ލައިސަންސް ނެތި ބޭރު ފައިސާ މާރުކުރާ ފަރާތްތަކުގެ މައުލޫމާތު ފުލުހުންގެ ޓާސްކްފޯސްގެ ނަންބަރު 9388733އަށް ހިއްސާކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފަ. މައުލޫމާތު ދޭ ފަރާތްތަކުގެ ވަނަވަރު ސިއްރުކޮށްދޭނެ ކަމަށާއި، މިއީ ކަޅު ބާޒާރު ހުއްޓުވައި ރަސްމީ ރޭޓުގައި ފައިސާ ލިބޭނެ މަގުފަހިކުރުމަށް ކުރާ މަސައްކަތެއް.
42 ދުވަސް ކުރިން - 12:44
ފަހަކަށް އައިސް ހިނގި ހާދިސާތަކެއްގައި ދެ ކުޑަކުދިން ނިޔާވުމާ ގުޅިގެން، މަގުމައްޗާއި އުސް އިމާރާތްތަކުގެ، ހާއްސަކޮށް ކުޑަދޮރުތަކާއި ބެލްކަނިތަކުގެ ސަލާމަތީ ކަންކަން ކަށަވަރުކޮށް ހޭލުންތެރިކަން އިތުރުކުރުމަށް ސަރުކާރާއި އެންމެހައި ފަރުދުން ގުޅިގެން މަސައްކަތްކުރުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރައްވައިފި.
42 ދުވަސް ކުރިން - 11:58
ސަރުކާރާއި، ކުންފުނިތަކާއި، މަދަނީ ޖަމިއްޔާތައް އަދި އެންމެހައި ފަރުދުން ގުޅިގެން، ހާއްސަ އިސްކަމެއް ދީގެން މަގުމައްޗާއި އިމާރާތްތަކުގެ ސަލާމަތް ޔަގީންކުރުމަށާއި، ހޭލުންތެރިކަން އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގުމަށް ރައީސް އިލްތިމާސް ކުރެއްވި.
42 ދުވަސް ކުރިން - 11:56
ޒިވާގެ ގައިގައި އެހެން ކާރަކުން ޖެހިފައިވާ ކަމަށް ބެލެވޭތީ ފުލުހުން ދަނީ ތަހުގީގުކުރަމުން. މި ހާދިސާއާ ގުޅިގެން 3 އުޅަނދެއް ޓޯކޮށް، ޑްރައިވަރުންގެ ލައިސަންސް ވަނީ ހިފަހައްޓާފަ.
42 ދުވަސް ކުރިން - 10:57
އިޖުތިމާއީ ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި ބޭއްވި މި ހަރަކާތުގައި 150 އަށް ވުރެ ގިނަ މީހުން ބައިވެރިވި. މި ހަފުލާގައި، ޖީލުތައް ބިނާކުރުމުގައި މާމަކާފައިންގެ އަގުހުރި ދައުރު ފާހަގަކުރި. އަދި ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ދުޅަހެޔޮ ރިޓަޔަރމަންޓަކާ ގުޅޭ މައުލޫމާތު ސެޝަނެއްވެސް ކުރިއަށް ގެންދިޔަ.
43 ދުވަސް ކުރިން - 20:16
ރައީސް ވިދާޅުވީ ފުލުހުންގެ ދުމަތް ހަރުދަނާވުމަކީ ރައްޔިތުންނަށާއި، ރާއްޖެއަށް ޒިޔާރަތްކުރާ ބިދޭސީންނަށް އަދި ދުނިޔޭގެ ކުރިމަތީގައި ގައުމުގެ އިތުބާރާއި ގަދަރު ހިފެހެއްޓުމަށް ނުހަނު މުހިންމު ކަމެއް ކަމަށް. އަދި މި އަޒުމުގައި މި އަމާޒު ހާސިލްކުރުމަށްޓަކައި އަބަދުވެސް ހިންމަތާއި އިހްލާސްތެރިކަމާއެކު ދެމިތިބުމަށް ފުލުހުންނަށް އިލްތިމާސްކުރެއްވި.
43 ދުވަސް ކުރިން - 16:54
ފާއިޒަކީ ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާގައި 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ލިބިވަޑައިގެންފައިވާ ބޭފުޅެއް. މީގެ ކުރިން އެމްޓީޑީސީ އާއި އެސްޓީއޯގެ ޗެއާމަންކަން ކުރެއްވި ފާއިޒަކީ އޮސްޓްރޭލިއާއިން އެމްބީއޭ ހާސިލުކުރައްވައި، ރާއްޖޭގެ ވިޔަފާރި ކުރިއެރުވުމަށް ގިނަ ޖަމްއިއްޔާތަކެއް އުފެއްދެވުމުގައި އިސް ދައުރެއް އަދާކުރައްވާފައިވާ ބޭފުޅެއް.
43 ދުވަސް ކުރިން - 16:35
މި ހިތާމަވެރި ހާދިސާތަކާ ގުޅިގެން، މަގުމައްޗާއި އުސް އިމާރާތްތަކުގެ ކުޑަދޮރާއި ބެލްކަނި ފަދަ ތަންތަނުގެ ސަލާމަތީ ކަންކަން ކަށަވަރުކޮށް، އާންމުން ހޭލުންތެރިކުރުމަކީ މުހިންމު ގައުމީ މަސައްކަތެއް ކަމަށް އެމަނިކުފާނު ވިދާޅުވި. އަދި ކުޑަކުދިންނާއި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ރައްކާތެރިކަމަށް އާއިލާތަކާއި އެންމެން ގުޅިގެން ޒިންމާދާރު ފިޔަވަޅުތަކެއް އެޅުމަށް އިލްތިމާސްކުރެއްވި.
43 ދުވަސް ކުރިން - 16:10
ޕީސީބީން ބުނީ ދާނިޝް މަޤާމުން ވަކިވެވަޑައިގަތުމަށް އިސްތިއުފާ ހުށަހެޅުއްވުމުން، އެކަން ޤަބޫލުކޮށް މިއަދުން ފެށިގެން އޭނާ ވަނީ މަޤާމުން ވަކިކޮށްފައި ކަމަށް. އިސްތިއުފާ ދެއްވި ސަބަބެއް ހާމަކޮށްފައެއް ނުވޭ.
43 ދުވަސް ކުރިން - 15:54
ސަލާމަތީ ކަންކަން ބެލެހެއްޓުމަށްޓަކައި ފުލުހުން ޖަހާފައި ހުރި ސަލާމަތީ ބެރިކޭޓުތައް ފަޅާލައި، ފުލުހުންގެ ސަފުތައް ރޫޅާލުމަށް އޭނާ ވަނީ ގަސްތުގައި މަސައްކަތް ކޮށްފައި ކަމަށް ފުލުހުން ބުނޭ. އޭނާގެ ބަންދަށް ވަނީ 5 ދުވަސް ޖަހާފައި.
43 ދުވަސް ކުރިން - 14:44
މަހުޖަނު މިޚައިލް ޕްރޮޚޮރޮވްގެ މުއްސަނދިކަން ވަނީ 10.1 ބިލިއަން ޑޮލަރަށް ދަށަށް ގޮސްފަ. ނޮރިލްސްކް ނިކަލްގެ ރައީސް ލަޑިމިއަރ ޕޮޓާނިންއަށް 3.73 ބިލިއަން ޑޮލަރު، މެޓަލޯއިންވެސްޓްގެ ހިއްސާދާރު އަލިޝޭރް އުސްމާނޯވްއަށް 2.92 ބިލިއަން ޑޮލަރު އަދި ޓެލެގްރާމްގެ ބާނީ ޕަވެލްގެ މިލްކިއްޔާތުން 2.56 ބިލިއަން ޑޮލަރު ދަށަށް ގޮސްފި.
43 ދުވަސް ކުރިން - 14:07
މަހުޖަނު މިޚައިލް ޕްރޮޚޮރޮވްގެ މުއްސަނދިކަން ވަނީ 10.1 ބިލިއަން ޑޮލަރަށް ދަށަށް ގޮސްފަ. ނޮރިލްސްކް ނިކަލްގެ ރައީސް ލަޑިމިއަރ ޕޮޓާނިންއަށް 3.73 ބިލިއަން ޑޮލަރު، މެޓަލޯއިންވެސްޓްގެ ހިއްސާދާރު އަލިޝޭރް އުސްމާނޯވްއަށް 2.92 ބިލިއަން ޑޮލަރު އަދި ޓެލެގްރާމްގެ ބާނީ ޕަވެލްގެ މިލްކިއްޔާތުން 2.56 ބިލިއަން ޑޮލަރު ދަށަށް ގޮސްފި.
43 ދުވަސް ކުރިން - 14:07