Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޔާމީންގެ ވެރިކަން ނިމުނީ ބޮޑާކަމާއި، ކިބުރުވެރިކަމާއި އަނބިދަށުވުމުން: އަބްދުއްރަހީމް

ޔާމީންގެ ވެރިކަން ނިމުނީ ބޮޑާކަމާއި، ކިބުރުވެރިކަމާއި އަނބިދަށުވުމުން: އަބްދުއްރަހީމް

އައިޝަތު ރުވާ ރިފްޢަތު
5 ގަޑިއިރު ކުރިން - 6 ސެޕްޓެންބަރު 2026 08:40
ޕީއެންސީން ބޭއްވި ޖަގަހަ ޖަލްސާގައި އަބްދުއްރަހީމް ވާހަކަފުޅުދައްކަވަނީ. / ފޮޓޯ: ޚުލާސާ
ޕީއެންސީން ބޭއްވި ޖަގަހަ ޖަލްސާގައި އަބްދުއްރަހީމް ވާހަކަފުޅުދައްކަވަނީ. / ފޮޓޯ: ޚުލާސާ
ޚުލާސާ

ޕީއެންސީގެ ޖަލްސާއެއްގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، މަޖިލިސް މެންބަރުން ތިއްބެވީ ރައީސް ޑރ. މުއިއްޒާ އެކު ވަރުގަދަ ފާރެއްހެން ސާބިތުވެ ކަމަށް. އަދި މަޖިލީހަކީ "ކުއްތާ ކޮށްޓެއް" ކަމަށް ސިފަކުރެއްވުމުން ދޭހަވަނީ ޔާމީންގެ ހަސަދަވެރިކަން ކަމަށާއި، ޕީއެންސީގެ ތެރޭގައި ރެނދުނޭޅުވޭނެ ކަމަށް ވިދާޅުވި

ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަށް ދެވަނަ ދައުރެއް ލިބިވަޑައިނުގެން އެ މަނިކުފާނުގެ ވެރިކަން ނިމުމަކަށް އައީ ބޮޑާކަމާއި، ކިބުރުވެރިކަމުގެ އިތުރުން އަނބިދަށުވުމުގެ ސަބަބުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ވެރިކަންކުރާ ޕީއެންސީގެ ޗެއާޕާސަން އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ޕީއެންސީން މާލޭގައި ބޭއްވި ޖަގަހަ ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވެރިކަން ނުނިމޭ ކަމަށާއި ނިމިގެން ދިޔައީ ރައީސް ޔާމީންގެ ވެރިކަން ކަމަށެވެ. އަދި ޔާމީންގެ ވެރިކަން ނިމުނު ސަބަބުތަކަށް އަލިއަޅުއްވާލައްވަމުން އަބްދުއްރަހީމް ވިދާޅުވީ، އެ ވެރިކަން ނިމުނީ ބޮޑާކަމާއި، ކިބުރުވެރިކަމާއި، ނުލަފާކަމާއި، ބަސްނޭހުމުގެ އިތުރުން އަނބިދަށުވުމުގެ ސަބަބުން ކަމަށެވެ. މީގެއިތުރުން އަދުލުއިންސާފު ގާއިމުނުކުރުމާއި، އަނިޔާވެރިވުމާއި، ހިޔާނާތްތެރިވެ ދިވެހި ރައްޔިތުންގެ ބައިތުލްމާލު ދިރުވާލުމަކީ ވެސް އެ ވެރިކަން ނިމެން ދިމާވި މައިގަނޑު ސަބަބުތައް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ރައްޔިތުންގެ މަޖިލީހަކީ "ކުއްތާ ކޮށްޓެއް" ކަމަށް ވިދާޅުވެ ރައީސް ޔާމީން ދެއްކެވި ވާހަކަފުޅުތަކަށް ރައްދު ދެއްވަމުން އަބްދުއްރަހީމް ވިދާޅުވީ، 21 އަހަރު ވަންދެން މަޖިލިސް މެންބަރުކަން ކުރައްވައި، އަދި ރައީސްކަން ވެސް ކުރައްވާފައިވާ ބޭފުޅަކު މިފަދަ މޭރުމަކުން ވާހަކަ ދެއްކެވުމުން ހާމަވަނީ އެ މަނިކުފާނުގެ ހިތްޕުޅުގައި އޮތް ހަސަދަވެރިކަމާއި ބޮޑާކަން ކަމަށެވެ. އަދި ރައްޔިތުން އިންތިހާބުކޮށްފައިވާ ރައީސުލްޖުމްހޫރިއްޔާގެ ނަންފުޅު ގެންނަން ނުކެރޭ ހިސާބަށް ޔާމީންގެ ފެންވަރު ވެއްޓިފައިވާ ކަމަށް ވެސް ވިދާޅުވިއެވެ.

Advertisement

Advertisement 1

މަޖިލިސް މެންބަރުންގެ މެދުގައި ހިތްހަމަނުޖެހުންތަކެއް ހުރި ކަމަށާއި މަޖިލިސް ތެރެއިން އިންގިލާބެއް އަތުވެދާނެ ކަމަށް ޔާމީން ދެއްކެވި ވާހަކަފުޅުތައް ދޮގުކުރައްވަމުން އަބްދުއްރަހީމް ވިދާޅުވީ، މަޖިލީހުގެ މެންބަރުން ތިއްބެވީ ރައީސް ޑރ. މުއިއްޒުގެ ފަހަތްޕުޅުގައި "ވަރުގަދަ ފާރެއްހެން" ސާބިތުވެ ކަމަށެވެ. އަދި ޕީއެންސީގެ ތެރޭގައި ރެނދުއަޅުވާލުމަށް ޔާމީނަށް އެއްވެސް ފަންޑިތައެއް ނުވަތަ ސިހުރެއް ނުހެއްދެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

ސަރުކާރުގެ ކާމިޔާބީތަކަށް އަލިއަޅުއްވާލައްވަމުން އަބްދުއްރަހީމް އިތުރަށް ވިދާޅުވީ، މި ސަރުކާރުން އަދުލުއިންސާފާއި އަމާންކަން ގާއިމުކޮށްދީފައިވާ ކަމަށާއި، މިހާރު ދައްކަމުން ދަނީ ރައީސް ޔާމީނާއި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުން ނަގާފައިވާ ދަރަނިތައް ކަމަށެވެ. އަދި 2028 ވަނަ އަހަރު ރައީސް ޑރ. މުއިއްޒަށް ދެވަނަ ދައުރެއް ހޯދައިދިނުމަށް ޕީއެންސީން ނުކުންނާނީ "ފިސާރި ގަދަކޮށް" ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

މަޖިލިސް ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲޕީއެންސީރައީސް ޔާމީން
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ޕީއެންސީގެ އަންހެނުންނާއި ޒުވާނުންގެ ހަރަކާތްތައް މެއިންސްޓްރީމްކުރަން އޮނިގަނޑެއް އެކަށައަޅަނީ

ޕީއެންސީގެ އަންހެނުންނާއި ޒުވާނުންގެ ހަރަކާތްތައް މެއިންސްޓްރީމްކުރަން އޮނިގަނޑެއް އެކަށައަޅަނީ

6 ދުވަސް ކުރިން - 23:49

މި ނިޒާމުން ދެވަނަ ދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުއިއްޒު! - ޢަބްދުއްރަޙީމް

“މި ނިޒާމުން ދެވަނަދައުރެއް ލިބޭނެ ހަމައެކަނި ވެރިޔަކަށް ވާނީ ރައީސް މުޢިއްޒު”

8 ދުވަސް ކުރިން - 08:31

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީގެ ދެވަނަ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

ކެމްބޯޑިއާގައި ބާއްވާ އައިއެސްސީ ކޮންފަރެންސްގައި މަޖިލީހުގެ ރައީސް ތަގުރީރު ކުރައްވައިފި

9 ދުވަސް ކުރިން - 14:25

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

މޫސުމީ މައްސަލައަކީ ސަރަހައްދުގެ ސަލާމަތަށް ނުރައްކަލެއް: މަޖިލިސް ރައީސް

10 ދުވަސް ކުރިން - 14:10

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ވެސް ނުހިމެނޭ ނަމެއް އެބައޮތް؛ އެއީ ޑރ. މުހައްމަދު މުއިއްޒު

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގައި ވެސް ނުހިމެނޭ ނަމެއް އެބައޮތް!

12 ދުވަސް ކުރިން - 11:16

ރިޕޯޓު: އެމްޑީޕީ އާއި ޔާމީން އެއް ތަށިން ކެއުން

ރިޕޯޓު: އެމްޑީޕީ އާއި ޔާމީން އެއް ތަށިން ކެއުން

14 ދުވަސް ކުރިން - 13:11