ ފަދަ ޑިމޮކްރެޓިކް ހަރަކާތެއް ކަމަށެވެ. އަދި މި އިންތިހާބުގެ ސަބަބުން ޕާޓީގެ ހިންގުން އިތުރަށް ހަރުދަނާވެ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސިޔާސަތުތައް ތަންފީޒުކުރުމަށް ބޮޑު ބާރަކަށް ވާނެ ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.

ޕީއެންސީގެ ގަވާއިދު ބުނާގޮތުން، އެ ޕާޓީގެ ޓިކެޓުގައި މަޖިލީހަށް ހޮވިފައިވާ މެންބަރުންނަކީ އެ ދާއިރާއެއްގެ ރައީސުންނެވެ. އެހެންކަމުން ދާއިރާ ރައީސުން ހޮވުމުގެ ވޯޓުލުން މިއަދު ކުރިއަށްދިޔައީ މަޖިލިސް މެންބަރުން ނެތް ދާއިރާތަކުގައި އެކަންޏެވެ.

މި އިންތިހާބަށްފަހު، އަންނަ ސެޕްޓެމްބަރު މަހުގެ 15 އިން 18 އަށް ޕީއެންސީގެ ބޮޑު ކޮންގްރެސް ބޭއްވުމަށް ވަނީ ތާވަލުކުރެވިފައެވެ.

ޕީއެންސީ ސަރުކާރުޕީއެންސީއިންތިހާބު
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

މި ނިޒާމުން ދެވަނަ ދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުއިއްޒު! - ޢަބްދުއްރަޙީމް

“މި ނިޒާމުން ދެވަނަދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުޢިއްޒު”

18 ގަޑިއިރު ކުރިން - 08:31

ޕީއެންސީގެ ޒުވާނުންގެ ގޮފީގެ ހަޒާންދާރު ކަމަށް ރިފާއު ވާދަކުރައްވަނީ

ޕީއެންސީގެ ޒުވާނުންގެ ގޮފީގެ ހަޒާންދާރު ކަމަށް ރިފާއު ވާދަކުރައްވަނީ

11 ދުވަސް ކުރިން - 12:53

ލައްކަ ވަރެއް ކާލީމަތާ އެމްޑީޕީން ހިސާބުތައް ފޮރުވަން އުޅުނީ: ޝުޖާ

ލައްކަ ވަރެއް ކާލީމަތާ އެމްޑީޕީން ހިސާބުތައް ފޮރުވަން އުޅުނީ: ޝުޖާ

23 ދުވަސް ކުރިން - 13:30

ކުރީގެ ސަރުކާރުތަކުން އަމަލުކުރި ގޮތް ފެންނަން އެބައޮތް، ދައްކަނީ އޮށްޓަރެއް ހުރި ވާހަކަތަކެއް ނޫން: ރައީސް

"ބައެއް ފަރާތްތަކުން ގައުމު އިސްނުކޮށް ގައުމުގެ ހަމަޖެހުން ނަގާލުމަށް މަސައްކަތް އެބަކުރޭ"

23 ދުވަސް ކުރިން - 08:44

2028 ވަނަ އަހަރުގެ ދެވަނަ ކުއާޓަރާ ހަމައަށް ހުރިހާ ވައުދެއް ފުއްދައި ނިންމަވާނެ ކަމުގެ ޔަގީންކަން ރައީސް ދެއްވައިފި

2028 ގައި ހުރިހާ ވައުދެއް ފުއްދައި ނިންމަވާނަން: ރައީސް

23 ދުވަސް ކުރިން - 08:35

ޕީއެންސީގެ ލީޑަޝިޕުން ސައުދާއަށް ފުރުޞަތެއް؛ ނައިބު ރައީސްކަމަށް ވާދަކުރައްވަނީ!

ޕީއެންސީގެ ލީޑަޝިޕުން ސައުދާއަށް ފުރުޞަތެއް؛ ނައިބު ރައީސްކަމަށް ވާދަކުރައްވަނީ!

28 ދުވަސް ކުރިން - 22:36