މީގެ އަސަރު އެންމެ ބޮޑަށް ކޮށްފައިވަނީ ސިންގަޕޫރު، ދޯހާ، ސިޑްނީ އަދި ކުއާލަލަމްޕޫރު ފަދަ ބައިނަލްއަގުވާމީ ރޫޓްތަކަށް. މި ހާދިސާއާ ގުޅިގެން ސުނާމީގެ ނުރައްކަލެއް ނެތްކަން ވަނީ ކަށަވަރުކޮށްދީފަ.
38 ދުވަސް ކުރިން - 16:20
ކޮންމެ ރަށެއްގެ ސްޓޭޓްފާމާ ގެ ފާމަސީގައި ހުރި ބޭހުގެ ތަފްސީލީ ސްޓޮކް ވަގުތުން ބެލެން ހުންނާނެ. އަދި ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި އާންމުންނަށް އެކި ފާމަސީތަކުގައި ބޭސް ހުރި މިންވަރު އޮންލައިންކޮށް ފެންނާނެ.
38 ދުވަސް ކުރިން - 16:19
2023 ވަނަ އަހަރު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވުމުގެ ކުރިން، މާހިރު ވަނީ ފެމިލީ ކޯޓުގެ އިސް ގާޒީގެ މަގާމު ހިމެނޭހެން އެ ކޯޓުގައި 15 އަހަރަށްވުރެ ގިނަ ދުވަހު އަގުހުރި ހިދުމަތްތަކެއް ކުރައްވާފަ.
38 ދުވަސް ކުރިން - 16:18
އޭގެ ތެރެއިން އެންމެ ގިނައީ މާލެ ސަރަހައްދުގައި ހިނގި 26 ހާދިސާ. މީގެއިތުރުން ސަދަން އޭރިއާގައި 2 އަދި ނޮދަން އޭރިއާގައި 1 ހާދިސާ ހިނގި. މި ހާދިސާތަކުގެ ތެރޭގައި އަލިފާނުގެ 12 ހާދިސާއާއި، ނުރައްކާތެރި މާއްދާތަކާ ގުޅޭ 11 ހާދިސާ ހިމެނޭ.
38 ދުވަސް ކުރިން - 13:15
މެދުއިރުމަތީގެ ހަނގުރާމައާ ގުޅިގެން ތެލުގެ އަގު އުފުލުމުން މަސްވެރިންނަށް ދޫކުރާ ސަބްސިޑީ ހަރުދަނާކުރުމަށް، ސެޕްޓެމްބަރު 15ގެ ކުރިން "ފަހިހަކަތަ" ޕޯޓަލްގައި ރަޖިސްޓްރީވާން މަސްވެރިކަމާ ބެހޭ ވުޒާރާއިން އެންގެވުމާއެކު، ސަބްސިޑީއާއި ކްރެޑިޓް އުސޫލުން ތެޔޮ ލިބޭނެ އިންތިޒާމު ވަނީ ފުޅާކޮށްފަ.
38 ދުވަސް ކުރިން - 12:06
މީގެ ތެރޭގައި ފްލެޓާއި ރޯހައުސްގެ އިތުރުން އަމިއްލަ ބިންތަކުގައި ގެދޮރު އެޅުމަށް އެހީތެރިވުން ހިމެނޭ. މި 5 އަހަރުގެ ދައުރުގައި ހުރިހާ މަސައްކަތެއް ނިންމުމަށް އަމާޒުހިފާފައިވާއިރު، 57 ރަށެއްގައި 12،000 އަށްވުރެ ގިނަ ޔުނިޓު އެޅުމަށް ވަނީ އިޢުލާނުކޮށްފަ.
38 ދުވަސް ކުރިން - 10:46
ޕީއެންސީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، މަޖިލިސް މެންބަރުން ތިއްބެވީ ރައީސް ޑރ. މުއިއްޒާ އެކު ވަރުގަދަ ފާރެއްހެން ސާބިތުވެ ކަމަށް. އަދި މަޖިލީހަކީ "ކުއްތާ ކޮށްޓެއް" ކަމަށް ސިފަކުރެއްވުމުން ދޭހަވަނީ ޔާމީންގެ ހަސަދަވެރިކަން ކަމަށާއި، ޕީއެންސީގެ ތެރޭގައި ރެނދުނޭޅުވޭނެ ކަމަށް ވިދާޅުވި
38 ދުވަސް ކުރިން - 08:40
ފައްޔާޒުގެ ގެއިން ނަޝީދަށް އަރުވާ ކާއެއްޗެއްސަކީ އޭގެ ފަހަތުގައި ސިހުރު ނުވަތަ ފަންޑިތައިގެ ނުފޫޒެއް އެކުލެވިގެންވާ އެއްޗެހިތަކެއް ކަމަށް ބުނެ، އެމްޑީޕީގެ ގްރާސްރޫޓްގެ ބައެއް ފަރާތްތަކުން ދަނީ ޝައްކުގެ އިނގިލި ދިއްކުރަމުން.
38 ދުވަސް ކުރިން - 18:46
މި އެހީ އަކީ ސަރަޙައްދީ އެއްބައިވަންތަކަމަށް ދިވެހިރާއްޖެއިން ދޭ އިސްކަމާއި، ނުރައްކާތެރި ދަނޑިވަޅުތަކުގައި އެއް ޤައުމު، އަނެއް ޤައުމަށް ހަމްދަރުދީއާއެކު އެހީތެރިވެ، އެ ޤައުމަކާއެކު ރާއްޖެއިން ދެމިއޮންނާނެ ކަމުގެ އިތުބާރު ރަމްޒުކޮށްދޭ ކަމެއް.
39 ދުވަސް ކުރިން - 13:36
ރާއްޖޭގައި މިހާރު ހިންގަމުންދާ 180 އެއްހާ ރިސޯޓުގެ ތެރެއިން 140 އަށް ވުރެ ގިނަ ރިސޯޓަކީ ބޭރުގެ އިންވެސްޓަރުންގެ ހިއްސާ ބޮޑު ތަންތަން ކަމަށްވާއިރު، މިފަދަ ސިއްރު ވިޔަފާރިތައް ހުއްޓުވައި ރަސްމީ ނިޒާމު ހަރުދަނާކުރުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް.
39 ދުވަސް ކުރިން - 12:32
ގައުމުގެ އިގްތިސާދަށް ދިމާވެފައިވާ ގޮންޖެހުންތަކުގެ އަސްލަކީ ގާނޫނީ އިމުގެ ތެރެއިން ހިންގާ ފަތުރުވެރިކަމުގެ ސިނާއަތް ނޫންކަން ފާހަގަކުރައްވަމުން ޝާޒް ވަލީދު ވިދާޅުވީ މާކެޓުގައި ހިނގާ ވަގު ވިޔަފާރިތަކާއި ޑޮލަރުގެ ކަޅުބާޒާރުގެ އަސްލު އަޑީގައި ތިބީ ވެސް ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީން.
39 ދުވަސް ކުރިން - 10:08
ކުޑަދޮރުތަކާއި ބެލްކަނީގެ ރެއިލިންގ ފަދަ ތަންތަން ކަނޑައެޅިފައިވާ މިންގަނޑުތަކަށް ފެތޭތޯ ބަލައި، އެފަދަ ތަންތަން މަރާމާތުކޮށް ގަވާއިދަށް ފައްތަން ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ވަނީ ނިންމާފަ. އާންމުންގެ ހުރި ކަންބޮޑުވުންތައް ހިއްސާކުރުމުގެ ފުރުސަތު އެޗްޑީސީން ވަނީ އޮންލައިން ފޯމެއް މެދުވެރިކޮށް ހުޅުވާލާފަ.
40 ދުވަސް ކުރިން - 14:00