ތައިލޭންޑުގެ ވިސާ ޕޮލިސީއަށް ގެނައި ބަދަލާއެކު، ސެޕްޓެމްބަރު 15 އިން ފެށިގެން ދިވެހިންނަށް ވިސާއާ ނުލައި އެ ގައުމުގައި 30 ދުވަހު ތިބެވޭނެ. މި ބަދަލު ގެނައީ ދެ ގައުމުގެ ހާރިޖީ ވަޒީރުން ކުރެއްވި މަޝްވަރާތަކަށްފަހު.
41 ދުވަސް ކުރިން - 12:52
ބޯހިޔާވަހިކަމުގެ މަޝްރޫއުގެ ފޯމުތަކުގައިވާ މައުލޫމާތު ފުށުއަރާނަމަ، އެކަން އިސްލާހުކުރަން ދޭ 21 ދުވަސް ގުނާނީ ޕޯޓަލްއިން އެންގުމުން ކަމަށް ހައުސިން މިނިސްޓްރީން ބުނެފި. އަދި ފްލެޓާއި ގޯތި ލިބޭ މީހުންގެ ލިސްޓު ޑިސެމްބަރު މަހު މެދުތެރޭގައި ނެރުމަށް ވަނީ ނިންމާފަ.
41 ދުވަސް ކުރިން - 12:50
ޓްރަމްޕް ވަނީ، ހެރީއާއި މޭގަން އިނގިރޭސި ޝާހީ އާއިލާއަށް އިހުތިރާމް ކުޑަކޮށް އަމަލުކުރި ކަމަށް ބުނެފަ. އަދި އޭނާއަކީ ޝާހީ އާއިލާގެ މެމްބަރެއްނަމަ، އެ ދެމަފިރިން އަލުން އާއިލާއަށް ބަލައިނުގަންނާނެ ކަމަށްވެސް ބުނެފަވޭ.
41 ދުވަސް ކުރިން - 12:47
އިންޑޮނޭޝިއާގެ އަލިފާނާއި ގުޅިގެން ފިލިޕީންސްގައި ވައި ތަޣައްޔަރުވެފައިވާއިރު، މެލޭޝިއާގައި ވަނީ ވާރޭ ވެއްސައި ވައި ސާފުކުރުމަށް ކްލައުޑް-ސީޑިންގް އޮޕަރޭޝަންތަކަށް ތައްޔާރުވެފަ. އަދި މި އަލިފާނުގެ ސަބަބުން ވައިގެ ތެރެއަށް ދޫވި ކާބަންގެ މިންވަރު ވަނީ އާންމު މިންވަރަށްވުރެ ހަތަރު ގުނަ މައްޗަށް ގޮސްފަ.
41 ދުވަސް ކުރިން - 12:45
ނޭޝަނަލް ބިއުރޯ އޮފް ސްޓެޓިސްޓިކްސްގެ ޗީފް ސްޓެޓިސްޓީޝަންގެ މަގާމަށް ޑރ. އަހުމަދު ރިޔާޒް އައްޔަންކުރައްވައިފިއެވެ. ތަފާސްހިސާބުގެ ގާނޫނުގެ ދަށުން ރައީސް އައްޔަންކުރައްވާ މި މަގާމަށް ޑެޕިއުޓީ މިނިސްޓަރެއްގެ މުސާރައާއި އިނާޔަތްތައް ކަނޑައެޅިފައިވެއެވެ.
41 ދުވަސް ކުރިން - 12:31
ހުރްމުޒް ކަނޑުއޮޅިން ދަތުރުކުރި ސައުދީގެ "ސިދްރް" ތެޔޮ ޓޭންކަރަށް އީރާނުން ދިން ހަމަލާއެއްގައި ދެ ފަޅުވެރިއަކު މަރުވެއްޖެ. މި ހާދިސާއާ ގުޅިގެން ސައުދީން ވަނީ ކަނޑުދަތުރުފަތުރާއި ހަކަތައިގެ ސަޕްލައި ރައްކާތެރިކުރުމަށް ބައިނަލްއަގުވާމީ މުޖުތަމައަށް ގޮވާލައިފަ.
41 ދުވަސް ކުރިން - 10:50
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން އެންމެ ބޮޑު އިސްކަމެއް ދެނީ ކުޑަކުދިންނާއި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތައް ދިރިއުޅޭ ޔުނިޓުތަކުގެ ސަލާމަތީ ކަންކަން ފުރިހަމަކުރުމަށް.
41 ދުވަސް ކުރިން - 10:44
މި ޕްރޮގްރާމުގައި މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަމަށް ހެދިފައިވާ އެއްގަމު ދަތުރުފަތުރުގެ އާންމު ގަވާއިދުތަކަށް މުވައްޒަފުން އަހުލުވެރިކުރުވުމުގެ މައުލޫމާތު ފޯރުކޮށްދެވޭނެ. އަދި ވެމްކޯގެ ޑްރައިވަރުން އުޅަނދު ދުއްވާއިރު ހާއްސަ ސަމާލުކަމެއް ދޭންޖެހޭ ކަންކަމާއި، ދަތުރުތަކަށް ތައްޔާރުވުމުގެ ތެރޭގައި ސަމާލުކަންދޭންޖެހޭ މުހިންމު ކަންކަމާ ގުޅޭގޮތުން މައުލޫމާތު ދެވޭނެ.
42 ދުވަސް ކުރިން - 14:41
އައިސީސީޑީގެ ސެކްރެޓަރީ ޖެނެރަލް ޝައިޚް ޔޫސުފް ޚަލާވީ އަކީ އިސްލާމިކް ފިގްހު އެކަޑެމީގެ މައި ކައުންސިލް މެންބަރުކަމުގެ އިތުރުން، ސައޫދީ އަރަބިއްޔާގެ އާބިޓްރޭޝަންގެ އެންމެ މަތީ އިދާރާ ކަމަށްވާ ސުއޫދީ ކޮމަރޝަލް އާބިޓްރޭޝަން ސެންޓަރު (އެސްސީސީއޭ) ގެ ބޯޑު މެންބަރު.
42 ދުވަސް ކުރިން - 13:50
ތިނަދޫގައި 50 ހައުސިން ޔުނިޓް އަޅާ ސްވިފްޓް އިންޖީނިއަރިން އިން އެ ރަށު ކުޅިއަށް ކެމިކަލް ފެނާއި ސިމެންތި މިކްސް އެޅި މައްސަލައިގައި، އެ ކުންފުނި ޖޫރިމަނާކޮށް ފިޔަވަޅު އަޅައިދިނުމަށް އެދި ތިނަދޫ ކައުންސިލުން އެންވަޔަރްމަންޓް މިނިސްޓްރީއަށް ހުށަހަޅައިފި.
42 ދުވަސް ކުރިން - 12:57
އައިސީސީޑީގެ ސެކްރެޓަރީ ޖެނެރަލް ޝައިހް ޔޫސުފް ހަސަން ހަލާވީ، ރައީސް ޑޮކްޓަރ މުޢިއްޒުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވައި، އިސްލާމީ އިގްތިސާދާއި ހަލާލް ފަތުރުވެރިކަން ފުޅާކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވި.
42 ދުވަސް ކުރިން - 12:54
ގިނަ އަހަރުތަކެއް ވަންދެން ފިނިހޫނުމިން މަތީގައި ހުރެއްޖެނަމަ، ނުރައްކާތެރި ތޫފާންތަކާއި، ކަނޑުގެ ލޮނުގަނޑު އުފުލުމާއި، ކާބޯތަކެއްޗާއި ފެނުގެ ދަތިކަން ކުރިމަތިވުމުގެ އިތުރުން ސިއްހީ ގޮތުން ބޮޑެތި ނުރައްކާތަކާ ކުރިމަތިވާނެ. ސައިންސްވެރިން ބުނާގޮތުގައި ހޫނުމިން ކުޑަކުރުމަށް ކުރެވޭ ކޮންމެ މަސައްކަތަކުންވެސް ބޮޑު ތަފާތެއް ދައްކާނެ.
42 ދުވަސް ކުރިން - 12:47