އިންޓަރ-ޕާލިމެންޓަރީ ޔޫނިއަން (އައި.ޕީ.ޔޫ) ގެ 153 ވަނަ އެސެމްބްލީގައި ބައިވެރިވެވަޑައިގަތުމަށްޓަކައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ޓެންޒޭނިއާގެ އަރޫޝާއަށް ފުރާވަޑައިގެންފިއެވެ. މި މަހުގެ 5 އިން 9 އަށް ކުރިއަށްދާ މި އެސެމްބްލީގައި އެމަނިކުފާނު ތަގުރީރު ކުރެއްވުމަށް ވަނީ ހަމަޖެހިފައެވެ.

މި ބައްދަލުވުމުގައި މަޖިލީހުގެ ރައީސް ވާހަކަފުޅު ދައްކަވާނީ "އެންމެންގެ ޝާމިލުވުމާއި، އިތުބާރާއި، ފުރުސަތުތައް ފަހިކޮށްދިނުމުގެ ތެރެއިން ހެޔޮވެރިކަން ކުރިއެރުވުމާއި މުޖުތަމަޢުތައް ބާރުވެރިކުރުވުން" މި މައުޟޫގެ މައްޗަށެވެ.

މި ދަތުރުފުޅުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސްގެ އަރިހުގައި ސަރުކާރު ހިންގާ ޕާޓީއަށް ނިސްބަތްވެވަޑައިގަންނަވާ ބައެއް މެންބަރުންނާއި، މަޖިލީހުގެ އިދާރީ އިސްވެރިން ހިމެނޭ މަތީ ފެންވަރުގެ ވަފުދެއް ބައިވެރިވެވަޑައިގަންނަވައެވެ. މި ވަފުދުގައި ހުޅުދޫ ދާއިރާ، ބާރަށު ދާއިރާ، މާފަންނު މެދު ދާއިރާ، ހުރާ ދާއިރާ، ނިލަންދޫ ދާއިރާ، ގައްދޫ ދާއިރާ އަދި ތޮއްޑޫ ދާއިރާގެ ޢިއްޒަތްތެރި މެންބަރުންގެ އިތުރުން، މަޖިލީހުގެ ކައުންސެލް ޖެނެރަލް، ޗީފް އޮފް ބިއުރޯ އަދި ފޮރިން ރިލޭޝަންސްގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލް ހިމެނިވަޑައިގަންނަވައެވެ.