Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Ad
Ad

އެމެރިކާގެ ހަމަލާތަކާ ގުޅިގެން އީރާނުން ބަަހުރޭން، ކުވެއިތު އަދި އުރުދުންއަށް ވަރުގަދަ ހަމަލާތަކެއް ދީފި

އެމެރިކާގެ ހަމަލާތަކާ ގުޅިގެން އީރާނުން ބަަހުރޭން، ކުވެއިތު އަދި އުރުދުންއަށް ވަރުގަދަ ހަމަލާތަކެއް ދީފި

އައިޝަތު ރުވާ ރިފްޢަތު
19 ގަޑިއިރު ކުރިން - 13 ޖުލައި 2026 11:09
އެމެރިކާގެ ހަމަލާތަކާ ގުޅިގެން އީރާނުން ބަަހުރޭން، ކުވެއިތު އަދި އުރުދުންއަށް ވަރުގަދަ ހަމަލާތަކެއް ދީފި
ޚުލާސާ

މި ހަމަލާތަކާ ގުޅިގެން ގަލްފުގެ ގައުމުތަކުގައި ނުރައްކަލުގެ ރަނގަބީލު ޖަހާފައިވާއިރު، ބަހުރޭންގެ ދާޚިލީ ވުޒާރާއިން ވަނީ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ވަނުމަށް އިލްތިމާސްކޮށްފަ.

އެމެރިކާއިން އީރާނުގެ އެކި ސަރަހައްދުތަކަށް ދިން ވަރުގަދަ ވައިގެ ހަމަލާތަކަށް ރައްދު ދިނުމުގެ ގޮތުން، އީރާނުން އަވަށްޓެރި ބަހުރޭން، ކުވެއިތު އަދި އުރުދުންގައި ހުރި އެމެރިކާގެ އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ހަމަލާތަކެއް ދީފިއެވެ.

މި ހަމަލާތަކާ ގުޅިގެން ގަލްފުގެ ގައުމުތަކުގައި ނުރައްކަލުގެ ރަނގަބީލު ޖަހާފައިވާއިރު، ބަހުރޭންގެ ދާޚިލީ ވުޒާރާއިން ވަނީ ރައްޔިތުން ރައްކާތެރި ހިސާބުތަކަށް ވަނުމަށް އިލްތިމާސްކޮށްފައެވެ. އީރާނުގެ އަސްކަރިއްޔާއިން ބުނި ގޮތުގައި އެ ގައުމުން ވަނީ ބަހުރޭންގައި ހުންނަ ޝެއިޚް އީސާ އެއާބޭސްއަށް ހަމަލާދީ، އެމެރިކާގެ ޑްރޯންތައް ކޮންޓްރޯލްކުރާ މަރުކަޒާއި މަރާމާތުކުރާ ތަންތަނަށް ބޮޑެތި ގެއްލުންތަކެއް ދީފައެވެ.

ކުވެއިތުގެ އަސްކަރިއްޔާއިން ބުނީ އެ ގައުމުގެ ވައިގެ ސަރަހައްދަށް ވަން ހަމަލާތައް ދިފާއީ ނިޒާމުތަކުން ހުއްޓުވަމުންދާ ކަމަށެވެ. އީރާނުން ބުނާ ގޮތުގައި ކުވެއިތުގެ އަލީ އަލް ސާލިމް އެއާބޭސްގައި ހުރި ރާޑަރުތަކާއި ވައިގެ ދިފާއީ ނިޒާމުތަކަށް ވަނީ އަމާޒުކޮށްފައެވެ. މީގެ އިތުރުން އުރުދުންގެ ޕްރިންސް ހަސަން އެއާބޭސްގައި ހުރި ތެޔޮ ގުދަންތަކާއި ހަތިޔާރު ރައްކާކުރާ ތަންތަނަށް ވެސް އީރާނުން ވަނީ ހަމަލާދީފައެވެ. އުރުދުންގެ އަސްކަރިއްޔާއިން ވަނީ އެ ގައުމުގެ ވައިގެ ސަރަހައްދުން ހަތަރު މިސައިލެއް ވައްޓާލާފައިވާ ކަމަށް ކަށަވަރުކޮށްދީފައެވެ.

Advertisement

Advertisement 1

ކުއިންސީ އިންސްޓިޓިއުޓްގެ އެގްޒެކެޓިވް ވައިސް ޕްރެޒިޑެންޓް ތުރިތާ ފާސީ ވިދާޅުވި ގޮތުގައި، ދެ ގައުމުގެ ދެމެދުގައި އިތުބާރު ކުޑަވި ނަމަވެސް، ދިގުލީ ހަނގުރާމައަކަށް ދިއުމަށް ދެ ފަރާތުން ވެސް ޖެހިލުންވެއެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި ދުނިޔޭގެ ބާޒާރުގައި ތެލުގެ ރިޒާވް ދަށްވެފައިވުމަކީ ދިގުލީ ހަނގުރާމައަކަށް ދިއުމަށް އޮތް އެންމެ ބޮޑު ހުރަހެވެ.

"ދުނިޔޭގެ ތެލުގެ ރިޒާވް ވަނީ ވަރަށް ބޮޑަށް ދަށްވެފައި. އެމެރިކާގެ ސްޓްރެޓީޖިކް ޕެޓްރޯލިއަމް ރިޒާވް ވެސް އޮތީ ދަށް ފަންތިއެއްގައި،" ފާސީ ވިދާޅުވިއެވެ. އޭނާ އިތުރަށް ވިދާޅުވީ ހޮރްމޫޒް ކަނޑުއޮޅީގައި އީރާނުން ދީފާނެ ހަމަލާތަކެއް ހުއްޓުވުމުގެ ގާބިލްކަން އެމެރިކާއަށް އޮތް ނަމަވެސް، އެކަމަށް ނަގާނެ ވަގުތުގެ ސަބަބުން ތެލުގެ ބާޒާރަށް އަންނާނެ ލޮޅުމަކީ އެމެރިކާގެ މިހާރުގެ ސަރުކާރަށް ސިޔާސީ ގޮތުން ކުރިމަތިވާނެ ބޮޑު ގޮންޖެހުމަކަށް ވާނެ ކަމަށެވެ.

މި ހަމަލާތަކާ ގުޅިގެން މެދުއިރުމަތީގެ މަސްރަހު މިހާރު ވަނީ ވަރަށް ބޮޑަށް ނުތަނަވަސްވެފައެވެ.

އީރާން - އެމެރިކާއީރާންއީރާން ކްރައިސިސް 2026
Ad
Ad

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

އީރާނުން އެމެރިކާގެ ޖާސޫސީ ޑްރޯނެއް ވައްޓާލައިފި

އީރާނުން އެމެރިކާގެ ޖާސޫސީ ޑްރޯނެއް ވައްޓާލައިފި

5 ގަޑިއިރު ކުރިން - 01:08

ކުވެއިތުގައިވާ އެމެރިކާގެ ހުރިހާ ތަނަކަށް ހަމަލާދީފި

ކުވެއިތުގައިވާ އެމެރިކާގެ ހުރިހާ ތަނަކަށް ހަމަލާދީފި

18 ގަޑިއިރު ކުރިން - 12:01

އީރާނުން ގަތަރު، ޔޫއޭއީ، ބަހްރެއިން އަދި ކުވެއިތަށް ހަމަލާދީފި

އީރާނުން ގަތަރު، ޔޫއޭއީ، ބަހްރެއިން އަދި ކުވެއިތަށް ހަމަލާދީފިޓ

1 ދުވަސް ކުރިން - 09:50

ހުރްމުޒް ކަނޑުއޮޅީގެ މަޝްވަރާތަކަށް އީރާނުގެ ފޮރިން މިނިސްޓަރު އޮމާނަށް ވަޑައިގެންފި

ހުރްމުޒް ކަނޑުއޮޅީގެ މަޝްވަރާތަކަށް އީރާނުގެ ފޮރިން މިނިސްޓަރު އޮމާނަށް ވަޑައިގެންފި

2 ދުވަސް ކުރިން - 22:46

ހޯރްމޫޒް ކަނޑުއޮޅީގެ މަޝްވަރާތަކަށް އީރާނުގެ ޚާރިޖީ ވަޒީރު އޮމާނަށް ވަޑައިގަންނަވަނީ

ހޯރްމޫޒް ކަނޑުއޮޅީގެ މަޝްވަރާތަކަށް އީރާނުގެ ޚާރިޖީ ވަޒީރު އޮމާނަށް ވަޑައިގަންނަވަނީ

3 ދުވަސް ކުރިން - 01:17

އީރާނުގެ ކުރީގެ ސުޕްރީމް ލީޑަރު އަލީ ޚާމަނާއީގެ ހަށިކޮޅު ފަސްދާނުލައިފި

ޚާމަނާއީގެ ހަށިކޮޅު ފަސްދާނުލައިފި

3 ދުވަސް ކުރިން - 13:38