މިއަހަރު ފެށިގެން މިހާތަނަށަ ރަޝިޔާގެ އެންމެ މުއްސަނދި ބިލިއަނަރުންގެ މިލްކިއްޔާތުން ޖުމްލަ 19.77 ބިލިއަން ޑޮލަރު މަދުވެއްޖެ ކަމަށް ބްލޫމްބާގް ބިލިއަނާސް އިންޑެކްސްއިން ދައްކައިފިއެވެ. މިއާއި އެކު ރަޝިޔާގެ އެންމެ ނުފޫޒުގަދަ ވިޔަފާވެރިންގެ ތެރެއިން ގިނަ ބައެއްގެ މުއްސަނދިކަމަށް މި ވަނީ ބޮޑެތި ލޮޅުންތަކެއް އަރާފައެވެ.

މި އަހަރުގެ މިހާތަނަށް އެންމެ ބޮޑު މާލީ ގެއްލުމަކާއކ ކުރިމަތިލާން ޖެހުނީ މަހުޖަނު މިޚައިލް ޕްރޮޚޮރޮވް އަށެވެ. އޭނާގެ މިލްކިއްޔާތުން 6.45 ބިލިއަން ޑޮލަރު މަދުވެ، މިހާރު އޭނާގެ މުއްސަނދިކަން ވަނީ 10.1 ބިލިއަން ޑޮލަރަށް ދަށަށް ގޮސްފައެވެ. މީގެ އިތުރުން ނޮރިލްސްކް ނިކަލްގެ ރައީސް ލަޑިމިއަރ ޕޮޓާނިންއަށް 3.73 ބިލިއަން ޑޮލަރު، މެޓަލޯއިންވެސްޓްގެ ހިއްސާދާރު އަލިޝޭރް އުސްމާނޯވްއަށް 2.92 ބިލިއަން ޑޮލަރު އަދި ޓެލެގްރާމްގެ ބާނީ ޕަވެލް ދޫރޮވްގެ މިލްކިއްޔާތުން 2.56 ބިލިއަން ޑޮލަރު ވަނީ ހީނަރުވެފައެވެ.

ނަމަވެސް ބައެއް މަހުޖަނުން ކުރިޔަށް ޖެހިލާފައެވެ. އެގޮތުން ސެވަރސްޓާލްގެ ބާނީ އަލެކްސޭ މުރުދާޝޮވްގެ މުއްސަނދިކަން ވަނީ 1.43 ބިލިއަން ޑޮލަރު އިތުރުވެ، ޖުމްލަ 27.7 ބިލިއަން ޑޮލަރަށް އަރައި، މިއަހަރު އެންމެ ބޮޑު ފައިދާއެއް ހޯދި މަހުޖަނަށް ވެފައެވެ. އޭނާގެ އިތުރުން ގެންނާދީ ޓިމްޗެންކޯ އަދި ނޮވަޓެކްގެ ސީއީއޯ ލިއޮނިޑް މިޚެލްސަން ވެސް ވަނީ މިއަހަރުގެ ތެރޭގައި އެމީހުންގެ މުއްސަނދިކަން އިތުރުކޮށްފައި ކަމަށް ބްލޫމްބާގުން ބުނެއެވެ.