Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

ޚަބަރު

ޔޫއޭއީގެ ރައީސްއަށް ސަފީރު ތޯރިޤު ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

ޔޫއޭއީގެ ރައީސްއަށް ސަފީރު ތޯރިޤު ސަފީރުކަމުގެ ފަތްކޮޅު އަރުވައިފި

ގަސްރު އަލް ވަތަންގައި ބޭއްވި ރަސްމިއްޔާތުގައި ޔޫއޭއީގެ ރައީސް ވަނީ ސަފީރަށް މަރުޙަބާ ވިދާޅުވެ ކާމިޔާބީއަށް އެދިވަޑައިގެންފަ. ސަފީރު ތޯރިގު ވަނީ ރައީސް ޑރ. މުއިއްޒުގެ ސަލާމް ރައްދުކުރައްވައި، ދެގައުމުގެ ގުޅުން ބަދަހިކުރަން މަސައްކަތްކުރައްވާނެ ކަމަށް ވިދާޅުވެފަ.

40 ދުވަސް ކުރިން - 13:45

ފަލަސްތީނަށް ރާއްޖެއިން ކަނޑައެޅުއްވި ސަފީރަށް ފަތްކޮޅު އަރުވައިފި

ފަލަސްތީނަށް ރާއްޖެއިން ކަނޑައެޅުއްވި ސަފީރަށް ފަތްކޮޅު އަރުވައިފި

ދިވެހިރާއްޖެއިން ފަލަސްތީނަށް ކަނޑައެޅުއްވި އައު ސަފީރު ޑރ. އިބްރާހީމް ޒުހުރީ އޮންލައިންކޮށް ސަފީރުކަމުގެ ފަތްކޮޅު އަރުއްވައިފި. މި ބައްދަލުވުމުގައި ދެގައުމުގެ ގުޅުން ބަދަހިކުރުމަށާއި، ފަލަސްތީނުގެ ހައްގުގައި ރާއްޖެއިން އަބަދުވެސް ސާބިތުކަމާއެކު ދެމިއޮންނާނެކަމުގެ ޔަގީންކަން ސަފީރު ދެއްވި.

40 ދުވަސް ކުރިން - 13:30

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.46 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

މި އަހަރުގެ މިހާތަނަށް ރާއްޖެއަށް 1.46 މިލިއަނަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފި

އެންމެ ގިނައިން ފަތުރުވެރިން އަންނަ ގައުމުތަކުގެ ލިސްޓުގެ އެންމެ ކުރީގައި އުޅެނީ ޗައިނާއާއި ރަޝިއާ. އިންޑިއާ މާކެޓުގައި ރާއްޖެ އިތުރަށް އިޝްތިހާރުކުރުމުގެ ގޮތުން "ވިޒިޓް މޯލްޑިވްސް" އިން ވަނީ 'އައިޓީބީ އިންޑިއާ 2026' ފެއާގައި ރާއްޖޭގެ ފަތުރުވެރިކަމުގެ ފުރުސަތުތައް ދައްކާލާފަ.

40 ދުވަސް ކުރިން - 13:10

އުންމަތުގެ ކުޑަކުދިން އަމާން، ރައްކާތެރި މާހައުލެއްގައި ހެދިބޮޑުވުމުގެ މަގު ތަނަވަސްކޮށްދޭންޖެހޭ: ހުތުބާ

އުންމަތުގެ ކުޑަކުދިން އަމާން، ރައްކާތެރި މާހައުލެއްގައި ހެދިބޮޑުވުމުގެ މަގު ތަނަވަސްކޮށްދޭންޖެހޭ: ހުތުބާ

ކުޑަކުދިންގެ ހައްގުތަކަށް ހާއްސަކުރި ހުކުރު ހުތުބާގައި، ކުދިންނަށް އަމާން ރައްކާތެރި މާހައުލެއް ހޯދައިދިނުމަށާއި، އިހުމާލުވާ ފަރާތްތަކަށް ގާނޫނީ ގޮތުންނާއި އިސްލާމީ ޝަރީއަތުގައިވާ އެންމެ ހަރުކަށި އަދަބު ދިނުމަށް ކަމާބެހޭ މުއައްސަސާތަކަށް ގޮވާލައިފި.

40 ދުވަސް ކުރިން - 12:54

މާލޭގެ ކަންކަންމަތީގައި ޕާކުކުރުން ހުއްޓުވަން ރީނދޫ ރޮނގު ދަމަން ފަށައިފި

މާލޭގެ ކަންކަންމަތީގައި ޕާކުކުރުން ހުއްޓުވަން ރީނދޫ ރޮނގު ދަމަން ފަށައިފި

މާލޭގެ ކަންކަންމަތީގައި ޕާކުކުރުމުން ދިމާވާ ތޮއްޖެހުމާއި އެކްސިޑެންޓްތައް މަދުކުރުމަށް، ސަރުކާރުން ވަނީ ޕާކުކުރުން މަނާ ސަރަހައްދުތައް ފާހަގަކުރުމަށް ރީނދޫ ރޮނގު ދެމުމުގެ މަސައްކަތް ފަށާފަ. މިއީ މަގުތައް އަމާންކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއް.

40 ދުވަސް ކުރިން - 10:18

އޭޝިއާ-ޕެސިފިކް މީޑިއާ ސަމިޓްގެ ހަވާސާ ހަރަކާތްތައް ޗައިނާގައި ފަށައިފި

އޭޝިއާ-ޕެސިފިކް މީޑިއާ ސަމިޓްގެ ހަވާސާ ހަރަކާތްތައް ޗައިނާގައި ފަށައިފި

ޗައިނާގައި ކުރިއަށްދާ އޭޝިއާ-ޕެސިފިކް މީޑިއާ ސަމިޓްގެ ސަބް ފޯރަމްތައް ފަށާފައިވާއިރު، ރާއްޖޭގެ މަންދޫބުން ވަނީ އެ ފޯރަމްތަކުގައި ބައިވެރިވެވަޑައިގެންފައެވެ. 42 ގައުމަކުން 400 އަށްވުރެ ގިނަ މަންދޫބުން ބައިވެރިވާ މި ސަމިޓްގައި ސިނާއީ އެއްބާރުލުމާއި އޭއައިއާ ގުޅޭގޮތުން މަޝްވަރާކުރެވެއެވެ.

40 ދުވަސް ކުރިން - 10:15

ގއ. މާމެންދޫން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

ގއ. މާމެންދޫން ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި

ހައްޔަރުކުރީ އެ ނެޓްވޯކްގައި އިސްކޮށް އުޅޭކަމަށް ތުހުމަތުކުރެވޭ މާމެންދޫ އަޒުހަދު ނަސީމް (29އ) އަދި ރިޝްފާން ރާމިޒު (29އ). ކޯޓުން މި ދެމީހުންގެ ބަންދަށް 5 ދުވަސް ދީފައިވާއިރު، އިތުރު ތަންތަން ފާސްކުރުމާއި ތަހުގީގުގެ މަސައްކަތް ފުލުހުން ދަނީ ކުރަމުން.

40 ދުވަސް ކުރިން - 01:55

ފުރާނަތައް ސަލާމަތްކުރުމަށް ދުއްވާފަރާތްތަކާއި ހިނގާފަރާތްތަކަށް ފުލުހުންގެ މުހިންމު އިރުޝާދުތަކެއް

ފުރާނަތައް ސަލާމަތްކުރުމަށް ދުއްވާފަރާތްތަކާއި ހިނގާފަރާތްތަކަށް ފުލުހުންގެ މުހިންމު އިރުޝާދުތަކެއް

މަގުމަތީގެ އަމާންކަމަކީ ހަމައެކަނި ގާނޫނާއި ފުލުހުންގެ ބާރުން އެކަނި ހާސިލުކުރެވޭނެ ކަމެއް ނޫން. ގެއިން ނުކުންނައިރު އިންތިޒާރުގައި އާއިލާ ތިބިކަން ހަނދާންކޮށް، ފަރުވާކުޑަ ސިކުންތުކޮޅެއްގެ ސަބަބުން މުޅި އުމުރަށް ހިތާމަކުރަންޖެހޭ ފަދަ ހާދިސާއެއް ހިނގިޔަނުދިނުމަށް ފުލުހުން އިލްތިމާސްކުރެއްވި.

40 ދުވަސް ކުރިން - 20:53

އަންހެން ލީޑަރުންގެ ޖީލެއް ބިނާކުރުން: މި ފަހަރުގެ ޕްރޮގްރާމު ށ. ފުނަދޫގައި

އަންހެން ލީޑަރުންގެ ޖީލެއް ބިނާކުރުން: މި ފަހަރުގެ ޕްރޮގްރާމު ށ. ފުނަދޫގައި

މިއީ އިސް މަޤާމުތަކުގައި އަންހެނުންގެ ދައުރު ފުޅާކުރުމަށް ރައީސް ޑރ. މުޢިއްޒުގެ ވައުދުފުޅުގެ ދަށުން ސޯޝަލް މިނިސްޓްރީން ކުރިއަށްގެންދާ ސިލްސިލާގެ 5 ވަނަ ޕްރޮގްރާމެއް. ލީޑަރޝިޕާއި ގަވަރނަންސްގެ ހުނަރުތައް ދަސްކޮށްދޭ މި ތަމްރީނުގައި ބައިވެރިވުމުގެ ފުރުޞަތު މިހާރު ވަނީ އޮންލައިންކޮށް ހުޅުވާލާފަ.

41 ދުވަސް ކުރިން - 17:28

އިގްތިސާދީ ގޮތުން އަންހެނުން ބާރުވެރިކުރުވުމަށް ށ. އަތޮޅުގައި ބައްދަލުވުންތަކެއް ބާއްވަނީ

އިގްތިސާދީ ގޮތުން އަންހެނުން ބާރުވެރިކުރުވުމަށް ށ. އަތޮޅުގައި ބައްދަލުވުންތަކެއް ބާއްވަނީ

މި މަޝްވަރާތަކުގެ ނަތީޖާއެއްގެ ގޮތުން އަންހެން ވިޔަފާރިވެރިންގެ ފުރިހަމަ މެޕިންގއެއް އެކުލަވާލެވި، ކުރިއަށް އޮތް ތަނުގައި އެފަރާތްތަކަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ. އަންހެނުން އިގްތިސާދީ ގޮތުން ބާރުވެރިކުރުވުމަކީ ރައީސުލްޖުމްހޫރިއްޔާ ހާއްސަ އިސްކަމެއް ދެއްވާ ކަމަކަށްވާއިރު، މިއީ ޖެންޑަރ އީކުއަލިޓީ އެކްޝަން ޕްލޭންގައިވެސް ހިމެނޭ މުހިންމު އަމާޒެއް.

41 ދުވަސް ކުރިން - 16:36

ފިހާރައަކުން ވަގަށް ނަގައިގެން ފުރަން އުޅުނު ލަންކާ ރައްޔިތަކު ހައްޔަރުކޮށްފި

ފިހާރައަކުން ވަގަށް ނަގައިގެން ފުރަން އުޅުނު ލަންކާ ރައްޔިތަކު ހައްޔަރުކޮށްފި

މާލޭގެ ފިހާރައަކުން 25،000 ރުފިޔާއާއި ފޯނެއް ވަގަށް ނަގައިގެން ފުރަން އުޅުނު ލަންކާގެ ޗަންދްރެސްކަރަން އެންތޮނީ ނަމަކަށް ކިޔާ މީހާ 15 ދުވަހަށް ބަންދު ކުރަން ކޯޓުން ވަނީ އަމުރުކޮށްފަ.

41 ދުވަސް ކުރިން - 15:41

އެއާޕޯޓް ޓެކުހާއި ފީގެ އާމްދަނީ 2.5 ބިލިއަނަށް އަރައިފި

އެއާޕޯޓް ޓެކުހާއި ފީގެ އާމްދަނީ 2.5 ބިލިއަނަށް އަރައިފި

މިދިޔަ މަހުގެ 27 އާ ހަމައަށް އެއާޕޯޓް ޓެކުހާއި ފީގެ ގޮތުގައި ދައުލަތަށް 2.54 ބިލިޔަން ރުފިޔާ ލިބިފައިވާކަމަށް މާލީ ވުޒާރާއިން ބުނެފި. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 8.5 އިންސައްތައިގެ އިތުރުވުމެއް.

41 ދުވަސް ކުރިން - 13:57

Previous12345Next