Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެ
EN
Logo EN
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement
Advertisement

ނޭޕާލްގެ ބޮޑުވަޒީރުގެ ޑިޒާސްޓަރ ރިލީފް ފަންޑަށް، 1 މިލިއަން ރުފިޔާ ހަދިޔާކުރެއްވުމަށް ނިންމަ

ހުސައިން އިސްމާއިލް
49 ދުވަސް ކުރިން - 5 ސެޕްޓެންބަރު 2026 13:36
ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ކާރިސާގައި ނޭޕާލުން އެކަނިވެސް 1,252 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ.
ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ކާރިސާގައި ނޭޕާލުން އެކަނިވެސް 1,252 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފަ.
ޚުލާސާ

މި އެހީ އަކީ ސަރަޙައްދީ އެއްބައިވަންތަކަމަށް ދިވެހިރާއްޖެއިން ދޭ އިސްކަމާއި، ނުރައްކާތެރި ދަނޑިވަޅުތަކުގައި އެއް ޤައުމު، އަނެއް ޤައުމަށް ހަމްދަރުދީއާއެކު އެހީތެރިވެ، އެ ޤައުމަކާއެކު ރާއްޖެއިން ދެމިއޮންނާނެ ކަމުގެ އިތުބާރު ރަމްޒުކޮށްދޭ ކަމެއް.

2026 އޮގަސްޓު 26 ގައި ނޭޕާލަށް ކުރިމަތިވި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެންދިއުމުގެ ހާދިސާތަކާ ގުޅިގެން ހިންގާ އިންސާނީ އެހީގެ މަސައްކަތްތަކަށް އެހީތެރިވުމުގެ ގޮތުން، ނޭޕާލްގެ ބޮޑުވަޒީރުގެ ޑިޒާސްޓަރ ރިލީފް ފަންޑަށް، 1 މިލިއަން ދިވެހި ރުފިޔާ ހަދިޔާކުރެއްވުމަށް ނިންމަވާފައިވާކަން، ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު އިޢުލާނު ކުރައްވައިފިއެވެ.

މި އެހީ އަކީ ސަރަޙައްދީ އެއްބައިވަންތަކަމަށް ދިވެހިރާއްޖެއިން ދޭ އިސްކަމާއި، ނުރައްކާތެރި ދަނޑިވަޅުތަކުގައި އެއް ޤައުމު، އަނެއް ޤައުމަށް ހަމްދަރުދީއާއެކު އެހީތެރިވެ، އެ ޤައުމަކާއެކު ރާއްޖެއިން ދެމިއޮންނާނެ ކަމުގެ އިތުބާރު ރަމްޒުކޮށްދޭ ކަމެކެވެ.

ނޭޕާލަށް ކުރިމަތިވި މި ކާރިސާގައި ގިނަ ބައެއްގެ ފުރާނަ ގެއްލި، ބޮޑެތި ގެއްލުންތަކެއް ލިބުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ނޭޕާލްގެ ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާޞްތެރި ތަޢުޒިޔާ ފޮނުއްވައި، މި އުނދަގޫ ދަނޑިވަޅުގައި، ނޭޕާލްގެ ރައްޔިތުންނާއެކު ދިވެހިރާއްޖެ ސާބިތުވެ އޮތްކަން ހާމަކުރައްވާފައެވެ.

Advertisement

Advertisement 1

އޮގަސްޓް 26 ގައި ހިމާލަޔާގެ ގަނޑުފެންގަނޑެއް ވެއްޓުމުގެ ސަބަބުން ނޭޕާލާއި ޗައިނާގެ ޓިބެޓް ގުޅޭ ބޯޑަރު ސަރަހައްދަށް ކުރިމަތިވި ނުރައްކާތެރި ކުއްލި ފެންބޮޑުވުމާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ކާރިސާގައި ނޭޕާލުން އެކަނިވެސް 1,252 އަށްވުރެ ގިނަ މީހުން ވަނީ މަރުވެފައެވެ. އެންމެ ފަހުގެ ރިޕޯޓުތައް ބުނާގޮތުން މި އަދަދު މިހާރު ވަނީ 1,344 އަށް އަރާފައެވެ.

ދެކުނު އޭޝިއާގެ ދެ ޤައުމު ކަމަށްވާ ދިވެހިރާއްޖެއާއި ނޭޕާލާ ދެމެދު 1980 ވަނަ އަހަރު ސިޔާސީ ގުޅުން ގާއިމުކުރީއްސުރެ، ދެ ގައުމުގެ މެދުގައި އޮންނަނީ ވަރަށް ގާތް، އެކުވެރި ގުޅުމެކެވެ. ދިވެހިރާއްޖެ އަބަދުވެސް ދެމިއޮންނަނީ، މި ގުޅުން އިތުރަށް ބަދަހިކުރުމާއި، ބޭނުންޖެހޭ ވަގުތުތަކުގައި ސަރަހައްދީ ޤައުމުތަކަށް އެއްބާރުލުމާއި އެހީތެރިކަން ފޯރުކޮށްދިނުމުގެ މަތީގައެވެ.

ރައީސުލްޖުމްހޫރިއްޔާގެ އޮފީސްކާރިޘާގުދުރަތީ ކާރިސާނޭޕާލް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅުން ހުރި ޚަބަރުތައް

ދައުލަތުގެ މުއައްސަސާތަކުގެ ޑިރެކްޓަރީ ވެބްސައިޓް އިފުތިތާހުކޮށްފި

ދައުލަތުގެ މުއައްސަސާތަކުގެ ޑިރެކްޓަރީ ވެބްސައިޓް އިފުތިތާހުކޮށްފި

9 ދުވަސް ކުރިން - 12:13

ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުން ބޭރުގެ އެއްވެސް ފަރާތަކާ ހަވާލެއް ނުކުރާނެ: ސަރުކާރު

ރާއްޖޭގެ ސަރަހައްދު ބެލެހެއްޓުން ބޭރުގެ އެއްވެސް ފަރާތަކާ ހަވާލެއް ނުކުރާނެ: ސަރުކާރު

10 ދުވަސް ކުރިން - 15:02

ކާރިސާތަކުން ލިބޭ ގެއްލުން ކުޑަކުރުމުގައި  ރާއްޖެއިން ބޮޑެތި ކުރިއެރުންތަކެއް ހޯދައިފި

11 ދުވަސް ކުރިން - 13:19

ނޭޕާލުން 21 މީހުން މަރުވެ، 49 ޑިސްޓްރިކްޓަކަށް ރެޑް އެލާޓް ނެރެފި

ނޭޕާލުން 21 މީހުން މަރުވެ، 49 ޑިސްޓްރިކްޓަކަށް ރެޑް އެލާޓް ނެރެފި

26 ދުވަސް ކުރިން - 12:16

އިންޑިއާއާއި ނޭޕާލަށް ކުރަމުންދާ ވިއްސާރައިގައި މަރުވި މީހުންގެ އަދަދު 70 އަށް

އިންޑިއާއާއި ނޭޕާލަށް ކުރަމުންދާ ވިއްސާރައިގައި މަރުވި މީހުންގެ އަދަދު 70 އަށް

27 ދުވަސް ކުރިން - 16:50

އިންޑިއާއާއި ނޭޕާލުގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ގޮސް 19 މީހުން މަރުވެއްޖެ

އިންޑިއާއާއި ނޭޕާލުގައި ފެންބޮޑުވެ، ބިންގަނޑު ކަނޑައިގެން ގޮސް 19 މީހުން މަރުވެއްޖެ

27 ދުވަސް ކުރިން - 16:43