Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

ރަސްމީ ދަތުރުފުޅެއްގައި ރައީސް ގަތަރަށް ފުރާވަޑައިގެންފި

ރަސްމީ ދަތުރުފުޅެއްގައި ރައީސް ގަތަރަށް ފުރާވަޑައިގެންފި

އައިޝަތު ރުވާ ރިފްޢަތު
16 ގަޑިއިރު ކުރިން - 13 ޖުލައި 2026 13:22
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު
ޚުލާސާ

ރައީސްގެ މިދަތުރުފުޅަކީ ގަތަރުގެ ކުރީގެ އަމީރު، ޝައިހް ހަމަދު ބިން ހަލީފާ އަލް ސާނީ އަވަހާރަވުމާ ގުޅިގެން، އެމަނިކުފާނުގެ ދަރިކަލުން އަދި ގަތަރުގެ މިހާރުގެ އަމީރު ޝައިހް ތަމީމް ބިން ހަމަދު އަލް ސާނީއަށާއި އެގައުމުގެ ޝާހީ އާއިލާއަށް އިހުތިރާމް އަދާކުރެއްވުމަށް ކުރައްވާ ދަތުރުފުޅެއްކަަމަށް ރައީސްއޮފިހުން ހާމަކުރި.

ރަސްމީ ދަތުރުފުޅެއްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ހެނދުނުގެ ވަގުތެއްގައި ގަތަރަށް ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނި ގޮތުގައި، ރައީސްގެ މި ދަތުރުފުޅަކީ ގަތަރުގެ ކުރީގެ އަމީރު، ޝައިހް ހަމަދު ބިން ހަލީފާ އަލް ސާނީ އަވަހާރަވުމާ ގުޅިގެން، އެމަނިކުފާނުގެ ދަރިކަލުން އަދި ގަތަރުގެ މިހާރުގެ އަމީރު ޝައިހް ތަމީމް ބިން ހަމަދު އަލް ސާނީއަށާއި އެ ގައުމުގެ ޝާހީ އާއިލާއަށް އިހުތިރާމް އަދާކުރެއްވުމަށް ކުރައްވާ ދަތުރުފުޅެކެވެ.

ޝައިހް ހަމަދު ބިން ހަލީފާ އަލް ސާނީ އަވަހާރަވީ އިއްޔެ ހެނދުނުގެ ވަގުތެއްގަ އެވެ. އެމަނިކުފާނުގެ މައްޗަށް ކުރެވުނު ކަށުނަމާދަށްފަހު، ހަށިކޮޅު ފަސްދާނުލާފައިވަނީ އިއްޔެގެ މައްރިބް ނަމާދަށްފަހުގައެވެ. މި ހިތާމަވެރި ދަނޑިވަޅުގައި ބޭރު ގައުމުތަކުގެ ގިނަ އިއްޒަތްތެރިންތަކެއް ގަތަރަށް ވަޑައިގަންނަވާނެ ކަމަށް ބެލެވޭ ކަމަށްވެސް ރައީސް އޮފީހުން ފާހަގަކުރި އެވެ.

Advertisement

Advertisement 1

ޝައިހް ހަމަދު އަވަހާރަވުމާ ގުޅިގެން ރައީސް ޑރ. މުއިއްޒު ވަނީ ގަތަރުގެ އަމީރަށާއި، ޝާހީ އާއިލާއަށާއި، އެ ގައުމުގެ ސަރުކާރާއި ރައްޔިތުންނަށް ތައުޒިޔާ ފޮނުއްވާފައެވެ. ރައީސްގެ ތައުޒިޔާގެ މެސެޖުގައި ވިދާޅުވީ، "އަލްމަރުހޫމް ޝައިޚް ހަމަދު ބިން ހަލީފާ އަލް ސާނީއަށް ޖަންނަތުލް ފިރުދައުސްގެ އެންމެ މަތީ ދަރަޖަ ދެއްވައި، ރަހުމަތް ލައްވާށި" އެވެ.

އަވަހާރަވި ޝައިހް ހަމަދަކީ 1995 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރާ ހަމައަށް ގަތަރުގައި ވެރިކަން ކުރެއްވި ބޭފުޅެކެވެ. އެމަނިކުފާނަކީ ގަތަރު ޒަމާނީ ފެންވަރަށް ތަރައްގީކޮށް ބިނާކުރުމުގައި އެންމެ އިސް ދައުރެއް އަދާކުރެއްވި މޭސްތިރިޔާގެ ގޮތުގައި ފާހަގަކުރެވޭ ބޭފުޅެކެވެ.

ރައީސް ޑރ. މުހައްމަދު މުއިއްޒުގަތަރު
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ތައުޒިޔާ ވިދާޅުވެއްޖެ

7 ގަޑިއިރު ކުރިން - 22:50

"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުއްވާލައްވައިފި

"ރައްޔިތުންގެ އަޑު" ސިލްސިލާގައި ބައިވެރިވުމަށް ނަން ނޯޓުކުރުމުގެ ފުރުސަތު ހުޅުއްވާލައްވައިފި

13 ގަޑިއިރު ކުރިން - 17:13

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަން ނިންމައިފި

ގަތަރުގެ ކުރީގެ އަމީރު އަވަހާރަވުމުގެ ހިތާމައިގައި ގައުމީ ދިދަ ބައިދަނޑިއަށް ތިރިކުރަނީ

16 ގަޑިއިރު ކުރިން - 13:31

ވަޢުދާއި އެއްގޮތަށް ބްލޮކް ގްރާންޓް ދީފި

ވަޢުދާއި އެއްގޮތަށް ބްލޮކް ގްރާންޓް ދީފި

20 ގަޑިއިރު ކުރިން - 09:53

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު ޖުލައި 12 ގައި ހުޅުވާލަނީ

ރައީސުލްޖުމްހޫރިއްޔާ ދެއްވާ ހާއްސަ އިނާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލަނީ

3 ދުވަސް ކުރިން - 17:02

ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވައިފި

ބޮޑުތަކުރުފާނު މަގުގެ މަސައްކަތް ކުރިއަށްދާ ގޮތް ރައީސުލްޖުމްހޫރިއްޔާ ބައްލަވާލައްވައިފި

4 ދުވަސް ކުރިން - 11:14