ހުވަދުއަތޮޅު އުތުރުބުރީ ވިލިނގިލީގައި ޒުވާނެއްގެ ގަޔަށް ވަޅި ހަރައި ޒަހަމް ކޮށްލައިފިއެވެ. އެނގިފައިވާ ގޮތުގައި ގާތްގަނޑަކަށް ސައުވީހަކަށް އަހަރުގެ ޒުވާނާގެ ގަޔަށް ވަޅި ހެރީ އޭނާ އިށީނދެގެން ހުއްޓާ ފުރަގަހުން އައި ޒުވާނެކެވެ.
އެ ރަށުން މައުލޫމާތު ދިން ގޮތުގައި ވަޅިން ހަމަލާ ދިން މީހާ އަކީ ނުކުޅެދުންތެރިކަން ހުންނަ މީހެއް ކަމަށާއި, އަނިޔާވި ޒުވާނާގެ މެޔާއި ދިމާލުން ގާތްގަނޑަކަށް 3 އިންޗިއެއްހާ ފުންމިނަށް ވަޅި ވަދެފައިވާ ކަމަށް ވެއެވެ.
އޭނާ އަށް އިތުރު ފަރުވާ ދިނުމަށް ވަގުތުން އެއާ އެމްބިއުލާންސް ގައި މިހާރު ވަނީ މާލެ ފޮނުވާފައި ކަމަށް އެ ރަށުން ބުނެއެވެ.
ފުލުހުން ދަނީ މި މައްސަލަ ތަހުގީގު ކުރަމުންނެވެ.









