Khulaasaa Logo
Logo
ޚަބަރުރިޕޯޓުކުޅިވަރުވިޔަފާރިދުނިޔެމަލްޓިމީޑިއާ
Logo
Khulaasaa
Khulaasaa
HomeNewsReportsBusinessSportsWorldReligionHealthLifestyleEntertainmentTechnologyRecipe

Follow Khulaasaa on:

Marketing: marketing@khulaasaa.com

General Inquiries: info@khulaasaa.com

Careers: jobs@khulaasaa.com

WhatsApp: +960 9770199

© Khulaasaa 2026. All rights reserved.

Advertisement

Advertisement
Advertisement

ޕެންޝަން އޮފީހުން ބ. އޭދަފުށީގެ މާމަކާފައިންނާއެކު ހަވީރުގެ ސަޔެއް ބާއްވައިފި

ޕެންޝަން އޮފީހުން ބ. އޭދަފުށީގެ މާމަކާފައިންނާއެކު ހަވީރުގެ ސަޔެއް ބާއްވައިފި

އައިޝަތު ރުވާ ރިފްޢަތު
14 ގަޑިއިރު ކުރިން - 1 ސެޕްޓެންބަރު 2026 20:16
މާމަކާފަ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން---
މާމަކާފަ ދުވަސް ފާހަގަކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން---
ޚުލާސާ

އިޖުތިމާއީ ގުޅުން ބަދަހިކުރުމުގެ މަގުސަދުގައި ބޭއްވި މި ހަރަކާތުގައި 150 އަށް ވުރެ ގިނަ މީހުން ބައިވެރިވި. މި ހަފުލާގައި، ޖީލުތައް ބިނާކުރުމުގައި މާމަކާފައިންގެ އަގުހުރި ދައުރު ފާހަގަކުރި. އަދި ސިއްހަތާއި އާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާއިން ދުޅަހެޔޮ ރިޓަޔަރމަންޓަކާ ގުޅޭ މައުލޫމާތު ސެޝަނެއްވެސް ކުރިއަށް ގެންދިޔަ.

މިއަހަރުގެ ގައުމީ މާމަކާފަ ދުވަސް ފާހަގަކުރުމުގެ ގޮތުން، ޕެންޝަން އޮފީހުން އިސްނަގައިގެން ބ. އޭދަފުށީގެ މާމަކާފައިންނާއެކު ހަވީރުގެ ސައެއް ބާއްވައިފިއެވެ.

ރަށުގެ އިސްރަށްވެހިން އެއްތަނަކުން ބައްދަލުވެ، އެކުވެރި މާހައުލެއްގައި ވަގުތު ހޭދަކޮށް، އިޖުތިމާޢީ ގުޅުން ބަދަހިކުރުމުގެ ފުރުސަތު ފަހިކޮށްދިނުމުގެ މަޤުޞަދުގައި ބޭއްވި މި ހަރަކާތުގައި، އޭދަފުށީގެ މާމަކާފައިންނާއި އެ ފަރާތްތަކުގެ އާއިލާ މެންބަރުން ހިމެނޭހެން 150 އަށް ވުރެ ގިނަ މީހުން ބައިވެރިވިއެވެ.

ޕެންޝަން އޮފީހުގެ ޗީފް އޮޕަރޭޓިންގ އޮފިސަރ މަރިޔަމް ޝިއުނާ ވާހަކަފުޅު ދައްކަވަމުން، މާމަކާފައިންގެ ދުވަސް ފާހަގަކުރުމާއި އެ ބޭފުޅުންގެ އަގުވަޒަންކުރުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުވާލެއްވިއެވެ. ޝިއުނާ ފާހަގަކުރެއްވި ގޮތުގައި، ޤައުމީ ފެންވަރުގައި މި ދުވަސް ފާހަގަކުރުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ، މުޖުތަމަޢުގައި މާމައިންނާއި ކާފައިން އަދާކޮށްފައިވާ އަދި އަދާކުރައްވަމުން ގެންދަވާ އިސް ދައުރު ފާހަގަކޮށް، ތަރުބަވީ ޖީލެއް ބިނާކުރުމަށް އެ ފަރާތްތަކުން ކޮށްފައިވާ ބުރަ މަސައްކަތުގެ އަގުވަޒަންކުރުމެވެ.

Advertisement

Advertisement 1

އޭދަފުށީ ކައުންސިލްގެ ރައީސް ޝާމީ އިބްރާހީމް ވާހަކަދައްކަވަމުން، އާއިލާތަކަށާއި މުޅި މުޖުތަމަޢަށްޓަކައި މާމައިންނާއި ކާފައިން އަދާކޮށްދެއްވާފައިވާ އަގުހުރި ދައުރު ފާހަގަކުރެއްވިއެވެ. ޝާމީ ވިދާޅުވި ގޮތުގައި، ހެޔޮލަފާ ތަރުބަވީ ޖީލެއް ބިނާކުރުމުގައި އެ ފަރާތްތަކުން ވެފައިވާ ޤުރުބާނީތަކަކީ އަގުނުކުރެވޭ ފަދަ މަތިވެރި ޚިދުމަތްތަކެކެވެ. އަދި މުޖުތަމަޢު ބިނާކުރުމުގެ އެންމެ މުހިންމު އެއް ބިންގަލަކީ މާމަކާފައިން ކަމަށްވެސް ޝާމީ ވިދާޅުވިއެވެ.

މި ހަވީރުގެ ސައިގެ ތެރެއިން، ސިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާގެ ފަރާތުން "އުފާވެރި ރާސްތާ" ޕްރޮގްރާމުގެ ސެޝަނެއްވެސް ކުރިއަށް ގެންދެވުނެވެ. މި ސެޝަންގައި ދުޅަހެޔޮ ރިޓަޔަރމަންޓެއް ބިނާކުރުމާއި، އުމުރުން ދުވަސްވަމުންދާއިރު ސިއްހަތަށް ފައިދާހުރި އާދަތައް ދެމެހެއްޓުމާ ގުޅޭ މުހިންމު މައުލޫމާތުތަކެއް ބައިވެރިންނަށް ފޯރުކޮށްދެވުނެވެ.

މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ ސިއްޙަތާއި ޢާއިލާއާއި އިޖުތިމާއީ އެހީއާ ބެހޭ ވުޒާރާ، ލޯކަލް ގަވަރމަންޓް އޮތޯރިޓީ، އަދި ބ. އޭދަފުށީ ކައުންސިލާ ގުޅިގެންނެވެ.

މި ހަރަކާތް ހިމެނެނީ، އިސްރަށްވެހިންގެ އަގުވަޒަންކޮށް، އާއިލާތަކާއި މުޖުތަމަޢުގެ މެދުގައި އެކުވެރިކަމާއި ގުޅުން ބަދަހިކުރުމަށް މި މުއައްސަސާތަކުން ކުރަމުންދާ ހަރަކާތްތަކުގެ ތެރެއިންނެވެ. ޕެންޝަން އޮފީހުން ވަނީ، ކުރިއަށް އޮތް ތަނުގައިވެސް މިފަދަ ހަރަކާތްތައް ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ބޭއްވުމަށް ނިންމާފައިވާ ކަމަށް ހާމަކޮށްފައެވެ.

ބ. އޭދަފުށިޕެންޝަން އޮފީސްމާމަކާފަ ދުވަސް
Advertisement
Advertisement

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%

ގުޅޭ ޚަބަރުތައް

ކޯޓުތަކަށް މެޖިސްޓްރޭޓުން ހޯދަނީ

ކޯޓުތަކަށް މެޖިސްޓްރޭޓުން ހޯދަނީ

29 ދުވަސް ކުރިން - 20:02

ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއަރޕާސަންގެ މަޤާމަށް ޢަބްދުލްމަޖީދު އައްޔަން ކުރައްވައިފި

ޕެންޝަން އޮފީހުގެ ބޯޑުގެ ޗެއަރޕާސަންގެ މަޤާމަށް ޢަބްދުލްމަޖީދު

100 ދުވަސް ކުރިން - 15:28

ޕެންޝަން އޮފީހުގެ ބޯޑަށް ޕްރައިވެޓް ސެކްޓާ މެންބަރަކު އައްޔަންކުރުމަށް އަލުން ހުޅުވާލައިފި

ޕެންޝަން ބޯޑަށް މެންބަރަކު އައްޔަންކުރުމަށް އަލުން ހުޅުވާލައިފި

175 ދުވަސް ކުރިން - 15:41

އެޓޯލް ބިޒްނަސް އެކްސްޕޯ އޭދަފުށީގައި ބާއްވަނީ

އެޓޯލް ބިޒްނަސް އެކްސްޕޯ އޭދަފުށީގައި ބާއްވަނީ

197 ދުވަސް ކުރިން - 17:07

ޕެންޝަން އޮފީހުގެ ބޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި

ޕެންޝަން އޮފީހުގެ ބޯޑަށް ކުރިމަތިލުމަށް ހުޅުވާލައިފި

202 ދުވަސް ކުރިން - 14:19

ބޮޑެތި ބަލިތަކުގެ މީހުންނަށް ޕެންޝަން ފައިސާ ބޭނުންކުރެވޭ ގޮތް ހަދަން ލަފާ ހޯދަނީ

ބޮޑެތި ބަލިތަކަށް ޕެންޝަން ބޭނުންކުރަން ލަފާ ހޯދަނީ

203 ދުވަސް ކުރިން - 16:50